Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ސަރވިސް ގަވާއިދަށް އިސްލާހު ގެނައުން

ރަސްމީ ގަޑީގަޔާއި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ކަންކަމުގައި އުޅޭނަމަ ސިވިލް ސަރވެންޓުންގެ ވަޒީފާ ގެއްލޭނެ

މިގަވާއިދަށް ގެނައި 8 ވަނަ އިސްލާހުގައި 272 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރެވޭފަދަ ކުށްތައް ވަނީ ބަޔާންކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ނޮވެމްބަރު 2021 | ހޮނިހިރު 03:51
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިވާނަމަ ވަޒީފާއިން ވަކިކުރެވޭގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްކޮށްފިއެވެ.

2014 ވަނަ އަހަރު އެކުލަވާލާފައިވާ މިގަވާއިދަށް ގެނައި 8 ވަނަ އިސްލާހުގައި 272 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރެވޭފަދަ ކުށްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން 15 ކަމެއް ކުށެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު މިއިން ކުށެއްކޮށްފިނަމަ މިގަވާއިދުގައިވާ ގޮތުގެ މަތިން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

މިމާއްދާގެ ށ ގައި ބުނެފައިވަނީ މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާ ފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ވަޒީފާއިން ވަކިކުރެވިދާނެ ފަދަ ކުށެއްކަމަށެވެ. މީގެއިތުރުން މުވައްޒަފުގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ މަގާމުގެ ހައިސިއްޔަތުން ޚިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅޭކަމަށްވާނަމަވެސް އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

272 ވަނަ މާއްދާގެ ރ ގައި ބުނެފައިވަނީ އިދާރާގެ ތެރޭގައި ބަދުއަޚުލާގީ ޢަމަލު ހިންގުމާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާންކާޑު ދެއްކުމާއި، ބެލުމާއި، ޖިންސީ ޝައުގުވެރިކަން ދޭހަކޮށްދޭ އެއްވެސް ހަރަކާތެއް ނުވަތަ އަމަލެއް ހިންގުމަކީވެސް ވަޒީފާއިން ވަކިކުރެވިދާނެ ކުށެއްކަމަށެވެ. އަދި ވަޒީފާ އަދާކުރާ މާހައުލުގައި ނުރައްކާތެރި އަމަލެއް ނުވަތަ ހަމަނުޖެހުމެއް ހިންގުން ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިންޒާރުދިނުމަކީވެސް ވަޒީފާއިން ވަކިކުރެވިދާނެފަދަ އަމަލެކެވެ.

މުވައްޒަފެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުން ނުވަތަ އިންޒާރުދިނުމާއި މަސައްކަތަށް ހާޒިރުވިއިރު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުރައްކާތެރި ހަތިޔާރެއް ގެނައުމަކީވެސް ވަޒީފާއިން ވަކިކުރެވިދާނެ ކުށެކެވެ.

މަސައްކަތުގެ މާހައުލުގައި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތަކަށް ނުވަތަ އެހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމަކީވެސް އެފަދަ ކުށެކެވެ. އޮފީސް މާހައުލުގައި ރުހުމުގައިވިޔަސް އަދި ނުރުހުމުގައި ވިޔަސް ޖިންސީ އަމަލެއް ހިންގުމާއި، ޖިންސީ ގޯނާކުރުމަކީވެސް ވަޒީފާއިން ވަކިކުރެވޭނެ ކުށެކެވެ. މީގެއިތުރުން ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި، ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީވެސް ވަޒީފާއިން ވަކިކުރެވޭނެ ކުށްކުށެވެ.

ވިދި ވިދިގެން ހަތް ދުވަހަށް، ވަޒީފާއަށް ހާޒިރުނުވެ ހުރުން ނުވަތަ އަހަރު ދުވަހުގެ ތެރޭގައި 15 ދުވަހު ވަޒީފާއަށް ހާޒިރުނުވެ ހުރެއްޖެކަމަށްވާނަމަވެސް އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.

ގާނޫނާއި ގަވާއިދާ ޚިލާފަށް ދައުލަތުގެ ސިއްރު މައުލޫމާތު ހާމަ ކުރުން، ދޫ ކުރުން، ބޭރު ކުރުން، ކޮޕީހެދުން، ރިކޯޑު ކުރުން ނުވަތަ މިއިން ކަމަކަށް މަގުފަހި ކުރުން، ނުވަތަ މިއިން ކަމަކަށް އެހީތެރިވެދިނުމާއި، މިއިން ކަމެއް ކުރުމުގައި ބައިވެރިވުމަކީވެސް ކުށެކެވެ. ރަސްމީ ހައިސިއްޔަތުން މުވައްޒަފަށް ލިބިފައިވާ މައުލޫމާތެއް، ނަހަމަގޮތުގައި ބޭނުންކުރުމަކީވެސް އެމުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ހިނގައިދާނެ ކަމެކެވެ.

މިގަވާއިދުގައި ތިން ދަރަޖައަކަށް ކުށްތަކެއް ބަހާފައިވެއެވެ. އޭގެތެރޭގައި ވަޒީފާއަށް ހާޒިރުވުމުގެ ކަންކަމާއި ރަސްމީ ގަޑީގައި އަމިއްލަ މަސައްކަތްކުރުމާއި ރަސްމީ ގަޑީގައި ސިޔާސީ ވާހަކަދެއްކުން ފަދަ ކުށްތައް ވަނީ ހިމަނާފައެވެ.

ސިވިލް ސަވިރސް ކޮމިޝަން ސިވިލް ސާވިސް މުވައްޒަފުން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
23 ޖުލައި 2024

ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި

23 ޖުލައި 2024
ސީއެސްސީ އަށް ހުށަހެޅި ވަޒީފާގެ މައްސަލަތަކުގެ 87 އިންސައްތަ ވަނީ ނިންމާފައި
09 ޖޫން 2024

ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި

09 ޖޫން 2024
ހަތަރުވަނަ ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު