Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުން އަންނަ އަހަރު ކުރިޔަށްގެންދާ ގޮތަށް ނިނ

ބޯހިމެނުން އަންނަ އަހަރުގެ ސެޕްޓެމްބަރ 17 ގައި، ފުރަތަމަ ފަހަރަށް އިގްތިސާދީ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު އެއްކުރާނެ

16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 22:10

އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 22:10
ބޯހިމެނުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބޯހިމެނުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 17ން 30ށް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކޮށްފިއެވެ.

އަންނަ އަހަރު ކުރިޔަށްގެންދާ ބޯހިމެނުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވަނީ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. އެމެސެޖުގައި މިނިސްޓަރ ވިދާޅުވީ ބޯހިމެނުމަކީ ގައުމީ ތަރައްގީގެ މަޝްރޫއުތައް ރާވާ ހިންގުމަށް ބޭނުންވާ އަސާސީ މައުލޫމާތުކަމަށެވެ. އަދި މިއީ ގައުމު ކުރިއަރާ ދިޔުމުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ ބޮޑަށް އޮންނާނެ މަސައްކަތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރައްޔިތުން ދޭ މައުލޫމާތަށް ބިނާކޮށް ރަށްރަށުގަޔާއި އަތޮޅުތަކުގެ އަދި ސަރަހައްދުތަކުގެ ޕްލޭންތައް ރޭވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ އިތުރަށް ވިދާޅުވީ މިފަހަރުގެ ބޯހިމެނުމުގެ ޝިއާރު ކަމުގައިވާ " އަހަރެންގެ ބޯހިމެނުން" މިޝިއާރާ އެއްގޮތަށް ހުރިހާ ރައްޔިތުންވެސް ބޯހިމެނުމުގައި ބައިވެރިވުމަށް އެދޭކަމަށެވެ.

މިފަހަރުގެ ބޯހިމެނުމުގައި އެހެން އަހަރުތަކާއި ޚިލާފަށް އިގްތިސާދީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ އަދި މިހާތަނަށް އައިއިރު ރާއްޖޭގައި އިގްތިޞާދީ މަސައްކަތްތަކުގެ ބޯހިމެނުމެއް ހިމަނާފައިނުވާކަމަށެވެ. އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުގެ ޒަރީއާއިން ޖީޑީޕީއަށް ބޭނުންވާ މައުލޫމާތު އެއްކުރެވިގެންދާނެކަމަށް އައިޝަތު ހަސަން ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އިގްތިސާދީ ގޮތުން ކުރަމުންދަނީ ކޮންކޮން މަސައްކަތްތަކެއްތޯ އާއި އެމަސައްކަތްތަކުގެ ކުޑަބޮޑުމިން އަދި އެތަންތަނުގައި މަސައްކަތްކުރާ މީހުންގެ އަދަދު ފަދަ މައުލޫމާތު އެއްކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިގްތިސާދީ މަސައްކަތްތަކުގެ ބޯހިމެނުން އެންމެ ފުރަތަމަ ކުރިޔަށްގެންދާނީ އޮންލައިންކޮށެވެ. އެއްމަސް ދުވަހުގެ މުއްދަތެއް މަސައްކަތްތައްކުރާ ތަންތަނަށް މައުލޫމާތު ދިނުމަށް ދޭނެއެވެ. އެމުއްދަތުގައި މައުލޫމާތު ނުދޭ ތަންތަނުގައި މައުލޫމާތު ސާފުކުރާނީ ސެޕްޓެމްބަރ 17ން 30ށް ކުރިޔަށްގެންދާ ބޯހިމެނުމުގައެވެ.

މީގެއިތުރުން މިފަހަރުގެ ބޯހިމެނުގައި އެހެން ފަހަރުތަކާއި ޚިލާފަށް ކަރުދާހުގެ ބަދަލުގައި ބޭނުންކުރާނީ ޓެބްލެޓެވެ. ބޯހިމެނުމުގެ މަސައްކަތްތައް ކުރިޔަށްގެންދިޔުމަށް މިހާރުވަމުންދާ ތައްޔާރީތަކުގެ އެންމެފަހުގެ މައުލޫމާތު ދެއްވަމުން ޑެޕިޔުޓީ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ޝަހުދާ ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތްތަކީ ބޯހިމެނުމުގައި ބޭނުންކުރާނެ ސުވާލު ކަރުދާސްތައް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. ބޯހިމެނުމުގައި ހުރިހާ އެންމެންގެ ބޭނުންތަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސުވާލުތައް ބައްޓަންކުރަންވީ ގޮތާއި ގުޅޭގޮތުން އެކި ފަރާތްތަކާއި މަޝްވަރާކޮށްގެން މިހާރު ސުވާލުތަކުގެ ޑްރާފްޓެއް އެކުލަވާލާފައިވާކަމަށް ޝަހުދާ ވިދާޅުވިއެވެ. އަދި އަންނަ އޮކްޓޯބަރ މަހު ސުވާލުތަކަށް އާންމުންގެ ޚިޔާލަށް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވަނީ މަސައްކަތްކުރިޔަށް ގެންދާނެ ގޮތުގެ ޓައިމްލައިންވެސް ހާމަކޮށްފައެވެ.

މިފަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް 4300 އެނިއުމަރޭޓަރުން ބޭނުންވެއެވެ. އެއީ އަތޮޅުތަކުގައި މަސައްކަތްކުރުމަށް 2200 އަދި މާލޭގައި މަސައްކަތްކުރުމަށް 2100 އެވެ. އެނިއުމަރޭޓަރުން ހޯދުމަށް އަންނަ މަހު އިއުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނައެވެ. އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި 402،071 މީހުން ދިރިއުޅެއެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ "މީ އަހަރުމެންގެ ބޯހިމެނުން- އަހަރެންވެސް ބައިވެރިވާނަން" އެވެ.

ޕްލޭނިން މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2023

އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ
08 އޯގަސްޓު 2023

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެ: މިނިސްޓްރީ

08 އޯގަސްޓު 2023
ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެ: މިނިސްޓްރީ
07 ފެބުރުއަރީ 2023

ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި

07 ފެބުރުއަރީ 2023
ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި
26 ޖޫން 2022

މާލެ ރައްޔިތުންނަށް ހުޅުވާލި 3000 ގޯއްޗަށް ކުރިމަތިލެވޭ ޝަރުތުތަކާއެކު ތަފްސީލު އާންމުކޮށްފި

26 ޖޫން 2022
މާލެ ރައްޔިތުންނަށް ހުޅުވާލި 3000 ގޯއްޗަށް ކުރިމަތިލެވޭ ޝަރުތުތަކާއެކު ތަފްސީލު އާންމުކޮށްފި
04 ޖޫން 2022

ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް

04 ޖޫން 2022
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް
26 އެޕްރީލު 2022

ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ސިސްޓަމް ޓެސްޓްކޮށްފި

26 އެޕްރީލު 2022
ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ސިސްޓަމް ޓެސްޓްކޮށްފި
24 އެޕްރީލު 2022

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ވެން އޫޑް

24 އެޕްރީލު 2022
އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ވެން އޫޑް
31 ޖެނުއަރީ 2022

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭތައް ފަށައިފި

31 ޖެނުއަރީ 2022
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭތައް ފަށައިފި
19 ޖެނުއަރީ 2022

ތިލަމާލެ ބުރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ އަމަލީ މަސައްކަތް 2 ދުވަހެއްގެ ތެރޭގައި ފަށަނީ

19 ޖެނުއަރީ 2022
ތިލަމާލެ ބުރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ އަމަލީ މަސައްކަތް 2 ދުވަހެއްގެ ތެރޭގައި ފަށަނީ
06 ޖެނުއަރީ 2022

ރާއްޖޭގެ ގޯތިގެދޮރުގެ މާޒީއަށް ބަލާލުމެއް

06 ޖެނުއަރީ 2022
ރާއްޖޭގެ ގޯތިގެދޮރުގެ މާޒީއަށް ބަލާލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް