Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިމެނުން 2022

ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް

4 ޖޫން 2022 | ހޮނިހިރު 17:08

މިފަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް 4300 އެނިއުމަރޭޓަރުން ބޭނުންވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޖޫން 2022 | ހޮނިހިރު 17:08
ބޯހިމެނުމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް

ބޯހިމެނުމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތައް

މިއަހަރު ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުގައި އެނިއުމަރޭޓަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ހުޅުވާލި ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

މިފަހަރުގެ ބޯހިމެނުމުގެ މަސައްކަތަށް 4300 އެނިއުމަރޭޓަރުން ބޭނުންވެއެވެ. އެއީ އަތޮޅުތަކުގައި މަސައްކަތްކުރުމަށް 2200 އަދި މާލޭގައި މަސައްކަތްކުރުމަށް 2100 އެވެ.

Advertisement - newsAdvertisement

މި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 7-11 ދުވަހަަށް 10 ރުފިޔާގެ އިތުރު އެލަވަންސެއްވެސް ދޭނެއެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީނަށް ނިކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. ތަމްރީނު ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަކަށެވެ.

ރާއްޖޭގެ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30އަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިފަހަރުގެ ބޯހިމެނުމުގައި އެހެން އަހަރުތަކާއި ޚިލާފަށް އިގްތިސާދީ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ބޯހިމަނައެވެ. އެންމެފަހުން ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އޭރުގެ އާބާދީ އަކީ 402،071 މީހުންނެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޝިއާރަކީ "މީ އަހަރުމެންގެ ބޯހިމެނުން- އަހަރެންވެސް ބައިވެރިވާނަން" މިއެވެ.

ބޯހިމެނުންޕްލޭނިން މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 އޮކްޓޯބަރު 2023

އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ
08 އޯގަސްޓު 2023

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެ: މިނިސްޓްރީ

08 އޯގަސްޓު 2023
ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެ: މިނިސްޓްރީ
14 މާރިޗު 2023

ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ

14 މާރިޗު 2023
ބޯހިމެނުމުގެ ނަތީޖާ މިމަހުގެ 30ގައި އާއްމު ކުރަނީ
07 ފެބުރުއަރީ 2023

ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި

07 ފެބުރުއަރީ 2023
ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި
03 ނޮވެމްބަރު 2022

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި

03 ނޮވެމްބަރު 2022
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ބޯހިމަނަން ފަށައިފި
18 ސެޕްޓެމްބަރު 2022

ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް

18 ސެޕްޓެމްބަރު 2022
ބޯހިމެނުމަށް އެއްކުރާ މައުލޫމާތުތަކަކީ ރޭވުމުގެ މަރުހަލާއަށް މުހިންމު މައުލޫމާތުތަކެއް: ބިއުރޯ އޮފް ސްޓެޓިސްޓިކްސް
26 ޖޫން 2022

މާލެ ރައްޔިތުންނަށް ހުޅުވާލި 3000 ގޯއްޗަށް ކުރިމަތިލެވޭ ޝަރުތުތަކާއެކު ތަފްސީލު އާންމުކޮށްފި

26 ޖޫން 2022
މާލެ ރައްޔިތުންނަށް ހުޅުވާލި 3000 ގޯއްޗަށް ކުރިމަތިލެވޭ ޝަރުތުތަކާއެކު ތަފްސީލު އާންމުކޮށްފި
26 އެޕްރީލު 2022

ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ސިސްޓަމް ޓެސްޓްކޮށްފި

26 އެޕްރީލު 2022
ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ސިސްޓަމް ޓެސްޓްކޮށްފި
24 އެޕްރީލު 2022

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ވެން އޫޑް

24 އެޕްރީލު 2022
އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ވެން އޫޑް
19 ފެބުރުއަރީ 2022

ކުރިޔަށް އޮތް ބޯހިމެނުމުގެ މަސައްކަތަށް 4400 މީހުން ހޯދަނީ

19 ފެބުރުއަރީ 2022
ކުރިޔަށް އޮތް ބޯހިމެނުމުގެ މަސައްކަތަށް 4400 މީހުން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް