Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަޓީގެ ލަނޑާއެކު ބާސާއަށް މުހިންމު މޮޅެއް

26 ސެޕްޓެމްބަރު 2021 | އާދީއްތަ 20:32

ބާސާ އޮތީ ތާވަލުގެ ހަވަނައިގައި 12 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 20:32
ބާސާ އާއި ލެވާންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އާއި ލެވާންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން

އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައި ޒުވާން ތަރި އަންސޫ ފަޓީ ޖެހި ލަނޑާއެކު، ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ލެވާންޓޭ އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ބާސާ މޮޅުވިއިރު، މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ބާސާ މޮޅުވެފައެއް ނުވެއެވެ. އެއާއެކު ބާސާގެ ކޯޗު ރޮނާލްޑް ކޫމަނަށް ޕްރެޝަރު ބޮޑުވެފައިވާއިރު، ކަޑިޒް މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން މި މެޗުގައި އޭނާއަށް ޓީމަށް އިރުޝާދުދިނުމުގެ ފުރުސަތުވެސް ގެއްލުނެވެ.

އެކަމަކު މި މެޗުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ. މިއީ އޭރިއާ ތެރެއިން ޑިޕާއިއަށް ލެވާންޓޭގެ ނެމަންޔާ ރަޑޯޔާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އަދި އޭގެ އަށް މިނެޓު ފަހުން ބާސާއިން ލީޑު ފުޅާކުރިއިރު، ސާޖީނިއޯ ޑެސްޓް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ. މިއީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސެވިއްޔާ ލޯނު އެއްބަސްވުމެއްގެ ދަށުން ބާސާއަށް ބަދަލުވެ، ޑި ޔޮން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗު ނިމެން ގާތްވެފައި ވަނިކޮށް ފަޓީ ކުޅެން އެރިއިރު، މެޗުގެ އިތުރު ވަގުތުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން އޭނާ ވަނީ ބާސާގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަނިޔާއިން ރަނގަޅުވެ ކުޅުނު ފުރަތަމަ މެޗުގައި ފަޓީ ލަނޑު ޖެހިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއިން ރަނގަޅުވުމަށް ޓީ ވަނީ މި ވޭތުވެދިޔަ މުއްދަތުގައި ދެ އޮޕަރޭޝަނެއް ކޮށްފައެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ލެވާންޓޭ އަތުން ހޯދި މޮޅާއެކު ބާސާ އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަތް މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަތް މެޗުން 14 ޕޮއިންޓާއެކުއެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް