Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޫމަން ސަސްޕެންޑުކުރުން

ކޫމަނަށް ދެ މެޗުގެ ސަސްޕެންޝަނެއް

ލެވާންޓޭ އާއި އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ މެޗު ކޫމަނަށް ގެއްލޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:10
ބާސާގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ބާސާގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން

ސްޕެނިޝް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކަޑިޒް އާއި ބާސެލޯނާ އެއްވަރުވި މެޗުގެ ފަހު ވަގުތު ދެއްކި ރަތް ކާޑާ ގުޅިގެން ބާސާގެ ކޯޗު ނެދަލެންޑްސްގެ ރޮނާލްޑް ކޫމަނަށް ދެ މެޗުގެ ސަސްޕެންޝަނެއް އަތުވެއްޖެއެވެ.

ކަޑިޒްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

އެ މެޗުގެ ފަހު ވަގުތު ބާސާގެ ކޯޗު ކޫމަނަށް ރަތް ކާޑެއް ދެއްކީ ރެފުރީގެ ނިންމުންތަކާ ދެކޮޅު ހަދާ ވާހަކަ ދެއްކުމުންނެވެ. އެގޮތުން އެންމެ ބޮޑަށް ކޫމަން ދެކޮޅު ހެދި އެއް ކަމަކީ އެ މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ފްރެންކީ ޑި ޔޮންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.

އެއާއެކު ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކޫމަންގެ މައްސަލަ ބެލުމަށްފަހު އޭނާ ދެ މެޗަށް ސަސްޕެންޑުކުރަން ނިންމާފައެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ލެވާންޓޭއާ ދެކޮޅަށް ބާސާ ކުޅޭ މެޗާއި، އަންނަ ހަފުތާގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ ކުޅޭ މެޗުގައިވެސް ކޫމަންއަށް ބެންޗުގައި ނުހުރެވޭނެއެވެ.

ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކަޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ އެއްވަރުވިއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބާސާއަށް މޮޅެއް ލިބިފައެއް ނުވެއެވެ. އެއާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ.

މި ފަހުން ބާސާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ކޫމަންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެއާއެކު ކަޑިޒް މެޗުގެ ކުރިން ކޫމަން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ނުދީ ނުކުމެގެން ގޮސްފައެވެ. އަދި މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކޫމަން ވަނީ އޭނާގެ ވަޒީފާއާ ގުޅޭ ސުވާލުތަކަށް ދެން ޖަވާބު ދޭން ޖެހޭނީ ކުލަބުގެ ވެރިން ކަމަށްވެސް ބުނެފައެވެ.

ރޮނާލްޑް ކޫމަންބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު