Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

ތާލިބާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތަސް އެމެރިކާއިން އަފްޣާނިސްތާނަށް އެހީވަނީ

ތާލިބާނުންނާއި ހައްގާނީ ނެޓްވޯރކް އަދި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ދެމިއޮންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:39
އަފްޣާނިސްތާނުގެ އަންހެނުންތަކެއް މިސްކިތަކަށް ވަންނަނީ

އަފްޣާނިސްތާނުގެ އަންހެނުންތަކެއް މިސްކިތަކަށް ވަންނަނީ

އެމެރިކާއިން ތާލިބާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީނަމަވެސް އަފްޣާނިސްތާނަށް އެހީތެރިވުމަށް ދެ ލައިސަންސެއް ދޫކޮށްފިއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނާގޮތުގައި ދޫކުރި އެއް ލައިސަންސްގެ އެހީގައި އެމެރިކާ ސަރުކާރާއި ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތައް އދ ވެސް ހިމެނެގޮތަށް ތާލިބާނުންނާއި ހައްގާނީ ނެޓްވޯރކާ ދެމެދު ޓްރާންސްސެކްޝަންތައް ހެދެމުންދާނެއެވެ. ތާލިބާނުން އަދި ހައްގާނީ ނެޓްވޯރކް އަކީ އެމެރިކާ އިން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ލިސްޓުކޮށްފައިވާ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެ ޖަމާއަތެވެ. އެމެރިކާއިން އަފްޣާނިސްތާނަށް އެހީވުމުގެ މަގު ތަނަވަސްކުރަމުންމިދަނީ އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާގެ ސަބަބުންނެވެ.

ދެ ވަނަ ލައިސަންސަކީ އެކްސްޕޯރޓާއި ކާނާ އާއި ބޭސް އަދި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބެނުންވާ ތަކެތީގެ ޓްރާންސްސެކްޝަންތައް ހެދޭނެ ލައިސަންސްއެވެ.

އެމެރިކާގެ ޓްރެޝަރީ އޮފީހުގެ ޑިރެކްޓަރ އެންޑްރިއާ ޖެކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޓްރެޝަރީން މަސައްކަތްކުރަނީ އަފްޣާނިސްތާނުގައި ދިމާވެދާނެ އިންސާނީ މުސީބާތަކުން ސަލާމަތްކުރުމަށް އެގައުމުގެ ރައްޔިތުންނަށް ބޭނުންވާނެ ތަކެއްޗާއި އިންސާނުންނަށް ބޭނުންވާނެ އެންމެ އަސާސީ ތަކެތި އަފްޣާނިސްތާނަށް ފޯރުކޮށްދެވޭނެ މަގުފަހިކުރުމަށެވެ.

މީގެއިތުރުން އަފްޣާނިސްތާނު ކޮންޓްރޯލް ކުރަމުން އަންނަ ތާލިބާނުންނާއި ހައްގާނީ ނެޓްވޯރކް އަދި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެގޮތުގައި ދެމި އޮންނާނެކަމަށްވެސް ޑިރެކްޓަރ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާއިން އެކިއެކި އެންޖީއޯތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ފައިނޭންޝަލް އިދާރާތަކާއި ގުޅިގެން ކާނާ އާއި ބޭސް އަދި އެހެނިގެން ޒަރޫރީ ތަކެތި އަފްޣާނިސްތާނަށް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެކަމަށް ޑިރެކްޓަރ ވިދާޅުވިއެވެ.

އދ ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް މިދިޔަ ހަފްތާގައި ވިދާޅުވީ އަފްޣާނިސްތާނު އޮތީ އިންސާނީ މުސީބާތެއްގެ ތުންފުތްމަތީގައި ކަމަށެވެ. އަދި އަފްޣާނިސްތާނަށް އެހީތެރިވުމަށް ތާލިބާނުންނާ ގުޅިގެން މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ތާލިބާނުންނަކީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލިސްޓުކޮށްފައި އޮތްނަމަވެސް އަފްޣާނިސްތާނަށް ދިމާވެދާނެ އިންސާނީ މުސީބާތަކުން އެގައުމު ސަލާމަތްކުރުމަށް އެހީތެރިވުމަށް އެމެރިކާއިން އޮތީ ތައްޔާރަށްކަމަށެވެ.

އެމެރިކާއިން ތާލިބާނުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ތާލިބާންގެ އެސެޓްތައް އެމެރިކާއިން ވަނީ ފްރީޒްކޮށްފައެވެ. އޭގެތެރޭގައި ފަންޑު ފޯރުކޮށްދިނުމާއި ކާނާ އާއި އެހެނިހެން ޒަރޫރީ ތަކެއްޗާއި ޚިދުމަތްތައް ދިނުންވެސް ހިމެނެއެވެ.

އަފްޣާނިސްތާންއެމެރިކާތާލިބާން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު