Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ގްރަނާޑާ އަތުން ފަހު ވަގުތު ބާސާ ސަލާމަތްވެއްޖެ

21 ސެޕްޓެމްބަރު 2021 | އަންގާރަ 04:52

ތާވަލުގެ ހަތްވަނައިގައި ބާސާ އޮތީ އަށް ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ސެޕްޓެމްބަރު 2021 | އަންގާރަ 04:52
ބާސާ އާއި ގްރަނާޑާ ބައްދަލުކުރި މެޗުގެ ތެރެެއިން

ބާސާ އާއި ގްރަނާޑާ ބައްދަލުކުރި މެޗުގެ ތެރެެއިން

ސްޕެނިޝް ލީގުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ގްރަނާޑާ އަތުން ފަހު ވަގުތު ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބާސާގެ ފަރާތުން ފެނިގެންގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ގްރަނާޑާއިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ދެވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތަކުން އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޑޮމިންގޯސް ޑުއާޓޭ އެވެ.

އޭގެ ފަހުން މި މެޗުގައި ނަތީޖާ އެއްވަރުކުރަން ބާސާއިން ގިނަ މަސައްކަތްތަކެއް ކުރިއިރު، އެ ޓީމުން ވަނީ ގްރަނާޑާގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު އެ ހަމަލާތައް ދިފާއުކުރުމުގައި ގްރަނާޑާގެ ގޯލްކީޕަރު ލުއިސް މެކްސިމިއާނޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ރޮނާލްޑް އަރައުހޯ ވަނީ ލަނޑެއް ޖަހައި، ބާސާ މި މެޗުން ސަލާމަތްކޮށްދީފައެވެ.

މި މެޗުން ބާސާ އފަހު ވަގުތު ސަލާމަތްވި ނަމަވެސް، ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ބަލިވެފައެއް ނުވެއެވެ. އެއާއެކު ބާސާ އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކުއެވެ.

މި ފަހުން ބާސާގެ ކުޅުން ވަރަށް ބޮޑަށް ދަށްވުމާއެކު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ނެދަލެންޑްސްގެ ރޮނާލްޑް ކޫމަންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފައެވެ. ހޯމަ ދުވަހުގެރޭގެ މެޗަށްފަހު ކޫމަން ވަނީ އޭނާގެ ވަޒީފާއާ ގުޅޭ ސުވާލުތަކަށް ދެން ޖަވާބު ދޭން ޖެހޭނީ ކުލަބުގެ ވެރިން ކަމަށް ބުނެފައެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް