Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓު ލިސްޓު

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެ: މިނިސްޓްރީ

މިހިނގާ ދައުރު ނިމުމުގެ ކުރިން ބާކީ ހުރި ހުރިހާ ފްލެޓެއްގެވެސް މަސައްކަތް ފެށޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2023 | އަންގާރަ 08:48
ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ގެދޮރުވެރިޔާ ސްކީމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފުލެޓް ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ރާއްޖެއެމްވީއަށް ވިދާޅުވީ، 10000 ފްލެޓު އިމާރަތް ކުރުމުގެ މަސައްކަތުގައި ސޮއިކުރެވި، އޭގެ ތެރެއިން 4000 ފްލެޓު އެޅުމުގެ އަމަލީ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށެވެ. އެ 4،000 ހައުސިން ޔުނިޓަކީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ ތަންތަނެވެ.

އޭގެތެރޭގައި ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓު ހިމެނެއެވެ.

ބާކީ ހުރި ފްލެޓުތައް އަޅާނީ ހުޅުމާލެއާއި، ގިރާވަރު ފަޅުގައިކަމަށް އަކްރަމް ވިދާޅުވިއެވެ.

މިހާރު ހާމަކޮށްފައިވާ ލިސްޓުގައި ޝަރުތުހަމަވާ މީހުންގެ ތެރެއިން މަދުވަނީ ގާތްގަނޑަކަށް 3500 އާއި 4000 އާ ގާތްކުރާ އަދަދެއްގެ ފްލެޓުކަން ފާހަގަ ކުރައްވައި އަކްރަމް ވިދާޅުވީ، އެ ފްލެޓުތައްވެސް އެޅުމުގެ މަޝްވަރާ މިހާރު ކުރިއަށްދާކަމަށެވެ.

އަކްރަމް އިތުރަށް ވިދާޅުވީ، މިހިނގާ ދައުރު ނިމުމުގެ ކުރިން އެ ހުރިހާ ފްލެޓެއްގެވެސް މަސައްކަތް ފެށޭނެ ކަމަށާއި، އަދި ބައެއް ފްލެޓުތަކުގެ މަސައްކަތް މި ދައުރުތެރޭގައި ނިމޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ގެޒެޓް ކުރި އިއުލާނެއްގައި މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ވަނީ އާއްމުކޮށްފައެވެ.އަދި ސަރުކާރުން ނިންމާފައިވަނީ މި ސްކީމަށް ޝަރުތުހަމަވާ ހުރިހާފަރާތްތަކަށް ފުލެޓް ދިނުމަށް ކަން އެ ލިޔުމުގައި ވަނީ ހާމަކޮށްފައެވެ.

ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މި މިނިސްޓްރީގެ ފަރާތުން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީފްލެޓްއަކްރަމް ކަމާލުއްދީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

16 އޮކްޓޯބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ

ކުރީގެ ފްލެޓް އެއްބަސްވުންތައް އުވާލާ، އެހެން ބަޔަކަށް ފްލެޓް ދިނުމުގެ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުން ބައިވެރިވަނީ ޤާނޫނާއި ޚިލާފު އަމަލެއްގައި- އެމްޑީޕީ

07 އޯގަސްޓު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުން ހުއްޓާލައިފި

03 އޯގަސްޓު 2025

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު