Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ވަގުތު

ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ވަގުތު 8 ގަޑިއިރަށް ބަދަލުކުރަން މަޝްވަރާކުރަނީ

ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ވަގުތަކީ 6 ގަޑިއިރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2021 | އަންގާރަ 01:43
ވެލާނާގެ

ވެލާނާގެ

ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ވަގުތު 8 ގަޑިއިރަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަވާނެކަން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ހާމަކުރައްވައިފިއެވެ.

މިނިސްޓަރ މިކަން ހާމަކުރެއްވީ މިނިމަމް ވޭޖް ކަނޑައެޅުމަށް ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ވަގުތު 8 ގަޑިއިރަށް އިތުރުކުރަން މިނިމަމް ވޭޖް ބޯޑުން ލަފާދީފައިވާކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތާއި، ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތުގައި ވަރަށް ބޮޑު ފަރަގެއް އެބަ އޮތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމަށްވެފައި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރުވެސް އިތުރަށް ރަނގަޅުކުރުމަށް، މި ދެ ސެކްޓަރގައި އޮންނަ ފަރަގު ކުޑަކޮށް ސިވިލް ސަރވިސް މުވައްޒަފުން ވެސް 8 ގަޑިއިރު މަސައްކަތްކުރަންޖެހޭގޮތަށް ބަދަލު ގެނައުމަށް ބޯޑުން ލަފާ ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމާ މެދު ވިސްނައި، މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރައިވެޓް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ ދުވަހަކު މަދުވެގެން 8 ގަޑިއިރު މަސައްކަތްކުރަންޖެހެއެވެ. އެހެންނަމަވެސް ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ 6 ގަޑިއިރެވެ. މި ފަރަގު ނައްތާލުމުގެ މަސައްކަތް ކުރަން ނިންމަވާފައިވާއިރު މިހާރު ވަނީ މަސައްކަތްތެރިންނަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާފައެވެ.

އެގޮތުން ކުދި ވިޔަފާރިތަކަށް، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދުވާލަކަށް 21 ރުފިޔާ 63 ލާރި ދޭން ނިންމާފައިވައިރު، އެއީ މަހަކު 4،500 ރުފިޔާއެވެ. މެދު ފަންތީގެ ވިޔަފާރިތަކަށް، 33 ރުފިޔާ 65 ލާރި ދޭން ނިންމާފައިވައިރު، އެއީ މަހަކު 7،000 ރުފިޔާއެވެ. ބޮޑެތި ވިޔަފާރިތަކަށް، 38 ރުފިޔާ 46 ލާރި ދޭން ވަނީ ނިންމާފައެވެ. އެއީ މަހަކު 8،000 ރުފިޔާއެވެ. ސިވިލް ސަރވިސް މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ދޭން ވަނީ ނިންމާފައެވެ.

އިކޮނޮމިކް މިނިސްޓްރީސިވިލް ސާވިސް މުވައްޒަފުންމިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

"މި އަހަރަކީ އަޅުގަނޑުމެން ބޮޑުތަނުން ފަހަތަށް ސޮއްސާލައިގެން ދިޔަ އަހަރެއް"

18 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު