Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަންގެ މުޒާހަރާ

މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ބަލައިދީ: އިދިކޮޅު ކޯލިޝަން

20 ސެޕްޓެމްބަރު 2021 | ހޯމަ 02:01

އިދިކޮޅު ކޯލިޝަންގެ މުޒާހަރާއަކީ ފިޔަވަތީގައި ހުރި މައްސަލަތަކާ ގުޅިގެން ހިންގި މުޒާހަރާއެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 ސެޕްޓެމްބަރު 2021 | ހޯމަ 02:01
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ

އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާ

އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މީޑިއާގެ މަސައްކަތަށް ހުރަސް އަޅައި ހިންގި އަމަލު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލަހައްޓާ ހުޅުމާލެ ފިޔަވަތީގައި ހުރި މައްސަލަތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ އާދިއްތަ ދުވަހުގެރޭ މުޒާހަރާ ކޮށްފައެވެ. ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މި މުޒާހަރާ ރޫޅާލާފައެވެ. މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އެ ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ބާރު ލިބިގެން ސުލްހަވެރިކަމާއެކު ކުރިއަށްގެންދިޔަ މުޒާހަރާއެއް ކަމަށެވެ.

Advertisement - newsAdvertisement

މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މުޒާހަރާގެ ބައިވެރިންނަށް އެކި ވަރުގެ އަނިޔާ ވެފައިވާކަމަށާއި، މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން ފައި ފަޅައިގެން ގޮސްފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ. އަދި މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނުސްވެރިއެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އިދިކޮޅުން ބުނީ ފުލުހުން އެއްވެސް ވަރަކަށް ބަލާލުމެއްނެތި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ޕެޕަރ ސްޕްރޭ ޖަހައި، އެތައް ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެމީހުން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް އިދިކޮޅު ކޯލިޝަނުން ވަނީ ކުށްވެރިކޮށްފައެވެ. އަދި އިދިކޮޅުން ވަނީ މިކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހިއުމަންރައިޓްސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަދަ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.

މީޑިއާގެ ޙައްޤުތަކަށް އަރައިގަނެ، މީޑިއާތަކަށް ހުރަސް އަޅައި، ނޫސްވެރިނަށް ދެމުން ގެންދާ އަނިޔާތައް ބަލައި ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަން ފަދަ ކަމާ ބެހޭ މުއައްސަސާތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

28 އޮކްޓޯބަރު 2024
ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް