Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

އަދަބުތައް ދޭނެކަން ތާލިބާނުން ހާމަކުރުމާއެކު އެމެރިކާއިން ކަންބޮޑުވެއްޖެ

ކުށްތަކަށް އަރައިގަންނަ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް ރަޖަމުކުރުމާއި އަތްކެނޑުން ފަދަ ހަރުކަށި އަދަބުތައް ދޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:55
ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ނެޑް ޕްރައިސް

ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ނެޑް ޕްރައިސް

ދަ އެސޯސިއޭޓަޑް ޕްރެސް ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ތާލިބާނުންގެ ލީޑަރު މުއްލާ ނޫރައްދީން އަފްޣާނިސްތާނުގައި ކުށްތަކަށް އަރައިގަންނަ މީހުންނަށް އިސްލާމީ ޝަރީއަތުގެ އޮންނަ ގޮތަށް ރަޖަމުކުރުމާއި އަތް ކެނޑުން ފަދަ ހަރުކަށި އަދަބުތައް ދެވޭނެ ކަމަށް ވިދާޅުވުމާއެކު އެމެރިކާއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ނެޑް ޕްރައިސް ވަނީ ތާލިބާނުގެ ލީޑަރު މިމޭރުމުން ދެއްކެވި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ.

މުއްލާ ނޫރައްދީން އިންޓަވިއުގައި އިތުރަށް ވިދާޅުވީ އެހެން މީހުން ޤާނޫނުތައް ހަދައިގެން އުޅޭގޮތަށް އެމީހުން ވެސް ފާޑު ނުކިޔާ ކަމަށާއި ތާލިބާނުން ހަދާ ޤާނޫނުތައް އެނގޭނީ އެމީހުންނަށް ކަމަށެވެ. އަދި އެކަމަށް އެއްވެސް ބަޔަކު ފާޑުކިޔައިގެން ނުވާނެ ކަމަށެވެ. ތާލިބާނުން އަމަލު ކުރަނީ އިސްލާމްދީނަށް ކަމަށާއި ޤާނޫނުތައް ވެސް ހަދާނީ ޤުރުއާނުގައި ވާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ނޫރައްދީންގެ މިއިންޓަރވިއުއާ ގުޅިގެން ޕްރައިސް އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައާއެކު އެމެރިކާއިން އޮތީ ބާރުގެ ބޭނުންކޮށްގެން ތާލިބާނުން ހިންގާ އެފަދަ ލާއިންސާނީ އަމަލުތަކަށް ބަލަންކަމަށެވެ. އަދި އެކަންކަމަށް ތާލިބާނުން ޖަވާބުދާރީ ކުރުވާނެކަމަށް ޕްރައިސް ވިދާޅުވިއެވެ.

ޕްރައިސް އިތުރަށް ވިދާޅުވީ އަފްޣާނިސްތާނުގައި އެކުލަވާލާފައިވާ ތާލިބާން ސަރުކާރު ބަލައިގަތުން އޮންނާނީ ތާލިބާނުގެ ސަރުކާރުން އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރަމުންދާ މިންވަރެއްގެ މައްޗަށްކަމަށެވެ. ވަރަށް ގާތުން ތާލިބާނުން ކުރަމުންދާ ކަންކަން ބަލަމުންދާކަމަށާއި ހަމައެކަނި ތާލިބާނުން ދައްކާ ވާހަކައެއް އެކަނި އަޑުއަހާލާފައި ދޫކޮށްނުލާނެކަމަށް ޕްރައިސް ވިދާޅުވިއެވެ.

އަފްޣާނިސްތާނުގައި 20 އަހަރު ވަންދެން އެމެރިކާއިން ތިބުމަށްފަހު އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެގައުމުގައި ތިބި އެމެރިކާ އާއި ބޭރު ގައުމުތަކުގެ ފައުޖުތައް ވަނީ ފައިބާފައެވެ. އަދި އަފްޣާނިސްތާނުގައި ވަނީ އަނެއްކާވެސް ޠާލިބާން ސަރުކާރެއް ގާއިމުކޮށްފައެވެ. އަލަށް އެކުލަވާލި ސަރުކާރުގެ ބައެއް މަގާމުތައް ޠާލިބާނުން ހާމަކޮށްފައިވާއިރު ޠާލިބާނުން ބުނެފައިވަނީ ގައުމު ބިނާކުރަން ބޭނުންވަނީ ގައުމުގައި ހުރި އެއްޗަކުން ކަމަށެވެ. އަދި މީގެ 20 އަހަރު ކުރިން ޠާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރި ގޮތަށް މިފަހަރު ކަންތައްތައް ކުރަން ބޭނުންނުވާކަމަށް ޠާލިބާނުން ވަނީ ބުނެފައެވެ.

އަފްޣާނިސްތާންއެމެރިކާތާލިބާން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު