Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވިސްގެ ވަޒީފާތައް

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމާއި، މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު އިސްލާހުކޮށްފި

މި 2 އިސްލާހަށް ވެސް އަމަލުކުރަން ފަށާނީ މެއި 1 ވަނަ ދުވަހުން ފެށިގެން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 އެޕްރީލު 2022 | ބުރާސްފަތި 06:19
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 އާއި ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު އިޞްލާޙު ކޮށްފިއެވެ.

"ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 (ދެވަނަ އިޞްލާޙު)" އަށް ޢަމަލުކުރުމުގައި އިދާރާތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްޞީލުކޮށް ދިނުމުގެ ގޮތުން، މިހާރު ޢަމަލުކުރަމުންދާ އުޞޫލު އިޞްލާޙުކޮށް، "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު)" ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

އަދި، ސިވިލް ސަރވިސްގެ މަޤާމުތަކަށް އެދި ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ސެޓްފިކެޓްތައް އެ މަޤާމުތަކަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގާ ވީހާވެސް ފުޅާކޮށް ގުޅުވުމުގެ ފުރުސަޠު ފަހިކުރުމަށްޓަކައި، މިހާރު ޢަމަލުކުރަމުން އަންނަ އުޞޫލު އިޞްލާޙުކޮށް "ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުޞޫލު (ފުރަތަމަ އިޞްލާޙު)" ވެސް ވަނީ އާންމުކޮށްފައެވެ.

މި އުޞޫލުތަކަށް ޢަމަލުކުރަން ފަށާނީ، 2022 މެއި 01 ވަނަ ދުވަހުން ފެށިގެންނެވެ. އަދި 2022 އެޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިޢުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނީ "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު)" އާ އެއްގޮތަށް ކަމަށް ސިވިލް ސަރވިސްއިން ވަނީ އަންގާފައެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 އަށް 3 ވަނަ އިޞްލާޙަށް އަމަލުކުރަން ފަށާނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި މިންގަނޑުތަކާއި އުޞޫލުތައް ހިނގާނީ، މެއި 1 ވަނަ ދުވަހުން ފެށިގެން ކުރާ އިޢުލާންތަކަށް ކަމަށްވުމާއެކު، އެ ތާރީޚުން ފެށިގެން މީހުން ހޯދުމަށް އިޢުލާންކުރުމާއި، ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގެ މަރުޙަލާތައް ކުރިއަށްގެންދަންވާނީ މި މިންގަނޑުތަކާ އެއްގޮތަށް ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ފާއިތުވެ ދިޔަ މުއްދަތުގައި ވަޒީފާގައި ދެމިހުރި މީހެއް ކަމަށް ކަނޑައަޅާ ފަރާތްތައް ވަޒީފާގައި ދެމިހުރިކަމަށް ކަނޑައަޅާ މުއްދަތުތައް މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ނުބެލެވޭނެ ކަމަށް މި އިސްލާހުގައި ބުނެފައިވެއެވެ. އަދި ވަޒީފާ ހަމަޖެއްސުމުގެ އުޞޫލާ ހިލާފަށް ނުވަތަ ޝަރުތުހަމަނުވެ ވަޒީފާ ހަމަޖައްސާފައިވާތީ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް އެ ވަޒީފާ އަދާކޮށްފައިވާ މުއްދަތަށް މި އުޞޫލުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ޕޮއިންޓު ދޭންވާނެ ކަމަށް ބުނެފައިވެއެވެ.

އަދި ވަޒީފާއަށް ހޮވޭ ފަރާތަށް ކުށުގެ ރެކޯޑު ފޯމު ހަވާލުކޮށް، ފޯމު ފުރިހަމަކުރުމަށް ފަހު ރަސްމީ ބަންދުނޫން 7 ދުވަހުގެ ތެރޭގައި، ހުށަހެޅުމަށް އަންގަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ވަޒީފާއަށް ހަމަޖެއްސުމަށް ސީ.އެސް. ވިއުގަ މެދުވެރިކޮށް ހުށަހަޅަންވާނީ ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑު ފޯމާއެކީގައި ކަމަށާއި، 7 ދުވަސްތެރޭގައި ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު ހުށަނާޅައިފި ނަމަ A2ޝީޓުން އެންމެ މަތިން ޕޮއިންޓު ލިބުނު ތަރުތީބުން ލިސްޓުގައި ދެން ޖެހިގެން އޮތް ފަރާތަކަށް ވަޒީފާގެ ފުރުޞަތު ދެވިދާނެ ކަމަށް ބުނެފައިވެއެވެ.

ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެ ގޮތުގެ އުޞޫލުގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ ހުރިހާ ރޭންކެއްގެ މަޤާމުތަކަށް މަސައްކަތުގެ ދާއިރާ ކަނޑައަޅަންވާނެ ކަމަށެވެ. ޓެކްނިކަލް ކްލެސިފިކޭޝަންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު ކަނޑައަޅާނީ ޖީ.އެސް 4 އަދި އެއަށްވުރެ މަތީ ރޭންކުގެ މަޤާމުތަކަށެވެ. އަދި އިދާރީ ކްލެސިފިކޭޝަންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު ކަނޑައަޅާނީ އެމް.އެސް 1 އަދި އެއަށްވުރެ މަތީ ރޭންކުގެ މަޤާމުތަކަށެވެ.

މި އުޞޫލުގައި ބަޔާންކުރާ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައެޅުމުގެ މިންގަނޑުން ބައެއް މަގާމްތައް އިސްތިސްނާވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވަޒީފާގެ ޙާއްޞަ އޮނިގަނޑުތައް އެކުލަވާލައި ތަންފީޒުކުރެވެމުންދާ ދާއިރާތަކުގެ މަޤާމުތައް (މިސާލު: ޓީޗަރުން، ނަރުހުން، ޤާނޫނީ ވަކީލުން)، ވަކި ޝަރުތުތަކެއް ކަނޑައަޅާފައިވާ މަޤާމުތައް (މިސާލު: އިމާމުން، ފަޔަރ ފައިޓަރުން) އަދި ޞިއްޙީ ދާއިރާގެ ފަންނީ މަޤާމުތައް (މިސާލު: ރޭޑިއޯގްރާފަރ) އަދޮ ކޮމިޝަނުން ކަނޑައަޅާ މަޤާމުތަކެވެ.

ސިވިލް ސަރވިސްގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެ ގޮތުގެ އުޞޫލަށް އަމަލުކުރަން ފަށާނީ މެއި 1 ވަނަ ދުވަހުން ފެށިގެންނެވެ.

ސިވިލް ސަވިރސް ކޮމިޝަން ސިވިލް ސާވިސް މުވައްޒަފުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު