Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިޔަވަތީގެ މައްސަލަ

ފިޔަވަތީގެ ހާދިސާއާ ގުޅިގެން ގެނެސްދީފައިވާ ކޮންޓެންޓްތަކުގެ އެސެސްމަންޓެއް ހަދަނީ

ފިޔަވަތި ހާދިސާ ކަވަރުކުރުމުގެ ތެރޭގައި ނޫސްވެރިންގެ ފަރާތުން ފާހަގަވެފައިވާ އަޚުލާގީ މިންގަނޑާ ޚިލާފުކަންކަން ނޫސްތަކުގެ އެޑިޓަރުންގެ ސަމާލުކަމަށް ގެނައުމަށް ސާކިޔުލާއެއް ފޮނުވުމަށް ނިންމާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 23:31
ހުޅުމާލޭގައި ހުންނަ ފިޔަވަތި

ހުޅުމާލޭގައި ހުންނަ ފިޔަވަތި

ފިޔަވަތީގެ ހާދިސާއާ ގުޅިގެން ޚަބަރާއި މައުލޫމާތު ގެނެސް ދިނުމުގައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އެއްވެސް ކޮންޓެންޓެއް ޝާއިއުކޮށްފައިވޭތޯ މޮނިޓަރކޮށް އެސެސްމަންޓެއް ހެދުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ން ނިންމައިފިއެވެ.

އެމްއެމްސީން ބޭއްވި 37 ވަނަ ޖަލްސާގައި ނިންމާފައިވާ ނިންމުންތައް އެކައުންސިލުން ވަނީ ހާމަކޮށްފައެވެ. އޭގެތެރޭގައި ދެން ހިމެނެނީ ކުޑަކުދިންގެ ޚަބަރާއި މައުލޫމާތު ފެތުރުމުގައި އަދި ފިޔަވަތި ހާދިސާ ކަވަރުކުރުމުގެ ތެރޭގައި ނޫސްވެރިންގެ ފަރާތުން ފާހަގަވެފައިވާ އަޚުލާގީ މިންގަނޑާ ޚިލާފުކަންކަން ނޫސްތަކުގެ އެޑިޓަރުންގެ ސަމާލުކަމަށް ގެނައުމަށް ސާކިޔުލާއެއް ފޮނުވުމަށް ނިންމުމެވެ. މީގެއިތުރުން ފިޔަވަތީގެ މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިންގ ދާއިރާގެ މައްސަލައެއް ކައުންސިލަށް ހުށަހަޅާފައިވާތީ އެ މައްސަލަ ކައުންސިލުން ނުބެލޭނެކަމަށްވެސް ވަނީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައެވެ.

ފިޔަވަތީގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ވީޑިއޯއަކާ ގުޅިގެން ކުދިންނާއި ގުޅޭ މިފަދަ ޚާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރާއިރު މައުލޫތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ރައްޔިތުންނާ ހިއްސާކުރުމަށް ޖެންޑާރ މިނިސްޓްރީން އެދިފައިވެއެވެ.

ކައުންސިލްގެ ބައްދަލުވުމުގައި ދެން ނިންމާފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާ ބައްދަލުކުރުމަށެވެ. ހެއްކާބެހޭ ބިލުގައި ނޫސްވެރިޔާގެ މަސްދަރުހާމަކުރުމަށް ފަނޑިޔާރުންނަށް މަޖުބޫރުކުރެވިދާނެ ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާތީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ. އެކަން ހާމަކޮށް އެމްއެމްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ވުޖޫދަށް އައުމުގެ ސަބަބުން ދިވެހިރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާއި ބެހޭ ބިލުންވެސް މިފާހަގަކުރެވުނު ބައިތައް އުނި ކުރުމަށް އެމްއެމްސީން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާކަށެވެ. މީގެ އިތުރުން، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި، އަދި މިކަން އިސްލާހުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކައުންސިލުގެ ޖަލްސާގައި ފާސްކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި

19 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ބިލް ތަސްދީގު ކުރުމާއި ގުޅިގެން އެޗްއާރްއެމްއައި އިން ކަންބޮޑުވުން ފާޅުކޮށްފި
31 އޯގަސްޓު 2025

ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް

31 އޯގަސްޓު 2025
ބިލުގައި ހައްގުތައް އޮތީ ހަނިކޮށްފައި، އިސްލާހެއް ނުގެނެސް ބިލު ބޭރުކުރަން ޖެހޭ - ސަގީފް
03 މެއި 2025

ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް

03 މެއި 2025
ދައުލަތުގެ މީޑިއާއިން ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ތަކުރާރުކޮށް ގާނޫނާ ޚިލާފުވާކަމަށް ބުނެ މަޖިލީހަށް މައްސަލައެއް
17 ޑިސެމްބަރު 2024

މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް

17 ޑިސެމްބަރު 2024
މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް ކަމަށް ސަގީފް
31 އޮކްޓޯބަރު 2024

ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި

31 އޮކްޓޯބަރު 2024
ރައީސް މުއިއްޒުގެ ދޮން މަންމަ އަށް ނިސްބަތްވާ ޑޮކިއުމެންޓަރީ "ސްކީލާން" ގެ ވީޑިއޯކޮޅެއް ޕީއެސްއެމް އިން ދައްކައިގެން މުސްތަފާ ވަޒީފާ އިން ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު