Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރާނީ ކ. ގާފަރުގައި

19 ސެޕްޓެމްބަރު 2021 | އާދީއްތަ 07:37

އެގޮތަށް ނިންމާފައިވަނީ ކޮވިޑުގެ ސަބަބުން ޚަރަދު ކުޑަ ކުރުމުގެގޮތުން މާލެއާ ކައިރި ސަރަހައްދެއްގައި ދުވަސް ފާހަގަކުރުމުގެ ގޮތުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ސެޕްޓެމްބަރު 2021 | އާދީއްތަ 07:37
ފަރެސްމާތޮޑާ މަސްވެރިން

ފަރެސްމާތޮޑާ މަސްވެރިން

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކ. ގާފަރުގައި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކޮވިޑުގެ ސަބަބުން ޚަރަދު ކުޑަ ކުރުމުގެ ގޮތުން މާލެއާ ކައިރި ސަރަހައްދެއްގައި ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި މި ސަބަބާހުރެ އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ނުކުރާ ކަމަށެވެ. އަދި ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

Advertisement - newsAdvertisement

މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ކޮވިޑުގެ ސަބަބުން މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމުތައް މަދުކޮށް ވަރޗުއަލްކޮށެވެ. 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި، މަސްވެރިކަމުގައި ވޭތުވެދިޔަ އަހަރު ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ދޯންޏަކަށް ޚާއްސް އެވޯޑެއް ވެސް ވަނީ ދީފައެވެ. އެވޯޑް ލިބިފައިވާ އެއްފަރާތަކީ، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވޭތުވެދިޔަ އަހަރު އެންމެ ގިނައިން ކުންފުނިތަކަށް މަސްކިރާފައިވާ އުޅަނދެއްގެ ގޮތުގައި ހޮވިފައިވާ ގދ. މަޑަވެއްޔަށް ނިސްބަތްވާ "ކަމަނަ" ނަމަކަށް ކިޔާ ދޯންޏެވެ. މިއުޅަނދުގެ ވެރިފަރާތަކީ ގދ. މަޑަވެއްޔަށް ނިސްބަތްވާ، ސައުތުގޭޓް ސާދިގު ހަސަނެވެ. މިއުޅަނދުން ވޭތުވެދިޔަ އަހަރު ޖުމުލަ 675 ޓަނުގެ މަސް ކުންފުނިތަކަށް ކިރާފައިވެއެވެ.

މިއެވޯޑް ލިބިފައިވާ ދެވަނަ ފަރާތަކީ، ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން "ރަންދުވެލި" ދޯންޏެވެ. މިދޯންޏަކީ ރަސްދޫގެ ދުވެލި ގްރޫޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، ނިސްބަތްވާ އުޅަނދެކެވެ. މިއުޅަނދުން ޖުމުލަ 154 ޓަނުގެ ކަންނެލި ކުންފުނިތަކަށް ކިރާފައިވެއެވެ.

ސާރުކާރުން މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރުމަށް ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން  ށ. ފޯކައިދޫ މަސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުން މަސް ގަންނަނީ އެންމެ ރަނގަޅު އަގުގައި ނޫން ކަމަށެވެ. ސަރުކާރުން އެކަމަށް ނުވަދެ މަޑު ކުރަނީ ޕްރައިވެޓް ސެކްޓަރއަށް ޖާގަދިނުމަށް ކަމަށާއި ޕްރައިވެޓް ސެކްޓަރއާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައެއް މަސްވެރިން ވަނީ ރަށުގައި އައިސްޕްލާންޓެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަހުގެ ހަމަ އަގު ސަރުކާރުން ކަނޑައަޅައިދިނުމަށް އެދިފައެވެ.

މަސްވެރިންގެ މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަން ބައްލަވާނެ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން އިންވެސްޓް ކުރާނެ ކަމަށާއި ކުރީ ސަރުކާރުން މަސް ގަންނަމުންދިޔައީ ގެއްލުމުގައި ކަަމަށެވެ. އޭރު މަސްވެރިންނާ ބައްދަލުކުރެއްވި ކަމަށާއި ބައެއް މަސްވެރިން މަހުގެ އަގު ދަށްވިޔަސް އެންމެ ރަނގަޅު ކަމަށް ބުނި ކަމަށާއި މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މަސްވެރިންނަށް ދިނުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި މިފްކޯއިން މީގެ ކުރިން މަސް ބޭރުކުރަމުން ދިޔައީ ޗާޓަރ ބޯޓެއްގައިި ކަމަށާއި އެހެންނަމަވެސް މިހާރު މިފްކޯއިން މަސް ބޭރު ކުރަނީ އަމިއްލަ އުޅަނދެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޚަަރަދު ކުޑަކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަަށް ހަމަ އަގު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށާއި ސަރުކާރުން މިހާރު ފަށާފައިވާ ކަންތައްތަކުގެ ނަތީޖާ ފެންނަން ކުޑަ ދުވަސްކޮޅެއް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ކުރިއަތް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށެވެ.

މަސްވެރިންމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2024

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި
10 ޑިސެމްބަރު 2024

މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި

10 ޑިސެމްބަރު 2024
މަސްވެރިންނަށްވި ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖުކޮށްފި
10 ޑިސެމްބަރު 2024

ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ

10 ޑިސެމްބަރު 2024
ވައުދުތައް ފުއްދުމަށް ގޮވާލާ މަސްވެރިން އަޑު އުފުލަނީ
09 ޑިސެމްބަރު 2024

ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް

09 ޑިސެމްބަރު 2024
ރައީސްގެ ވައުދަކީ 48 ގަޑީއިރު ތެރޭގައި ޑޮލަރުން ފައިސާ ދިނުން، ކަން ހިނގީ މުޅިން އެހެން ގޮތަކަށް
07 ޑިސެމްބަރު 2024

"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"

07 ޑިސެމްބަރު 2024
"ކެޔޮޅުންގެ ލޮބީ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުމާ ހަމައަށް ކަންކަން އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވުމަކީ ދެރަވަރުކަމެއް"
05 ޑިސެމްބަރު 2024

ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ

05 ޑިސެމްބަރު 2024
ރައީސް ސާލިޙްގެ ސަރުކާރުން ފައްޓާފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްދެވޭނެ ގޮތެއް ފަހި ކޮށްދިނުމަށް ރައީސްގެ ކިބައިން މަސްވެރިންގެ ލޮބީން އެދިއްޖެ
04 ޑިސެމްބަރު 2024

"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"

04 ޑިސެމްބަރު 2024
"މަސްވެރިންނަށް ދިމާވެފައިވާ ޑީސެލްގެ މައްސަލަ ރައީސް ވިދާޅުވީ އެއް އަހަރުގެ ތެރޭގައި ހައްލުކޮށްދެއްވާނެ ކަމަށް"
04 ޑިސެމްބަރު 2024

މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ

04 ޑިސެމްބަރު 2024
މަސްވެރިންނާ ބައްދަލު ކުރުމާ ހަމައަށް، ރައީސަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ
23 ނޮވެމްބަރު 2024

މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން

23 ނޮވެމްބަރު 2024
މިހާތަނަށް އެންމެ ބޮޑަށް މި ސިނާއަތަށް އިހުމާލުވީ ރައީސް މުއިއްޒުގެ ސަރުކާރުން: މަސްވެރިން
17 ސެޕްޓެމްބަރު 2024

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
ވަޅޯމަހުގެ އަގު އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް