Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސާ މަގާމުތައް އިތުރުވުން

ބޭނުން ނުވާ ވަރަށް ސިޔާސީ ވަޒީފާ އުފައްދައިފި: ޑރ. ޝަމްހީދު

3 ޖުލައި 2024 | ބުދަ 18:44

ޖޫން މަހާ ހަމައަށް 500-700 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފި

ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 18:44
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު

ޑރ. މުއިއްޒުގެ ސަރުކާރުން ބޭނުން ނުވާ ވަރަށް ސިޔާސީ މަގާމު އުފައްދައިފި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫފުން ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ޑރ.ޝަމްހީދު ވިދާޅުވީ، ވަޒީފާތައް މަދުކޮށްގެން ނޫނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނުކުރެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލް ކުރައްވާ، ޑރ. ޝަމްހީދު ފާހަގަ ކުރެއްވި ގޮތުގައި ބޭރުގެ ފަރާތްތަކުން މާލީ އެހީތެރިކަން ރާއްޖެއިން ހޯދަން ބޭނުން ނަމަ ފުރަތަމަ ކަމަކަށް ސަރުކާރުން ޚަރަދު ކުޑަކުރުމުގައި ސީރިއަސް ކަން ދައްކަންޖެހޭނެ ކަމަށެވެ.

"ވަޒީފާތައް މަދުކޮށްގެން ނޫނީ ބައިނަލް އަގްވާމީ މާލީ އިދާރާ ތަކަށް ކޮންވިންސް ކޮށްނުދެވޭނެ، ދިވެހިރާއްޖެ އަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދަން،" ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަށް ސަލާމަތް ވެވެން އޮތީ ޚަރަދު ކުޑަކުރުމަށް ވަރަށް ބޮޑެތި ފިޔަވަޅު ތަކެއް އަޅައިގެން ކަމުގައި ޑރ. ޝަމްހީދު ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ޚަރަދު ކުޑަކުރަން ފިޔަވަޅު އަޅާ އިރު އެންމެ ބޮޑު އެއްޗެއް ހޭދަ ވަނީ ހިންގުމުގެ ޚަރަދުގެ ގޮތުގައި ކަމަށާއި، އޭގެ ބޮޑު ބައެއް ދަނީ ވަޒިފާ ތަކަށް މުސާރާ ދިނުމަށް ކަމަށެވެ.

ޑރ. ޝަމްހީދު ވިދާޅުވީ މި އަހަރުގެ ޖޫން މަހާ ހަމައަށް އައި އިރު ދައުލަތުގެ ޚަރަދު 500-700 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ މި މުއްދަތައް ވުރެ އިތުރަށް ކުރެވިފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ޑރ. ޝަމްހީދު ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރުގައި ސިޔާސީ ވަޒީފާ ތަކުގެ އަދަދު 2000ށް އަރާނެ ކަމަށް ލަފާ ކުރެވޭއިރު، އެ ވަޒީފާ ތަކުގެ މަހު މުސާރައަށް 100 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެއްވޭ ކަމުގައެވެ.

2025 ނުވަތަ 2026ގައި ރާއްޖެ ބަނގުރޫޓްވާ ވާހަކަ ދައްކާ އިރު މާލީ އިދާރާ ތަކުން ދޭ ލަފާގެ މަތިން އެކަމަށް ސަމާލުކަން ދީގެން ފިޔަވަޅު އަޅަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ދޭން ޖެހޭ އެހީތެރިކަން ދޭނެ ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ފާހަގަ ކުރެއްވި ގޮތުގައި، ގޭގައި ކަމެއް ނުކޮށް ބައިތިއްބައިގެން މުސާރައިގެ ގޮތުގައި ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ މި ސަރުކާރުން ވަނީ ހޭދަ ކޮށްފައެވެ.

"މަސައްކަތަކާ ނުލާ ޓެކްސްޕޭޔަރ ފައިސާ އިން އެބޭފުޅުންނަށް ޚަރަދު ކުރަމުން އެ ގެންދަނި،" މީކާއީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްސިޔާސީ މަގާމުތައްޑރ. އަހްމަދު ޝަމްހީދު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު

01 ޑިސެމްބަރު 2025
އައިޖީއެމްއެޗް އިން ތަކެތި ހުސްވަނީ ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުދީ ބިލުތައް ބިލިއަނުން އަރާތީ: މެންބަރު ޝަމްހީދު
28 ނޮވެމްބަރު 2025

ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު

28 ނޮވެމްބަރު 2025
ފިސްކަލް ޒިންމާ ގެ ޗާޓަރ އެކުލަވާލަންވީ ވަގުތަކީ މިއީ، މިހާރު ނުވިކަމެއް ދެ އަހަރު ފަހުން ވެސް ނުވާނެ: ޑރ.ޝަމްހީދު
28 ނޮވެމްބަރު 2025

ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު

28 ނޮވެމްބަރު 2025
ރާއްޖޭގައި ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން، ސަސްޓެއިން ނުކުރެވޭނެ: މެންބަރު ޝަމްހީދު
16 ނޮވެމްބަރު 2025

ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު

16 ނޮވެމްބަރު 2025
ރާއްޖޭގެ ތާރީހުގައި އަންނަ އަހަރަކީ މުސާރަ ދިނުމަށް ލޯނު ނަގަން ޖެހޭނެ ފުރަތަމަ އަހަރަށްވާނެ: މެންބަރު ޝަމްހީދު
02 ނޮވެމްބަރު 2025

"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"

02 ނޮވެމްބަރު 2025
"ރައްޔިތުންނަށް މުސާރަ ބޮޑުކުރަން ހުރި 500 މިލިއަން ރުފިޔާގެ ތެރެއިން 250 މިލިއަން ޑައިވަރޓް ކުރީ ކުންފުނިތަކަށް"
29 އޮކްޓޯބަރު 2025

ވަޒީރު ބޭނުން މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތް ހެދުމަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން : ޝަމްހީދު

29 އޮކްޓޯބަރު 2025
ވަޒީރު ބޭނުން މީހަކަށް ޕްރޮޖެކްޓް ދެވޭ ގޮތް ހެދުމަކީ އެތައް މިލިއަން ރުފިޔާ އެއް ގެއްލިދާނެ ކަމުގެ ބިރުގެ ތެރެއަށް ޤައުމު ވައްޓާލުން : ޝަމްހީދު
29 އޮކްޓޯބަރު 2025

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް