Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގެ ގޯތިގެދޮރުގެ މާޒީއަށް ބަލާލުމެއް

1911 ގައި ރާއްޖޭގައި ހުރީ 13،781 ގޭބިސީ

ރާއްޖެ އެމްވީ | 6 ޖެނުއަރީ 2022 | ބުރާސްފަތި 07:00
މާލޭގެ ގޯތިގެދޮރާއި އާބާދީ ރަމްޒުކޮށްދޭ ގޮތަށް 1920 ގައި ކުރަހާފައިވާ ޗާޓެއް

މާލޭގެ ގޯތިގެދޮރާއި އާބާދީ ރަމްޒުކޮށްދޭ ގޮތަށް 1920 ގައި ކުރަހާފައިވާ ޗާޓެއް

އެންމެކުރީ ޒަމާނުއްސުރެ ނުވަތަ މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ރާއްޖޭގެ ވެރިރަށް ފުރަމާލެއާއި ރާއްޖޭގެ ރަށްރަށުގެ ބައެއް ގޯތިތަކުގެ ފަތް ހުރިކަން ފާހަގަކުރެވެއެވެ. ވާރު ނެގުމުގެ ބޭނުމަށް ގޯތިގެދޮރުގެ ހިސާބުކިތާބު މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެވެސް ބަލާފައިވެއެވެ.

ބިންތައް އޭރު އޮންނަނީ ތިން ބަޔަކަށް ބަހާލެވިފައެވެ. އެއީ ވަގުފު ބިން، އަމިއްލަ ބިން އަދި ބަންޑާރަ ބިމެވެ. އާންމު ގޮތެއްގައި އަމިއްލަ މީސްމީހުންގެ އަތުގައި ކުރީ ޒަމާނުގަައި ހުރީ އަމިއްލަ ގޯތީގެ ފަތެވެ. ވެރިރަށް ފުރަމާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ވަގުފު ބިންތަކާއި ތަންތަނުގެ މައުލޫމާތު މަރުކަޒީ ނިޒާމަކުން ވެރިރަށް ފުރަމާލޭގައި ދައުލަތުގެ ފަރާތުން ބަލަހައްޓާފައިވެއެވެ. އެހެން ބިންތަކާއި ގޯތިގެދޮރުގެ މައުލޫމާތު ބަލަހައްޓާފައި ވަނީ ލާމަރުކަޒީ ނިޒާމަކުންނެވެ.

މީގެ 110 ވަރަކަށް އަހަރު ކުރިން 1911ގައި ރާއްޖޭގައި ފުރަތަމަ ބޯހިނުމުގެ ތަފާސްހިސާބުގައި ރާއްޖޭގައި ހުރީ 13،781 (ތޭރަހާސް ހަތްސަތޭކަ އަށްޑިހައެކެއް) ގެ ކަން ފާހަގަކޮށްފައިވެއެވެ. އޭރު 1911ގައި ރާއްޖޭގެ އާބާދީއަކީ 72،237 (ހަތްދިހަދެހާސް، ދުއިސައްތަ ތިރީސްހަތެއް) މީހުންނެވެ.

1912 ގައި (މީގެ 110 އަހަރު ކުރިން) ރާއްޖޭގެ އެންމެ މީހުން ގިނަ ރަށްރަށުގެ ތެރޭގައި އެއްވަނާގައި އޮތީ ފުރަމާލެއެވެ. ފުރަމާލޭގައި ތިބީ 5236 މީހުންނެވެ. 2000 މީހުންނަށްވުރެ ގިނައިން ތިބީ އެހެން ދެ ރަށެއްގައެވެ. އެއީ ހުވަދުއަތޮޅު ހަވަރުތިނަދޫގައި 2325 އަދި އައްޑޫމުލައް ނުވަތަ ފުވައްމުލަލުގައި 2199 މީހުންނެވެ.

1000 މީހުންނަށް ވުރެ ގިނައިން ތިބި ރަށްރަށްވެސް މަދެއް ނޫންމެއެވެ. ތިލަދުންމަތީ ހުވަރަފުށީގައި 1811 މީހުންނެވެ. ތިލަދުންމަތީ ކުޅުދުއްފުށީގައި 1697 މީހުންނެވެ. އައްޑުއަތޮޅު ހިތަދޫގައި 1587 މީހުންނެވެ. ފާދިއްޕޮޅު ނައިފަރުގައި 1289 މީހުންނެވެ. ތިލަދުންމަތީ ދިއްދޫގައި 1163 އެވެ. ފާދިއްޕޮޅު ހިންނަވަރުގައި 1140 އެވެ.

ވެރިރަށް ފުރަމާލެއާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ރެޖިސްޓްރީ ނުކުރާ ގެއެއް ނެތި، ހުރިހާ ގެއެއްގެ ރެޖިސްޓްރީ ހަދަން ފެށުނީ މީގެ 60 ވަރަކަށް އަހަރު ކުރިން 1 ޖަނަވަރީ 1959 ގަައެވެ. އެއީ ސާހިބުއްދައުލަތު އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގައެވެ. އައްސުލްތާން މުހައްމަދު ފަރީދުލް އައްވަލުގެ ރަސްކަމުގައެވެ. ހުރިހާ ރަށެއްގައި އިދާރާތައް ގާއިމު ކުރެވުނީވެސް އަދި ވިހާމަރުވާ އާއި އަދި މިނޫންވެސް އިދާރީ ހިސާބުކިތާބު ދުވަހުން ދުވަހަށް ލިޔެ ބަލަހައްޓަން ފެށުނީވެސް 1 ޖަނަވަރީ 1959 ގައެވެ.

މާލޭގެ ތޮއްޖެހުން ބޮޑުވާންފެށި ދުވަސްވަރުގެ ދިރާސާއަކަށް ޖެހިލާއިރު މާލޭގައި ތޮއްޖެހުން އިތުރުވެ އާބާދީ އާދަޔާ ޚިލާފަށް ބޮޑުވާން ފެށީ 1990 ގަައި ކުޑަސިޓީ އުވާލި ހިސާބުންނެވެ. އޭގެކުރިންވެސް ގިރާވަރު ފަޅުކޮށް ގިރާވަރު މީހުން ހުޅުލެއަށް 1968ގަައި ބަދަލުކުރެވުނެވެ. 1973ގައި ވިލިގިނލީ މީހުންވެސް ހުޅުލެއަށް ބަދަލުކުރެވުނެވެ. ހުޅުލޭ މީހުން (ހުޅުލޭގައި ތިބި ގިރާވަރު މީހުންވެސް) 1976، 1977ގަައި މާލެއަށް ބަދަލުކުރެވުނެވެ. 1977ގައި ހުޅުލޭ މީހުން (ވިލިގިނލީ މީހުން އަދި ގިރާވަރު މީހުން) މާލެއަށް ބަދަލުކުރުމުގެ ކުރިން މާލޭގައި ހުރީ 3000 ގެއެވެ.

އާބާދީޗީފް ސްޓެޓިސްޓީިޝަންޕްލޭނިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ

އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެ: މިނިސްޓްރީ

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު އެޅުމުގެ މަސައްކަތް މި ދައުރު ތެރޭގައި ފެށިގެންދާނެ: މިނިސްޓްރީ

08 އޯގަސްޓު 2023
ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި

ކޮޅުފުށީ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިންމުމަށް ބަޔަކާ ޙަވާލުކޮށްފި

07 ފެބުރުއަރީ 2023
އަންނަ ހަފްތާގައި ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރާނެ

އަންނަ ހަފްތާގައި ދުނިޔޭގެ އާބާދީ އަށް ބިލިއަނަށް އަރާނެ

07 ނޮވެމްބަރު 2022
ދުނިޔޭގެ އާބާދީ އަންނަ މަހު 8 ބިލިއަނަށް އަރާނެ

ދުނިޔޭގެ އާބާދީ އަންނަ މަހު 8 ބިލިއަނަށް އަރާނެ

18 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު