Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގޭންގުތަކުގެ މައްސަލަ

ފުލުހުން ފަސް ޖެހޭވަރުގެ ގޭންގުތަކެއް އުޅެނީތަ؟

ނުރައްކާތެރި ގުރޫޕްތައް އެންމެ ގިނައީ ވެރިރަށް މާލޭގައި

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 16:12
މާރާމާރީ މަދުކުރުމަށް ފުލުހުން ދޭތެރެއަކުން ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދޭ

މާރާމާރީ މަދުކުރުމަށް ފުލުހުން ދޭތެރެއަކުން ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދޭ

މިހާރަކަށް އައިސް އެންމެ ގިނައިން ޚަބަރުތަކުގެ ފަލަސުރުޚީތަކަށް އަރަމުން އަންނަނީ ކޮންމެވެސް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ވާހަކަތަކެވެ. ނޫނީ ދެ ގުރޫޕެއްގެ މެދުގައި މާރާމާރީ ހިންގި ވާހަކައެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމުން ބުނަމުން އަންނަނީ ފުލުހުންނަށް މިކަންކަން ބަލަންވާ ވަރަށް ނުބެލޭކަމަށެވެ. ނޫނީ ފުލުހުން ވެސް ފަސް ޖެހޭވަރުގެ ވަރުގަދަ ގުރޫޕްތައް ރާއްޖޭގައި އުފެދިފައިވާ ކަމަށެވެ.

މިފަދަ ނުރައްކާތެރި ގުރޫޕްތައް އެންމެ ގިނައީ ވެރިރަށް މާލޭގައެވެ. ރެއެއް ދުވާލެއް ނުބަލާ މާލޭގެ މަގުތަކާއި ގޯޅިތަކުގައި، އެތައް ޒުވާނުންނެއް އެދަނީ ގަވައިދާ ޚިލާފު އެތައް އަމަލުތަކެއް ހިންގަމުންނެވެ. ދަންވި ދަންވިހެން މާލޭގެ މަގުތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަށްވުރެ ގިނައީ ގްރޫޕުތައް ހަދައިގެން ކަންކަންމަތީގައި ތިބޭ ޒުވާނުންނެވެ. ފުލުހުން ގޮސް އެމީހުން އެކުރާ ކަންކަން ބަލައި، އެކަންކަން ހުއްޓުވާ މަންޒަރެއް ނުފެނެއެވެ.

މިކަން މިހެން އޮތް އިރު ހަމަ އެމަގުން ދުއްވާފައި ދާހާ މީހަކު ހިފަހައްޓައި، ލައިސަންސް އޮތްތޯ ބަލައިފާސްކުރެއެވެ. ރެއެއް ދުވާލެއް ނުބަލައި އެތައް ބައެއްގެ ކުރިމަތީ ވަޅި ޖަހަނީއެވެ. ފުލުހުންގެ އަތުގައި އޮންނަ މުގުރަށްވުރެ ދިގު ދަގަނޑުބުރިތައް ހިފައިގެންގޮސް، މީސްމީހުންގެ ގެދޮރަށް ވަދެ ހަމަލާ ދެނީއެވެ. ހިންދީ ފިލްމުތަކުން ދައްކާހެން ގިނަ ފަހަރަށް ފުލުހުންނަށް އެ ސަރަހައްދަށް ދެވެނީ ހުރިހާ ކަމެއްވެ ނިމުނީމައެވެ.

ރޭގަނޑުގެ ވަގުތު ފިނި ބުރެއްޖަހާލަން ނިކުންނަ އާދައިގެ މީހާ ހުންނަން ޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ކުލީ ކޮޓަރި ދޭތާކުން ކޮޓަރި ނުދިނީމަވެސް ހިންގަނީ މާރާމާރީއެވެ. މިއިން ޒުވާނަކާ ދިމާލަށް އެމީހުންގެ ހިތް ނުރުހޭ ގޮތަށް ބަލާލެވުނަސް، ނުވަތަ ބަހެއް ބުނެވުނަސް ހިންގަނީ މާރާމާރީއެވެ. ސީސީޓީވީ ކެމެރާތަކަށް މި މަންޒަރުތައް އަރާފައިވާއިރު ވެސް ޖެހިގެން އަންނަދުވަހު ބިރެއްނެތި އެމީހުން މަގުމަތީގައި އުޅެއެވެ. އެތަކެއް ބައެއްގެ ފުރާނަ ނަގާލައިފިއެވެ. އިންސާފު ނުލިބޭ އެތަކެއް މަރުތަކެވެ.

މާލޭގައި މާރާމާރީއެއް ނުހިންގާ ދުވަހެއް މަދުވާނެއެވެ. މިކަންކަމުން ވެސް މާލޭގެ ހާލަތު ބޮއްސުންލާފައިވާ މިންވަރު ވަރަށް ބޮޑަށް ސާފުވެއެވެ. މިއީ ހުރިހާ ވަސީލަތެއް އޮތް ފުލުހުންގެ މައި އިދާރާ ހިންގަމުން ދާ ވެރިރަށުގެ ހާލަތެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހަގީގަތުގައިވެސް ފުލުހުން ބިރުގަންނަނީތޯއެވެ. ނޫނީ ސިޔާސީ ބައެއްގެ ބާރު ފޯރަނީ ތޯއެވެ. ގާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް އުޅެވޭނެތޯއެވެ. ނޫނީ ފުލުހުންނަށް އިތުރު ބާރުތަކެއް ދޭންވީތޯއެވެ.

ގައުމުގެ ހުރިހާ މުއައްސަސާއެއް ފަސްޖެހޭވަރުގެ ބާރު ގޭންގުތަކަށް ދެނީ ކާކުތޯއާމެދު ސުވާލު އުފެދޭނެނުންތޯއެވެ؟

ޕޮލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު