Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިވިލް މުވައްޒަފުންނާއި ޔާމީނު ކުޅުއްވިޔަސް އެ ގޯހެއް މި ސަރުކަރުން ނުހައްދަވާނެ

ސިޔާސީ ކަންކަމުގައި ބައިވެރިވެގެން ކުރީ ސަރުކާރުން އެތަކެއް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2021 | ހޯމަ 10:57
ނިމިގެން ދިޔަ ސަރުކާރުން ސިވިލް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާއިން ވަކިކޮށްފައި އެބަހުރި

ނިމިގެން ދިޔަ ސަރުކާރުން ސިވިލް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާނަމަ ވަޒީފާއިން ވަކިކޮށްފައި އެބަހުރި

ވެރިކަމުގެ މެދެއްހާ ހިސާބުން ރާއްޖޭގެ ސިޔާސީ މަސްރަހު ފުރޮޅެން ފެށިކަން މިވެރިންނަށް އެއިރު ޔަގީންވާން ފެށިއެވެ. ފުލުހުންނާއި ސިފައިން ނެރެގެން ގަދަ ދައްކައި ކަންކަން ތަންފީޒުކުރުވާ ހިސާބަށް ވެސް ކަންކަން ދިޔައެވެ. މިނިވަން މުއައްސަސާތައް ފިއްތިފިއްތީނުން ގޮސް އޮތީ ދިޔަ ފެލާލާފައި އޮތް ކާށި ހުނިކޮޅެއް ހެންނެވެ. ގާނޫނާއި ގަވާއިދުތައް ހަދާ މީސްމީހުންގެ އަނގަ މަތީގައި ޣައިރުގާނޫނީ ޓޭޕް އެޅުވިއެވެ.

ނަމަވެސް ކޮންމެ ޑިކްޓޭޓަރެއްގެ ވެރިކަމަށް ވެސް ނިމުމެއް އަންނަނާއެވެ. އެއީ ތާރީޚު ކިޔާދީފައިވާ ގޮތެވެ. ގޮށްމުށުގެ ބާރުން ކަންކަން ނުކުރެވޭނެ ކަމާއި، ރައްޔިތުންނަކީ ބާރުކަން މިހާރު ކޮންމެ ސިޔާސީ މީހަކު ވެސް ދަންނަން ޖެހެއެވެ. މާޒީގެ ތެރެއިން މި ފިލާވަޅުތައް ދަސްކުރަންވެސް ޖެހެއެވެ. ގާނޫނަކުން ރައްޔިތުންނެއް ނުހުއްޓުވޭނެކަން ވެސް ދަންނަން ޖެހެއެވެ. ހަމަ މިފަދައިން ސަރުކާރުގެ މޫނުމަތިކަމުގައިވާ ސިވިލް ސަރވިސް މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރު ދައްކަން ނިމިގެން ސަރުކާރުން މަސައްކަތް ކުރިއެވެ. ނިމުން ނިކަން ހިއްޗެވެ.

ކޮންމެއަކަސް ނިމިގެންދިޔަ ވެރިކަން ނިމުނު ގޮތް ކިޔައިދޭކަށް ނެތީމެވެ. އަނިޔާވެރި ވެރިކަމެއްގެ ނިމުން ގެނައީ ރައްޔިތުންނެވެ.

ސިވިލް ސަރވިސް މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން އެއިރު އޮތް ސަރުކާރަށް ވެގެން ދިޔައީ ބޮޑު ބިރުވެރިކަމަކަށެވެ. ވާނީ އެހެންނެވެ. ސިޔާސީ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ޕާޓީގެ ޖަލްސާތަކަށް ގެންދިއުމާއި، ނުދާ މީހުންނަށް އިދާރީ ފިޔަވަޅު އެޅުން އޮތީ އިންތިހާގައެވެ. އެންމެ ފަހުން އިދިކޮޅު ފިކުރުގައި ތިބި ސިވިލް ސަރވިސް މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރުދައްކަން މޮޅު ކަމެއް ކުރިއެވެ.

އެއިރު ސިވިލް ސަރވިސް ކޮމިޝަނުގައި ތިބި މެންބަރުން މަގާމާއި ފައިސާގެ ދަހިވެތިކަމުގައި މުވައްޒަފުންގެ ހައްގު ނިގުޅައިގަނެ ބޮޑު ހަޑިއެއް ހޭވިއެވެ. ސިވިލް ސަރވިސްގެ ގާނޫނަށް ގެނައި ބަދަލަށް ތަރުހީބު ދީ މުވައްޒަފުންނަށް ފިޔަވަޅު އަޅައި އެތަކެއް މުވައްޒަފުން މަގުމަތިކޮށްލިއެވެ. އެތަކެއް މުވައްޒަފުންނަށް އާމްދަނީ ލިބެން ހުރި މަގު ބަންދުކޮށްލިއެވެ.

ސިވިލް މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވާތީ ސަރުކާރުން ގަންނާކުރެއްވި ބިރުން ގާނޫނުގައި ނުކުތާއެއް ހިމެނިއެވެ. އެއީ 2015 ވަނަ އަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިވިލް ސަރވިސްގެ ގާނޫނަށް ބަދަލު ގެނެސް، ސިޔާސީ ހަރަކާތެއްގައި ބައިވެރިވެއްޖެނަމަ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި ވަޒީފާއިން ވަކި ކުރުމެވެ. ގާނޫނު ތަންފީޒުކޮށް ކިރިޔާވެސް މީހަކު ރީނދޫ ކުލައިގެ ފޭރާމެއް ލައިގެން ހުރެއްޖެއްޔާ އެމީހަކު ވަޒީފާއިން ވަކިކޮށްލީއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑިން ބޭރުން ވެސް ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި އެއްވެސް ސިޔާސީ ހަރާކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެއް ކަމަށެވެ.

ނަމަވެސް އެ ދުވަސްތައް މާޒީވެގެން ހިނގައްޖެއެވެ. ސިވިލް ސަރވިސް މުވައްޒަފުންނަށް އޮތް އެ ބިރު މިހާރު ނެތެވެ. ގާނޫނުގައި އެ އޮތްގޮތަށް އެ މާއްދާ އަދިވެސް އެބަ އޮތެވެ. ނަމަވެސް އެހެން އޮތުމުން އެކަމުގެ ފައިދާ ނެގިދާނެ ބަޔަކު އެބަތިއްބެވެ. މިއާއެކު އެ މާއްދާ އިތުރަށް ގަވާއިދެއްގެ ތެރެއިން ތަފްސީލު ކުރެވިގެން ދިޔައެވެ. އެއީ މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ސިވިލް ސަރވިސްގެ އިސްވެރިންނަށް ބޭނުންހާ ކުޅިއެއް ކުޅުމުގެ ފުރުސަތު ނުދިނުމަށެވެ.

ކުރިން 1 ވަނަ ދަރަޖައިގައި މިކަން އޮތް ނަމަވެސް، މިހާރު އެވަނީ އެކަން ވަރަށް ބޮޑަށް ތަފްސީލުކޮށްދީފައެވެ. 

އަލުން ގެޒެޓް ކުރި ގަވާއިދުގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފަކު އޭނާ ރަސްމީ މަސައްކަތުގެ ގަޑީގައި، އަދި ރަސްމީ މަސައްކަތާ ގުޅުންހުރި އެހެންކަމެއްގައި އުޅެނިކޮށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ރަސްމީ މަސައްކަތާއި ރަސްމީ މަސައްކަތާ ގުޅުންހުރި ގަޑިތައް ނޫން އެހެން ގަޑިތަކުގައި އެ މުވައްޒަފަކަށް ސިޔާސީ ޚިޔާލު ފާޅުކުރުމާއި ސިޔާސީ ކަންކަމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ރަސްމީކަންކަމުގައި ފިޔަވައި އެހެން ވަގުތަކު މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި އުޅެގެން ވަޒީފާއިން ވަކި ނުކުރާނެއެވެ.

މިހާރު ގެނެވިފައިވާ ބަދަލުތަކަކީ މުވައްޒަފުން ކުރާ ކުށްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ހަރުދަނާ ކަމާއެކު، ވަކި ނިޒާމެއްގެ ތެރެއިން ފިޔަވަޅު އެޅުމާއި، މުވައްޒަފުންނަށް ވާނުވާ ނޭނގޭ ގޮތަށް ކުދި ކުދި ކުށްތަކަށްވެސް އާދައިގެ ފިޔަވަޅު ނޭޅޭނެކަން ކަށަވަރުކޮށްދީ، އިދާރާތައް އަދި އިދާރާތަކުގެ ސިވިލް ސަރވިސްގެ ވެރިން ޒިންމާދާރު ކުރުވުމުގެ ގޮތުން ގެނެވިފައިވާ މުހިންމު ބަދަލުތަކެކެވެ. އަދި މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދީ، އިންސާފުން މުވައްޒަފުންނާ މެދު ޢަމަލުކުރެވޭކަން މި ގަވާއިދުން ކަށަވަރުކޮށްދެއެވެ.

ކުރީގެ ވެރިކަމުގައި ގާނޫނަށް ގެނައި އިސްލާހާއެކު މުވައްޒަފަކު ރަސްމީގަޑި ނޫން ގަޑިއެއްގައި މަގުމަތީގައި އެއިރު އިދިކޮޅުން ބޭއްވި ހަރަކާތެއް ބަލާލަން ދިޔަޔަސް ވަޒީފާއިން ވަކިކޮށްފައި އެބަހުއްޓެވެ. މިހާރަކު އެކަން އެގޮތަށް ނުކުރެވޭނެއެވެ.

ޖުމްހޫރީ ދުވަހު ގައުމާއި މުޚާތަބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ މި ޔަގީންކަން ސިވިލް ސަރވިސް މުވައްޒަފުންނަށް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވަންޓެއް، ރާއްޖޭގައި ހުންނާކަށް އަޅުގަނޑުމެން ނޭދޭ ކަމަށެވެ. ސިޔާސީ ވަކި ކަމެއްގައި ނޫޅެގެން، ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކިކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.

އަދި ސިވިލް ސަރވަންޓުންނަކީ، އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް ކަމަށާއި، އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮށްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން ކަމަށެވެ. އަދި ސިވިލް ސާރވަންޓުން ދެއްވާ ޚިދުމަތުގައި ސިޔާސީ ފިކުރެއް، ކުލައެއް، ވަހެއް އަދި ރަހައެއް އޮވެގެން ނުވާނެ ކަމަށެވެ. ކުރައްވަންޖެހޭނެހާވެސް ކަމަކީ، ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް، އޭގެގޮތުގައި ތަންފީޒު ކުރެއްވުން ކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ގައުމީ ޚިދުމަތުގެ ފައުޖު ކަމަށެވެ.

ސިވިލް ސަރވިސް ގާނޫނުގެ ދަށުން ކުރިން ހަދާފައިވާ ގަވާއިދު ބުނާގޮތުން މުވައްޒަފަކު ފޭސްބުކްގައި ލިޔާ އެއްޗަކުން ވެސް ސިޔާސީ ހަރަކާތް ހިންގުން ކަމަށް ބުނެ ވަޒީފާއިން ވަކިކުރެވިދާނެއެވެ. އަދި މިގޮތަށް ބައެއް މުވައްޒަފުން ކުރިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސިވިލސް ސަރވިސް ކޮމިޝަނުން އެއްބަސްވެއެވެ. ނަމަވެސް ގަވާއިދަށް އަލަށް ގެނައި އިސްލާހަކީ މިފަދަ ކަންކަން ނުވާނެ ގޮތަކަށް ކަންކަން ބަދަލުކުރުމަށް ގެނައި އިސްލާހުތަކެއްކަމަށްވެސް ކޮމިޝަނުން ބުނެއެވެ. ކުރީގެ ސަރުކާރުގައި ސިޔާސީ ވިސްނުން ހުންނަ ގޮތުން، ނުވަތަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރިނަމަވެސް، ގާނޫނީ އިމުގެ ތެރޭގައި އުޅޭ ނަމަ މުވައްޒަފުންގެ ގެންގުޅޭ ވަކި ފިކުރަކާ ހެދި ސަރުކާރުގެ ވަޒީފާތަކުން ވަކިނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

ސިވިލް ސަވިރސް ކޮމިޝަން ސިވިލް ސާވިސް މުވައްޒަފުންރައީސް ޔާމީންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު