Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހު އދ. ގައި

"ބައިނަލްއަގްވާމީ މަސްރަހުގައި ބަސް ބުނުމަށް ދިވެހިންގެ ކުފޫ ހަމަވޭތޯ އޭރު ސުވާލު އުފެއްދި"

ބައިނަލްއަގްވާމީ މަސްރަޙުގައި ބަސް ބުނުމަށް ދިވެހިން ކުފޫ ހަމަވޭތޯ، ސުވާލު އުފެއްދި

އާމިރު ސަލީމް
އާމިރު ސަލީމް | 21 ސެޕްޓެމްބަރު 2021 | އަންގާރަ 14:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ރާއްޖެ އަށް އދގެ މެމްބަރުކަން ދިނުމާމެދު ބާރުގަދަ ބޮޑެތި ގައުމުތަކުގެ ރައުޔަކީ އެދުވަހު ދިވެހިންނާ ކުރިމަތިވި އެންމެ ބޮޑު އެއްސުވާލު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. 

އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިނިވަން ދައުލަތެއްގެ މަގާމު، ޖަޒީރާ ރާއްޖެއަށް ލިބުނީ މީގެ 56 އަހަރުކުރިން ކަމަށެވެ. އެއާއެކު ދިވެހިން އަވަސްވެގަތީ އދގެ މެމްބަރަކަށް ދިވެހިރާއްޖެ ހެދުމަށް ކަމަށާއި، ނަމަވެސް އެކަން ހާސިލުވެދާނެ ކަމުގެ ޔަގީންކަމެއް އެދުވަހަކު ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ ގޮތުގައި އެއީ، އިސްތިއުމާރީ ބާރުތައް ލޫދެމުން ދިޔަ ދަނޑިވަޅު ކަމަށާއި، ގައުމުތައް ވީއްލި މިނިވަންވަމުން ދިޔަ، ފަހުގެ ތާރީޚު ދެއްކި އާޒަމާން ކަމަށެވެ. އަދި އަމިއްލަ ހިތްވަރާއި މިންނަތުން، ބައްރުތައް ހިންދެމިލައި، އެތަކެއް ގައުމު އަލަށް އުފަންކުރުވި، ރަންޒަމާން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ ތަހުޒީބާ ތަމައްދުންގެ އެދުމުގައި، އިންސާނިއްޔަތު ހަށިފޮޅާލި ޒަމާނެވެ. އޭރުގެ ހައްސާސް އިހުސާސަކީ، ކުދިގައުމުތަކުން އދގެ ސަފަށް އެރުމަށް، ބޮޑެތި ގައުމުތަކުގެ ރުހުން ލިބުމާ ނުލިބުމުގެ މައްޗަށް އޮތް އިހުސާސް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. 

އދ. ގައި ރާއްޖެ ބައިވެރިވިތާ 56 އަހަރު ފުރުނު ދުވަހު އާއްމު މަޖިލީހުގައި ހުންނަވައިގެން ރައީސް ކުރެއްވި ތަގުރީރުގައި ވިދާޅުވީ، ބައިނަލްއަގްވާމީ މަސްރަހުގައި ބަސްބުނުމުގެ ގާބިލިއްޔަތު އަދި އެކަމުގެކުފޫ ދިވެހިންގެ ކިބައިގައި ހަމަވޭތޯ، ނުވަތަ ނޫންތޯ މީގެ 56 އަހަރު ކުރިން ސުވާލު އުފެއްދި ކަމަށެވެ.

ނަމަވެސް އޭގެ 56 އަހަރުފަހުން މިއަދު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވައިގެން އާއްމު މަޖިލީހުގެ ރިޔާސަތާ މުޚާތަބްކޮށް އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ގެންދަވަނީ  ދިވެހިންގެ މާދަރީ ބަހުން ކަމަށާއި، އަދި އެއީ ދިވެހީންނަށް އަސަރުގަދަ އަދި އެންމެފޮނި ބަހަކަށްވި ދިވެހި ބަހަށްވުމުގެ އިތުރުން މިއަދު އެމަޖިލިހުގެ ރިޔާސަތަށް އެންމެ ފަހި، ފަސޭހަ އަދި ފަރިތަ ބަހުން ކަމުގައި ވިދާޅުވިއެވެ. 

މިއީ ގައުމު ކުޑަޔަސް ދިވެހިން ކުޑަ ނޫންކަމަށް މުޅި ދުނިޔެ ހެކިވާ ވަގުތު ކަމަށާއި، މިއީ ހުރިހާ ދިވެހީންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާ މަތިވެރި ޝަރަފެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލިސް

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2023

ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި

24 އޮކްޓޯބަރު 2023
ފަލަސްތީނާއި ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި
17 އޮކްޓޯބަރު 2022

ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް

17 އޮކްޓޯބަރު 2022
ގައުމުތަކުގެ މަންދޫބުންގެ ތައުރީފު ޝާހިދަށް
11 އޮކްޓޯބަރު 2022

"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"

11 އޮކްޓޯބަރު 2022
"ހަނގުރާމައިގައި ޔޫއެންޖީއޭ މެމްބަރުންގެ ސްޓޭންޑު ސާފު، ޔޫކްރެއިނުން ރަޝިއާ އަސްކަރިއްޔާ ފައިބާ"
11 އޮކްޓޯބަރު 2022

ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް އދ. ގައި ނަގަން ހަމެޖެހިފައިވާ ވޯޓު ސިއްރުކޮށްދިނުމަށް އެދުމުން އެޖަމިއްޔާއިން އިންކާރުކޮށްފި

11 އޮކްޓޯބަރު 2022
ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް އދ. ގައި ނަގަން ހަމެޖެހިފައިވާ ވޯޓު ސިއްރުކޮށްދިނުމަށް އެދުމުން އެޖަމިއްޔާއިން އިންކާރުކޮށްފި
13 ސެޕްޓެމްބަރު 2022

"ޒުވާނުންނަށް ކުރެވޭ އިންވެސްޓްމަންޓަކީ މަލްޓިލޭޓަރަލިޒަމްއަށް ކުރެވޭ އިންވެސްޓްމަންޓެއް"

13 ސެޕްޓެމްބަރު 2022
"ޒުވާނުންނަށް ކުރެވޭ އިންވެސްޓްމަންޓަކީ މަލްޓިލޭޓަރަލިޒަމްއަށް ކުރެވޭ އިންވެސްޓްމަންޓެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު