Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ބޮލޯނިއާ އަތުން އިންޓައަށް ފަސޭހަ މޮޅެއް

ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ 10 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 19:42
ބޮލޯނިއާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން

ބޮލޯނިއާ އާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބޮލޯނިއާ އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ޑެންޒެލް ޑަމްފްރީސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ފެޑެރީކޯ ޑިމާކޯ ނަގައިދިން ކޯނަރަކުން މިލާން ސްކްރިނިއާ ވަނީ އިންޓަގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އިންޓަގެ ތިންވަނަ ލަނޑު ޖަހައިދިނީ ނިކޯލޯ ބަރެއްލާއެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް އިންޓައިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި މަޓިއަސް ވެސީނޯ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި އިންޓައިން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް އަލަށް ގުޅުނު އެޑިން ޒެކޯއެވެ. މި މެޗުގައި ބޮލޯނިއާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ އާތޫރު ތިއޭޓެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރޯމާ އާއި، ތިންވަނައިގައި އޮތް އޭސީ މިލާން އަދި ހަތަރުވަނައިގައި އޮތް ނާޕޮލީއަށް ތިން މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އަދި އިންޓަ އަތުން ބަލިވި ބޮލޯނިއާ އޮތީ ތާވަލުގެ ހަތްވަނައިގައި ހަތަރު މެޗުން ހަތް ޕޮއިންޓާއެކުއެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އިންޓަ ބަލުވެފައި ނުވާއިރު، އެ ޓީމުން ވަނީ މި ހަތަރު މެޗުގައި ޖުމްލަ 16 ލަނޑު ޖަހާފައެވެ. އެހެންކަމުން މިއީ 1960-1961 ވަނަ އަހަރުގެ ސީޒަނަށްފަހު އިންޓައިން އެންމެ ރަނގަޅަށް ފެށި އެއް ސީޒަނެވެ.

އިޓާލިއަން ލީގުއިންޓަރ މިލާން

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
06 މެއި 2025

އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް

06 މެއި 2025
އިންޒާގީ ބުނީ އިންޓަރ މިލާނުން ތަފާތު ކުޅުމެއް ދައްކަން ޖެހޭނެ ކަމަށް
03 މެއި 2025

އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި

03 މެއި 2025
އިންޓަރ މިލާންގެ ކުޅުމާ މެދު އިންޒާގީ ހުރީ ހިތްހަމަ ޖެހިފައި
01 މެއި 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު

01 މެއި 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އިންޓަރ އެއްވަރު
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު