Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވިސް ގަވާއިދު

ސިޔާސީ ކަމަކާ ގުޅިގެން، ކުރިން ވަޒީފާއިން ވަކިކުރި ގޮތަށް މިހާރު ނުކުރެވޭނެ – ސީއެސްސީ

ރަސްމީ ގަޑިއާއި، ރަސްމީ މަސައްކަތް ނޫން ގަޑިތަކުގައި މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި އުޅެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2021 | ހޮނިހިރު 12:06
ވެލާނާގެ - ސިވިލް ސަރވިސް ގަވާއިދަށް ބަދަލު ގެނެސް، މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ގޮތްތައް ވަނީ ތަފްސީލުކޮށްދީފައި

ވެލާނާގެ - ސިވިލް ސަރވިސް ގަވާއިދަށް ބަދަލު ގެނެސް، މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނެ ގޮތްތައް ވަނީ ތަފްސީލުކޮށްދީފައި

ސިޔާސީ ކަންކަމުގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރާ ގޮތަށް ނިންމާފައިވަނީ ކުރިން ހަދާފައި އޮތް ގަވާއިދުގައި ކަމަށާއި، ނަމަވެސް ގާނޫނުގައިވާ ގޮތަށް އެއަށް ބަދަލު ގެނެސް މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަމެއް ނެތި އުޅެވޭނެ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

2014 ވަނަ އަހަރު, އޭރުގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލްސަރވިސްގެ ގާނޫނަށް ބަދަލު ގެނެސް, އޭރު ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދިޔައެވެ. އަދި ގަވާއިދުގައި ބުނެފައިވަނީ، އެ ގަވާއިދާ ޚިލާފަށް ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން ކަމުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އަދި މި ގަވާއިދުގެ ދަށުން, ސަރުކާރާ ދެކޮޅު ނުވަތަ ސަރުކާރުގެ ވެރިކަން ކުރި ޕާޓީގެ ޚިޔާލާ ތަފާތު ޚިޔާލު ގެންގުޅުނު މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދިޔައެވެ. މިއީ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރު ފާޠިމަތު ޢާމިރާ ރާއްޖެ އެމްވީއަށް ވިދާޅުވީ, ސިޔާސީ ކަންކަމުގައި މުވައްޒަފުން ބައިވެރިވާނަމަ މީގެ ކުރިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، ނަމަވެސް އަލުން ގަވާއިދަށް އިސްލާހު ގެނެސް ގާނޫނުގައި ބުނާ ގޮތަށް އެބައި ތަފްސީލުކޮށްދީފައިވާ ކަމަށެވެ.

ޢާމިރާ ވިދާޅުވީ, އަލުން ގެޒެޓް ކުރި ގަވާއިދުގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފަކު އޭނާ ރަސްމީ މަސައްކަތުގެ ގަޑީގައި, އަދި ރަސްމީ މަސައްކަތާ ގުޅުންހުރި އެހެންކަމެއްގައި އުޅެނިކޮށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ރަސްމީ މަސައްކަތާއި ރަސްމީ މަސައްކަތާ ގުޅުންހުރި ގަޑިތައް ނޫން އެހެން ގަޑިތަކުގައި އެ މުވައްޒަފަކަށް ސިޔާސީ ޚިޔާލު ފާޅުކުރުމާއި ސިޔާސީ ކަންކަމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ރަސްމީކަންކަމުގައި ފިޔަވައި އެހެން ވަގުތަކު މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި އުޅެގެން ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ.

ޢާމިރާ ވިދާޅުވީ, މިހާރު ގެނެވިފައިވާ ބަދަލުތަކަކީ މުވައްޒަފުން ކުރާ ކުށްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ހަރުދަނާ ކަމާއެކު، ވަކި ނިޒާމެއްގެ ތެރެއިން ފިޔަވަޅު އެޅުމާއި، މުވައްޒަފުންނަށް ވާނުވާ ނޭނގޭ ގޮތަށް ކުދި ކުދި ކުށްތަކަށްވެސް އާދައިގެ ފިޔަވަޅު ނޭޅޭނެކަން ކަށަވަރުކޮށްދީ، އިދާރާތައް އަދި އިދާރާތަކުގެ ސިވިލް ސަރވިސްގެ ވެރިން ޒިންމާދާރު ކުރުވުމުގެ ގޮތުން ގެނެވިފައިވާ މުހިންމު ބަދަލުތަކެއް ކަމަށެވެ. އަދި މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދީ، އިންސާފުން މުވައްޒަފުންނާ މެދު ޢަމަލުކުރެވޭކަން މި ގަވާއިދުން ކަށަވަރުކޮށްދޭނެ ކަމަށެވެ.

ޢާމިރާ ވިދާޅުވީ, ގަވާއިދަށް ގެނެވުނު ބަދަލާއި ގުޅިގެން ސިޔާސީ ފަރާތްތަކުން އޭގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ.

މިގަވާއިދަށް ގެނައި 8 ވަނަ އިސްލާހުގައި 272 ވަނަ މާއްދާގައި ވަޒީފާއިން ވަކިކުރެވޭފަދަ ކުށްތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން 15 ކަމެއް ކުށެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު މިއިން ކުށެއްކޮށްފިނަމަ މިގަވާއިދުގައިވާ ގޮތުގެ މަތިން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެއެވެ.

ސިވިލް ސަވިރސް ކޮމިޝަން ސިވިލް ސާވިސް މުވައްޒަފުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު