Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިވިލް ސަރވިސް ގަވާއިދު

ސިވިލް ސަރވެންޓުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާމެދު ބުނާނީ ކީކޭ؟

ރަސްމީ ގަޑީގައާއި ރަސްމީ ގަޑިން ބޭރުން ވެސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2021 | ހޮނިހިރު 10:14
ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

ވެލާނާގެއަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ އިމާރާތެއް

މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުންވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއްގައި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިވާނަމަ ވަޒީފާއިން ވަކިކުރެވޭގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓު ކުރުމާއެކު، އެ މައުޟޫ މިވަނީ ބޮޑު ބަހުސަކަށް ވެފައެވެ.

ސިވިލް ސާވިސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައާއި ރަސްމީ ގަޑިން ބޭރުން ވެސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާފައެވެ. އަދި އެކަން ކޮށްފިނަމަ އެއްވެސް އިންޒާރަކާ ނުލައި ވަޒީފާއިން ވަކި ކުރެވޭނެ ކަމަށާއި، މަސައްކަތުގެ ރަސްމީ ގަޑީގައި ސިޔާސީ ވާހަކަ ދެއްކުމަކީ ފުރަތަމަ ދަރަޖައިގެ ކުށެއް ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

އޭގެ އިތުރުން، ސިޔާސީ ބަހުސް ކުރުން ދެވަނަ ދަރަޖައިގެ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު، ވަޒީފާއިން ވަކިކުރެވޭފަދަ ކުށްތަކުގެ ގޮތުގައި 15 ކަމެއް ވަނީ ހިމަނާފައެވެ.

ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގޮތަށް ގެނައި މި އިސްލާހަކީ ސިވިލް ސާވިސްގެ ގާނޫނަށް 2015 ވަނަ ގެނެވުނު އިސްލާހެއްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ފާހަގަ ކުރެއެވެ.

މި މައުޟޫއަށް ވާހަކަ ދައްކާ އަނެއް ބަޔަކު ބުނަމުންދަނީ، ސިވިލް ސަރވެންޓުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ސަރުކާރުގެ އިދާރާތައް ހިންގުމުގެ މޫނުމަތި ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއް ނަމަވެސް، ސަރުކާރުގެ ވައުދުތައް ފުއްދުމާއި، ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ ބައެއް ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެތަނެއްގެ "ވަތުބަތާނަ" އެންމެ ރަނގަޅަށް އެނގޭ އެއް ބަޔަކަށްވާއިރު، ހެނދުނު ގަޑީގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އިންނަ މުވައްޒަފު އެރޭ ރޭގަނޑު ސިޔާސީ ޕާޓީއެއްގެ ޖަލްސާގައި އޭރަކު އޮންނަ ސަރުކާރަކަށް "ކުރުދޮށިން" ދިނުމަކީވެސް އެންމެ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދެން މިކަމާ ވާހަކަ ދައްކާ ފަރާތްތަކުން ބުނަމުންދާ އަނެއް ވާހަކައަކީ ސިފައިންނާ ފުލުހުންގެ ވާހަކައެވެ. ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގުމާއި، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގާނޫނުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް، ފުލުހުންނާއި ސިފައިންނަށްވެސް އިސްތިސްނާތަކެއް އަންނަ ކަމެވެ. އެކަމުގެ ފަހަތުގައިވެސް ގަބޫލު ކުރެވޭ މުހިއްމު ސަބަބުތައް ހުރި ކަމަށެވެ.

ހަމަ އެގޮތަށް ފަނޑިޔާރުން ހުކުމް ކުރައްވާ، ޝަރީއަތްތައް ހިންގަމުންދާއިރު، އަނެއް ދުވަހު ރާއްޖޭގެ ޝަރުއީ ދާއިރާއަށް ފާޑު ވިދާޅުވެ މުޒާހަރާއަށް ނުކުންނެވުމަކީ އެންމެ ރަނގަޅު މަންޒަރުބާއޭ ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ. އެ ހާލަތްތަކުގައި އެ ހައްގު ހަނިކުރާ ކުރުން ގަބޫލު ކުރެވިފައި، ސިވިލް ސަރވެންޓުންގެ މައްސަލައިގައި އެކަން ގަބޫލު ނުކުރެވެނީ ކީއްވެތޯ ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ.

އެކަމަށް ރައްދުދޭ ފަރާތްތަކުން ފާހަގަކުރަމުންދަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދޭ ހައްގެއް ގަވާއިދަކުން ހަނި ނުކުރެވޭނެ ވާހަކައެވެ. އެ ހައްގު ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށެވެ. މި ގަވާއިދާ ބެހޭ ގޮތުން އެއް ބަޔަކު ބުނަމުންދަނީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ކޮންމެ ފަރުދަކަށްވެސް ލިބެންޖެހޭ ހައްގެއް ކަމަށެވެ. ސިވިލް ސަރވިސްގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން މި ހައްގު ހަނިވެ، ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުވެސް ގެއްލިގެންދާ ކަމަށެވެ. މިއިން ކޮންމެ ކަމަކީވެސް ގާނޫނުން ލިބިދީފައިވާ ހައްގުތަކެއް ކަމަށާއި، ގަވާއިދަކުން އެ ހައްގުތައް ހަނި ނުކުރެވޭނެ ކަމަށެވެ.

ސިވިލް ސަރވެންޓުންގެ ގަވާއިދަށް ގެނައި އިސްލާހާއި ގުޅިގެން ކުރެވޭ ބަހުސްގެ އަޑު ގަދަވެފައިވާއިރު، ކޮންމެ ސަރުކާރެއްގައި ނަމަވެސް، އެ އިރެއްގައި އޮންނަ ސަރުކާރަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް އެންމެ ފަސޭހައިން ބޭނުން ކުރެވޭނެ ހަތިޔާރަކީ ސިވިލް ސަރވެންޓުން ކަން މިއީ ފެންނަން އޮތް ހަގީގަތެކެވެ.

ސިވިލް ސަވިރސް ކޮމިޝަން ސިވިލް ސާވިސް މުވައްޒަފުން

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު