ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 12:14
އިނގިރޭސިވިލާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާބަރާ ވޫޑްވާޑް
އިނގިރޭސިވިލާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބާބަރާ ވޫޑްވާޑް
ރޮއިޓާސް
ރަޝިއާ ޔޫކްރެއިން ހަނގުރާމަ
"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"
 
ހުރިހާ މެމްބަރު ގައުމަކުން ވެސް ހަނގުރާމާގައި ޔޫކްރެއިނަށް އެއްބާރުލުންދީ އެގައުމުގެ މިނިވަންކަމުގެ ދިފާއުގައި ވޯޓު ދިނުމަށް ބާބަރާ ގޮވާލެއްވި
 
ބާބަރާ ވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނީއްސުރެ އދ. ގެ އާންމު މަޖިލީހުގެ މެމްބަރުންގެ ސްޓޭންޑު ވަރަށް ސާފުކަަމަށް ވިދާޅުވެފައި
 
ހުރިހާ މެމްބަރު ގައުމަކުން ވެސް ބޭނުންވަނީ ހަނގުރާމަ ނިންމާފައި ރަޝިއާ އަސްކަރިއްޔާއިން ޔޫކްރެއިނުން ފޭބުމަށްކަމަށް ބާބަރާ ވިދާޅުވި

ރަޝިއާ ޔޫކްރެއިން ހަނގުރާމާގައި އދ. ގެ އާންމު މަޖިލީހުގެ މެމްބަރުންގެ ސްޓޭންޑު ވަރަށް ސާފު ކަމަށް އިނގިރޭސިވިލާތުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ބާބަރާ ވޫޑްވާޑް ވިދާޅުވެއްޖެއެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް އެގައުމުގެ ދަށަށް ގެންދިއުމަށް ރަޝިއާއިން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓަށް ފަހު ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ސަފީރު ވަނީ ރަޝިއާގެ ރައީސް ޕުޓިން، ބައިނަލްއަގުވާމީ ގަވާއިދުތަކާ ފާޅުގައި ހިލާފުވެފައިވާކަމަށް ވިދާޅުވެ، ހުރިހާ މެމްބަރު ގައުމަކުން ވެސް މިކަމުގައި ޔޫކްރެއިނަށް އެއްބާރުލުންދީ އެގައުމުގެ މިނިވަންކަމުގެ ދިފާއުގައި ވޯޓު ދިނުމަށް ގޮވާލައްވާފައެވެ.

ބާބަރާ ވަނީ ޔޫކްރެއިން ރަޝިއާ ހަނގުރާމަ ފެށުނީއްސުރެ އދ. ގެ އާންމު މަޖިލީހުގެ މެމްބަރުންގެ ސްޓޭންޑު ވަރަށް ސާފުކަަމަށް ވިދާޅުވެފައެވެ. ހުރިހާ މެމްބަރު ގައުމަކުން ވެސް ބޭނުންވަނީ ހަނގުރާމަ ނިންމާފައި ރަޝިއާ އަސްކަރިއްޔާއިން ޔޫކްރެއިނުން ފޭބުމަށްކަމަށް ބާބަރާ ވިދާޅުވިއެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް އެގައުމުގެ ދަށަށް ގެންދިޔުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ގޮތެއް ނިންމަން އދ. ގެ އާންމު މަޖިލީހުން ވޯޓަށް އެހުމަށް ނިންމާފައި ވަނީ މިހަފުތާގެ ތެރޭގައެވެ. މި ވޯޓުގެ ކުރިން ވޯޓު ސިއްރުކުރުމަށް އެދި ރަޝިއާއިން ހުށަހެޅި ހުށަހެޅުމަށް ހޯމަ ދުވަހު މަޖިލީހުގައި ވަނީ ވޯޓު ނަގާފައެވެ.

ހޯމަ ދުވަހު ކުރިއަށްގެންދިޔަ ވޯޓުގައި 193 މެމްބަރުންގެ ތެރެއިން 107 މެމްބަރުން ވަނީ ވޯޓު ސިއްރުނުކޮށް، ފެންނާނެހެން ވޯޓުގެ ކަންތައް ކުރިއަށް ގެންދިއުމަށް ވޯޓު ލާފައެވެ. އަދި ވޯޓު ސިއްރުކުރުމަށް އެއްބަސްވެފައި ވަނީ 13 ގައުމަކުންނެވެ. 39 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ލާފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރެއިންގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްގެންދިޔަ ރިފެރެންޑަމްތަކަކީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ނުވަތަ ރަޝިއާއިން ޔޫކްރެއިންގެ ސަރަހައްދުތައް ހިފާފައިވަނީ ގަވައިދާ ހިލާފަށްކަން ކަނޑައެޅުމަށް ނަގާ ވޯޓު އޮންނާނީ މިހަފުތާގެ ބުދަ ދުވަހު ކަމަށް ޑިޕްލޮމެޓުން ފާހަގަކުރެއެވެ.

މި ވޯޓު ސިއްރުކޮށްދިނުމަށް ރަޝިއާއިން އެދިފައި ވަނީ މިއީ ހުޅަނގުން ހުށަހަޅާ ހުށެހެޅުމަކަށް ވުމުން ގައުމުތަކުން ދެކޭގޮތް ފާޅުގައި ދެއްކުމަށް ބައެއް ގައުމުތަކަށް ހުރަސްތަކެއް ހުރެދާނެކަމަށް ބުނެއެވެ.

ރަޝިއާއިން ރިފެރެންޑަމްތައް ކުރިއަށް ގެންގޮސްފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދަކީ ޑޮނެސްކް، ލުހާންސް، ޚާސަން އަދި ޒެޕޮރީޒިއާއެވެ. ޔޫކްރެއިނާ އެގައުމުގެ އެކުވެރި ގައުމުތަކުން ވަނީ މި ރިފެރެންޑަމްތަކަކީ ގަވައިދާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ނަގާފައިވާ ވޯޓުތަކެއް ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ހުޅަނގުން ހުށަހަޅަން ނިންމާފައިވާ ޑްރާފްޓު ރިސޮލިއުޝަންގައި ވަނީ ރަޝިއާގެ މިނިންމުން ގައުމުތަކުން ބަލައި ނުގަންނަ ކަމަށެވެ.

މިދިޔަ މަހު ރަޝިއާއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް މިކަމާ ގުޅިގެން ހުށަހެޅުނު ކަރުދާސް ވީޓޯ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް