Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމުން

ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އާދީއްތަ ދުވަހު އިހުތިޖާޖަށް!

މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 08:49
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް،

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް،

ސިވިލް ސާވިސް މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުލިބުމާއި މުސާރައިގެ މައްސަލާގައި އާދިއްތަ ދުވަހު ކަޅު ހެދުމުގައި ވަޒީފާޔަށް ނުކުންނަން ނިންމައިފިއެވެ.

ސިވިލް ސާވަންޓްސް އެސޯސިއޭޝަނުން ބުނީ އާދިއްތަ ދުވަހު ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖު ކުރަން ނިންމާފައިވާ ކަމަށާއި، މުޅި ރާއްޖޭގައި މި އިހުތިޖާޖު ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މުވައްޒަފުން އާދިއްތަ ދުވަހު ޑިއުޓީއަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށް އެސޯޝިއޭޝަނުން ބުނެއެވެ.

Advertisement - newsAdvertisement

މި އިހުތިޖާޖު ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ސިވިލް ސާވަންޓްސް އެސޯސިއޭޝަން ބުނީ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، ކަންބޮޑުވުންތަކެއް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ސިވިލް މުވައްޒަފުންނަކީ ރައްޔިތުންނަށް ގިނަ ޚިދުމަތްތެކެއް ކޮށްދޭ ބަޔަކަށްވާއިރު، ލިބޭ އާމްދަނީ އަކީ އެކަށީގެންވާ އަދަދެއް ނޫންކަން އެ ސޯޝިއޭޝަނުން ފާހަގަކޮށްފައިވެއެވެ. އަދި ގިނަ މުވައްޒަފުން މި އިހުތިޖާޖުގައި ބައިވެރިވަނީ ވަނީ މުސާރައިގެ މައްސަލައާ ގުޅިގެން ކަމަށް ބުނެއެވެ.

މީގެ އިތުރުން ސިވިލް ސާވަންޓްސް އެސޯޝިއޭޝަން ބުނީ މުވައްޒަފުން މައިގަނޑު ޑިމާންޑަކީ ސެޓްފިކެޓަަށް ވަޒީފާގެ ކުރިއެރުން ދިނުން ކަމަށާއި، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ ލިވިން އެލަވަންސް ދިނުން ކަމަށެވެ. އަދި މިނިމަމް ވޭޖް އަވަސް ކޮށްދިނުމަކީ ވެސް ޑިމާންޑެއް ކަަމަށް އެސޯޝިއޭޝަނުން ބުނެއެވެ.

އާދިއްތަ ދުވަހު މި އިހުތިޖާޖު ފަށާއިރު، ސަރުކާރުގެ ޖަވާބެއް ނުލިބިއްޖެނަމަ ހޯމަ ދުވަހުން ފެށިގެން މަސައްކަތް ހުއްޓާލާނެ ކަމަށް ވެސް އެސޯޝިއޭޝަނުން ބުނެއެވެ.

ސިވިލް ސާވަންޓުންގެ ގޮތުގައި 25،000 އެއްހާ މީހުން މަސައްކަތް ކުރަމުން އަންނަ އިރު، ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބެނީ އެމީހުންނަށެވެ.

ދައުލަތުގެ މުސާރައިގެ އޮނިގަނޑު މުރާޖައާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސިވިލް ސާވިސް މުވައްޒަފުން

އިތުރަށް ކިޔާލަން

09 ޖޫން 2024

ސިވިލް ސަރވިސް ޚިދުމަތުގެ އެންމެ މުހިންމު ސިފަޔަކަށް ވާން ވާނީ ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް އެ ޚިދުމަތް ވުން - ސީއެސްސީގެ ރައީސް

09 ޖޫން 2024
ސިވިލް ސަރވިސް ޚިދުމަތުގެ އެންމެ މުހިންމު ސިފަޔަކަށް ވާން ވާނީ ރައްޔިތުން ބަލައިގަންނަ ޚިދުމަތަކަށް އެ ޚިދުމަތް ވުން - ސީއެސްސީގެ ރައީސް
09 ޖޫން 2024

އެންމެ ބޮޑު އަމާޒަކީ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރާ ސިވިލް ސަރވިސް އެއް އުފެއްދުން - ސީއެސްސީގެ މެމްބަރ ފާތުމަތު ހަބީބާ

09 ޖޫން 2024
އެންމެ ބޮޑު އަމާޒަކީ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރާ ސިވިލް ސަރވިސް އެއް އުފެއްދުން - ސީއެސްސީގެ މެމްބަރ ފާތުމަތު ހަބީބާ
21 އެޕްރީލު 2022

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމާއި، މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު އިސްލާހުކޮށްފި

21 އެޕްރީލު 2022
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމާއި، މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު އިސްލާހުކޮށްފި
30 ޑިސެމްބަރު 2021

ސިވިލް ސަރވިސް ޑިޖިޓަލް ކުރެވުމަކީ ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް: ނާއިބުރައީސް

30 ޑިސެމްބަރު 2021
ސިވިލް ސަރވިސް ޑިޖިޓަލް ކުރެވުމަކީ ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް: ނާއިބުރައީސް
15 ނޮވެމްބަރު 2021

ސިވިލް މުވައްޒަފުންނާއި ޔާމީނު ކުޅުއްވިޔަސް އެ ގޯހެއް މި ސަރުކަރުން ނުހައްދަވާނެ

15 ނޮވެމްބަރު 2021
ސިވިލް މުވައްޒަފުންނާއި ޔާމީނު ކުޅުއްވިޔަސް އެ ގޯހެއް މި ސަރުކަރުން ނުހައްދަވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު