Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފައިޒަރ ވެކްސިން

އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދައަށް އެދެނީ

މޮޑާނާ އިން ވެސް ދަނީ އުމުރުން ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޓެސްޓް ކުރަމުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 21 ސެޕްޓެމްބަރު 2021 | އަންގާރަ 07:58
އާބާދީގެ 2 މިލިއަން މީހުންނަށް ތިންވަނަ ޑޯޒެއް ދީފައި

އާބާދީގެ 2 މިލިއަން މީހުންނަށް ތިންވަނަ ޑޯޒެއް ދީފައި

އުމުރުން ފަސް އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމުގެ ހުއްދައަށް އެދޭނެ ކަމަށް ބަޔޯއެންޓެކުން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ރައްކާތެރި ކަމަަށެވެ. އެހެން ނަމަވެސް 11 އަހަރުން ދަށުގެ ކުދިންނަށް ދޭނީ އެ އުމުރުން މަތީގެ ކުދިންނާއި މީހުންނަށް ދޭ ޑޯޒަށް ވުރެ ކުޑަ ޑޯޒެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ، އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭން ފެށުމުގެ ގޮތުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ރެގިއުލޭޓަރީ އިދާރާތަކުގެ ހުއްދައަށް އެދި ވަރަށް އަވަހަށް ހުށަހަޅާނެއެވެ.

މިއީ 5 އަހަރުން މަތީގެ ކުދިންގެ މެދުގައި ކޮވިޑް ވެކްސިނެއް ޓެސްޓު ކުރުމަށް ފަހު ލިބުނު ފުރަތަމަ ނަތީޖާއެވެ. މޮޑާނާ އިން ވެސް ދަނީ އުމުރުން ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޓެސްޓް ކުރަމުންނެވެ. މިހާރު ވެސް ފައިޒަރ އާއި މޮޑާނާގެ ވެކްސިން 12 އަހަރުން މަތީގެ ކުދިންނަށް ވަރަށް ގިނަ ގައުމުތަކުގައި ދަނީ ދެމުންނެވެ.

ކޮވިޑުގެ ނުރައްކާ ކުޑަކުދިންނަށް އޮންނަނީ ކުޑަ މިންވަރަކަށް ނަމަވެސް ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓު ޖެހިއްޖެ ނަމަ ކުޑަކުދިންގެ މެދުގައި ވެސް ސީރިއަސް ގިނަ ކޭސްތައް ފެނިދާނެކަމާ މެދު ތަޖުރިބާކާރުން ކަންބޮޑުވެ އެވެ.

އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ އިން ދިނީ 10 މައިކްރޯގްރާމްގެ ދެ ޑޯޒެވެ. ދެ ޑޯޒް ދެމެދުގައި 21 ދުވަސް ހޭދަކުރިއެވެ. އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާއަށް ފައިޒަރ ވެކްސިންގެ ދެ ޑޯޒް ދެނީ 30 މައިކްރޯގްރާމުންނެވެ. ސައިޑްއިފެކްޓުތައް ފެނުނީ އެހެން އުމުރުތަކާ ވެސް އެއް ވަރަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފައިޒަރމޮޑާނާ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
15 އޯގަސްޓު 2022

ފައިޒަރ ގެ ސީއީއޯ ކޮވިޑް-19 އަށް ޕޮޒިޓިވް

15 އޯގަސްޓު 2022
ފައިޒަރ ގެ ސީއީއޯ ކޮވިޑް-19 އަށް ޕޮޒިޓިވް
13 ޖޫން 2022

ފައިޒަރ ވެކްސިން ކުޑަކުދިންނަށްވެސް ރައްކާތެރި: އެފްޑީއޭ

13 ޖޫން 2022
ފައިޒަރ ވެކްސިން ކުޑަކުދިންނަށްވެސް ރައްކާތެރި: އެފްޑީއޭ
28 ޖެނުއަރީ 2022

މޮޑާނާއިން އޮމިކްރޯން އަށް ޚާއްސަކޮށްގެން އުފައްދާ ވެކްސިންގެ ޓްރެއަލްތައް ފަށައިފި

28 ޖެނުއަރީ 2022
މޮޑާނާއިން އޮމިކްރޯން އަށް ޚާއްސަކޮށްގެން އުފައްދާ ވެކްސިންގެ ޓްރެއަލްތައް ފަށައިފި
18 ޑިސެމްބަރު 2021

ފައިޒަރ ވެކްސިންގެ 100,620 ޑޯޒް ރާއްޖެ ގެނެސްފި

18 ޑިސެމްބަރު 2021
ފައިޒަރ ވެކްސިންގެ 100,620 ޑޯޒް ރާއްޖެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު