Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލިހު އދ. ގައި

"ދިވެއްސަކަށް ދިރިނޫޅެވި، ރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ"

ކޮވިޑް 19 އިންސާނުންނަށް އިއްވައިދިނީ އިންޒާރުގެ ރަނގަބީލެއް

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2021 | އަންގާރަ 15:10
އިބްރާހިމް މުހައްމަދު ސާލިހު

އިބްރާހިމް މުހައްމަދު ސާލިހު

ދިވެއްސަކަށް ދިރިނޫޅެވި، ރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެންގައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ، ކޮވިޑް 19 އިންސާނުންނަށް އިއްވައިދިނީ އިންޒާރުގެ ރަނގަބީލެއް ކަމަށާއި، މޫސުމަށް އަންނަ ބަދަލާއި ތިމާވެއްޓަށް ލިބޭގެއްލުމުގެ އަގު އިންސާނިއްޔަތަށް މާބޮޑު ކަމަށެވެ. މިއީ މިއަދުގެ ދިރާސާތަކާއި އިލްމީ ހަގީގަތްތަކާއި ސައިންޓިފިކް ރައުޔު ހެކިދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އައިޕީސީސީން  އެކުލަވާލި ރިޕޯރޓް އާންމުވެފައިވާއިރު، އެ ރިޕޯރޓްގައިވާ ގިނަގުނަ ކަންބޮޑުވުންތަކާ އިންޒާރުތަކާ ހަގީގަތްތަކުގެ ވާހަކަ ދިވެހިރާއްޖެއިން ދައްކާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި، އެއްވެސް ލެވެލް އެއްގައި ދޭންވީ އަހަންމިއްޔަތާއި ސަމާލުކަން ނުދެވި އެއީ އިވޭ ހުސް އަޑުތަކެއްގެ ގޮތުގައި ދޫކޮށްލެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. 

އެ ރިޕޯރޓްގައިވާ ބައެއް ކަންކަން ފާހަގަކުރައްވަން ރައީސް ސާލިހު ވިދާޅުވީ، މިދިޔަ 5 އަހަރަކީ 19 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހައްމަލުކުރި އެންމެ ހޫނުގަދަ 5 އަހަރު ކަމަށާއި، 1901 ން 1970 އާ ދެމެދަށް އަޅާބަލާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް 3 ގުނަ އިތުރުވެއްޖެ ކަމަށެވެ. އަދި ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލިއްޖެ ކަމަށެވެ. އެ ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ މާބޮޑު އެހެންކަމެއް އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާ ކަމުގެ އިންޒާރު ލިބެމުންދާ ކަމަށާއި، ކުރަން ޖެހުނު ކަންކަން ނުކޮށް ތިބުމުގެ ސަބަބުން އެއްވެސް ކަމެއް ދެން އިތުރަށް މާދަމައަށް ލަސްކުރެވެން ނެތްކަމުގެ ބިރުވެރި ޚަބަރުތައް އަންނަމުންދާ ކަމަށެވެ.  

ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް ގައި ހިފެހެއްޓުމަށްޓަކައި މިހާރު ޖައްވަށް ބޭރުކުރާ ގެދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭ ކަމަށާއި، މިއަމާޒަށް ވާސިލުވެވޭނީ 2050 ގެ ނިޔަލަށް މުޅިދުނިޔެ ނެޓްޒީރޯ ހާސިލުކޮއްގެން ކަމަށް މި ރިޕޯޓްގައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ސާލިހު އިތުރަށް ވިދާޅުވީ، މިހަގީގަތްތައް ކިޔައިދީފައިވާ މާސާފު ސާދާ މައުސޫމް ކަރުދާސް ތަކެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބަހުރިކަމަށެވެ. 

މިއީ މިވާހަކަތަކުގެ ކަންބޮޑުވުމާއިގެން ދިވެހި ތުއްތު ކުދިން އެމަނިކުފާނަށް ލިޔެފައިހުރި ސިޓީތައް ކަމަށާއި، އެކުދިންވެސް ހެދި ބޮޑުވެ ހަޔާތުގެ އުންމީދުތައް ފުރިހަމަ ކުރަން އެދޭ ގައުމުގެ ނާޒުކު ތިމާވެއްޓާ ގުޅޭގޮތުން އދ. އަށް ހުށަހަޅައިދިނުމަށް އެދި ލިޔެފައިހުރި ސިޓީތައް ކަމަށެވެ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާކަމަށާއި، ހުރިހާ ގައުމުތަކެއްގެ ވެރިންވެސް މިއަދު މިއަޑު އަހަންޖެހޭ ކަމަށް ރައިސް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް

ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް

17 އޮކްޓޯބަރު 2022
"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"

"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"

11 އޮކްޓޯބަރު 2022
ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް އދ. ގައި ނަގަން ހަމެޖެހިފައިވާ ވޯޓު ސިއްރުކޮށްދިނުމަށް އެދުމުން އެޖަމިއްޔާއިން އިންކާރުކޮށްފި

ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް އދ. ގައި ނަގަން ހަމެޖެހިފައިވާ ވޯޓު ސިއްރުކޮށްދިނުމަށް އެދުމުން އެޖަމިއްޔާއިން އިންކާރުކޮށްފި

11 އޮކްޓޯބަރު 2022
"ޒުވާނުންނަށް ކުރެވޭ އިންވެސްޓްމަންޓަކީ މަލްޓިލޭޓަރަލިޒަމްއަށް ކުރެވޭ އިންވެސްޓްމަންޓެއް"

"ޒުވާނުންނަށް ކުރެވޭ އިންވެސްޓްމަންޓަކީ މަލްޓިލޭޓަރަލިޒަމްއަށް ކުރެވޭ އިންވެސްޓްމަންޓެއް"

13 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު