Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފް

ޔާމީނަށް ލުއި ޙުކުމަކާއެކު ބަރު ޖޫރިމަނާއެއް އައީ ކީއްވެތޯ ޝަރީއަތުން ކުރި ސުވާލާއެކު އަޑުއެހުން ނިންމާލައިފި

23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:04

ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:04
ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

މަނީ ލޯންޑަރިންގެ ގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ޙުކުމް އިއްވާފައިވާއިރު، ޖަލު ޙުކުމް ލުއިކޮށް އޮވެފައި، ޖޫރިމަނާ އަދަދު އެންމެ މަތީ އަދަދުން އޮތީ ކީއްވެތޯ ޝަރީއަތުން ދައުލަތަށް ސުވާލުކޮށްފިއެވެ.

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން އެއް ނުކުތާގައި މީހެއްގެ މައްޗަށް ފުރަތަމަ ކުށް ސާބިތުވާއިރު ލުއި ޙުކުމެއް އިސް ކުރުން އޮންނައިރު، ޖޫރިމަނާ އޮތީ އެންމެ ބޮޑު މިންގަނޑުންކަމަށް ބަޔާންކޮށް ހުށައަޅާފައިވާ ނުކުތާއެއް ހިމެނެއެވެ. މި ނުކުތާއާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ޝަރީއަތުން ވެސް ވަނީ ދައުލަތަށް ސުވާލުކޮށްފައެވެ.

Advertisement - newsAdvertisement

"އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރާ އެއްކަމެއް، ޖަލު އަދަބުގެ އެންމެ ދަށް މިންގަނޑު އިހުތިޔާރު ކުރުމަށްފަހު، މި މައްސަލައިގެ އުޅެނީ 1 މިލިއަން ޑޮލަރު، އެ 5 ގުނަ ވެގެން ދިޔައީމާ އެ ދަނީ ޖޫރިމަނާގެ އެންމެ މައްޗަށޭ، ކީއްވެގެންތޯ ޖަލު ޙުކުމުގެ އެންމެ ދަށް، ޖޫރިމަނާގެ އެންމެ މަތި، މީތި ޖަސްޓިފައި ކުރައްވަނީ ކިހިނެއްތޯ"- ފަނޑިޔާރު މަޙާޒް

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގައި އޮންނަނީ ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ. އެގޮތުން ޖަލު އަދަބު 5 އަހަރާއި 15 އަހަރާއި ދެމެދުގައި ކަނޑައެޅުން ނުވަތަ ލޯންޑަރ ކުރި ފައިސާގެ އަދަދު 5 ގުނައަށްވުރެ އިތުރުނުވާނެ ގޮތަކަށް ޖޫރިމަނާގެ އަދަބު ކަނޑައެޅުން އޮންނަކަމަށް ވަކީލާ ވިދާޅުވިއެވެ.

ވަކީލާ ވިދާޅުވީ މިއީ ޔާމީނުގެ މައްޗަށް ސާބިތުވާ ފުރަތަމަ ކުށް ކަމަށްވުމާއެކު، މި މައްސަލައިގައި ދައުލަތުން އެދިފައިވަނީ ޖަލު އަދަބުގެ އެންމެ ލުއި މިންވަރު ކަމަށެވެ. ނަމަވެސް ޖޫރިމަނާއާ ގުޅޭގޮތުން އަދަބު މަތިކުރަންޖެހޭ ޙާލަތެއް އޮތްކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަމަށް ވަކީލާ ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ މި ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށްވެފައި، ރައީސް ޔާމީނު އޭރު އަދާކުރަމުންދިޔަ މަޤާމަށް ބަލާފައި ކަމަށެވެ. އެހިސާބުން ފަނޑިޔާރު މަހާޒް ވަނީ ދައުލަތަށް އިތުރަށް ސުވާލު ކުރައްވާފައެވެ.

"ތި ވިދާޅުވާ ސަބަބު ޖަސްޓިފައި ކުރެވެނީ ކިހިނެއްތޯ، އަޅުގަނޑު އަދިވެސް މި އިންނަނީ ކޮންމެސް ވަރަކަށް ނަގައިގަންނަން އުނދަގޫވެފައި، ޖޫރިމަނާ މައްޗަށް މި ޖައްސާ ސަބަބު، ކުރިން އިޝާރަތް ކުރައްވައިފި ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރެކޭ އެގޮތަށް މައްޗަށް ޖެއްސުމަކީ، އެ ޑިސްކްރީޝަން ކޮންމެސް ވަރަކަށް ޖަސްޓިފައިކޮށްލަދެއްވާ، ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅުކަމަށް ވަކާލާތު ކުރައްވާނަމަ ރަނގަޅުވަނީ މިހެން މިހެން ވެގެންނޭ" - ފަނޑިޔާރު މަޙާޒް

ބުރާސްފަތި ދުވަހުގެ އަޑުއެހުން ނިންމަވާލެއްވީ ދެން އޮންނަ އަޑުއެހުމެއްގައި އެ ސުވާލަށް ޖަވާބު ދެއްވުމަށް ދައުލަތަށް އެންގެވުމަށްފަހުއެވެ. އަދި އެ އަޑުއެހުމުގައި ދައުލަތުން ދެން ހުރި ނުކުތާތަކަށް ޖަވާބުދިނުމާއި، އެކަންކަމަށް ދެ ފަރާތުން ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުއްޔަށް ދޫކުރި ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް، ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެފައިސާ ހަ މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 28 ނޮވެމްބަރު، 2019ގައެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ނޫންކަމަށް ބުނެ، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރިއެވެ.

ހައިކޯޓުގައި އިސްތިއުނާފްކުރި އެ މައްސަލާގައި މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ތާއީދުކޮށް، ދަމަހައްޓާފައެވެ.

އެހެންކަމުން، ރައީސް ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ގާނޫނީ ޓީމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ރައީސް ޔާމީންޔާމީން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
23 ޖުލައި 2024

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

23 ޖުލައި 2024
ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި
02 އެޕްރީލު 2024

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

02 އެޕްރީލު 2024
ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
01 އެޕްރީލު 2024

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

01 އެޕްރީލު 2024
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް