Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ބިން ހިއްކުމުގެ މަޝްރޫއު

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ވެން އޫޑް

24 އެޕްރީލު 2022 | އާދީއްތަ 04:47

ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރ ވަރަށް އަވަހަށް ޕްރޮޖެކްޓް ސައިޓަށް ގެންދެވޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 24 އެޕްރީލު 2022 | އާދީއްތަ 04:47
އައްޑޫ ލިންކް ރޯޑް

އައްޑޫ ލިންކް ރޯޑް

އައްޑޫ ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަރލޭންޑްސްގެ "ވެން އޫޑް" ކުންފުނިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރްގެ ފަރާތުން ވެން އޫޑް ކުންފުންޏާ މި މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 27 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

Advertisement - newsAdvertisement

މި މަސައްކަތުގެ ދަށުން އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމުގައިވާ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫގެ ސަރަހައްދުތައް ހިއްކިގެންދާނެއެވެ. މިގޮތުން ހިތަދޫއިން 90 ހެކްޓަރު ބިމާއި މަރަދޫ އަދި މަރަދޫފޭދޫއިން 16 ހެކްޓަރުގެބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުދެމުން ވެން އޫޑް ކުންފުނިން ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންކުރާނީ އެ ކުންފުނީގެ އަމިއްލަ ޑްރެޖަރެއް ކަމަށްވާ އެޗްއޭއެމް 318 ކަމަށެވެ. އަދި އެ ޑްރެޖަރު ވަރަށް އަވަހަށް މަސައްކަތްކުރާ ސަރަހައްދަށް ގެންދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ވެން އޫޑް ކުންފުނިން ބުނީ މި މަސައްކަތަށް ވެލި ނަގަން އައްޑޫގެ ފަޅު ތެރެއިން ދެ ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައި ކަމަށެވެ. އަދި މި ހުރިހާ ތައްޔާރީތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވެން އޫޑް ކުންފުނިން ބުނެއެވެ.

މި މަސައްކަތުގެ ތެރެއިން ބިން ހިއްކުމުގެ އިތުރުން ކޯސްޓަލް ޕްރޮޓެކްޝަންގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިގޮތުން ގަލާއި ޖިއޯޓެކްސްޓައިލް ބޭނުންކޮށްގެން ގޮނޑުދޮަށް ހިމާޔަތްކުރެވިގެންދާނެއެވެ.

އައްޑޫ މަސައްކަތަކީ އައްޑޫ ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ކުރިއަށްގެންދާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ މުހިންމު ބައެކެވެ. މި މަސަައްކަތުގެ ތެރެއިން މޫސުމީ ބަދަލުތަކާއެކު ކުރާނެ އަސަރުތަކަށް މަސައްކަތްކުރެވި، އައްޑޫ ސިޓީއަކީ އިގްތިސާދީ ހަބަކަށް ހަދައި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ހެދިގެންދާނެއެވެ.

18 މަސްދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ޖުމްލަ އަގަކީ 1.3 ބިލިއަން ރުފިޔާއެވެ.

މި މަސައްކަތުގެ ތެރެއިން އައްޑޫގެ ތިމާވެއްޓަށް ގެއްލުންވެދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު މިކަމާއި ގުޅިގެން ވެން އޫޑް ކުންފުނިން ބުނީ މި މަސައްކަތުގެ ތެރެއިން އައްޑޫގެ ނާޒުކު ތިމާވެއްޓަށް ގެއްލުންނުވާނެ ގޮތަކަށް މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތްތައް ބަލަމުންގެންދާ ކަމަށެވެ. މީގެ ތެރެއިން މި މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައިވާ ސަރަހައްދުތަކުގައި ހުރި މުރަކަތައް އެހެން ތަނެއްގައި އިންދުމުގެ މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށްފައިވެއެވެ. މި މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ވެން އޫޑް ކުންފުނިން ވަނީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ އެކި މަޝްރޫއުތައް ކުރިއަށްގެންގޮސްފައެވެ. މިގޮތުން ރާއްޖޭގެ ތަރައްގީއާއި އިގްތިސާދަށް ހެޔޮ އަސަރު ކުރާނެ އެތައް ޕްރޮޖެކްޓެއް އެކުންފުނިން ހިންގާފައިވެއެވެ.

އައްްޑޫ ސިޓީވެން އޫޑްޕްލޭނިން މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ

24 ނޮވެމްބަރު 2025
އައިއެމްޑީސީގައި ސިޒޭރިއަން އަށްފަހު މީހަކު ނިޔާވެއްޖެ
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
14 ނޮވެމްބަރު 2025

މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި

14 ނޮވެމްބަރު 2025
މޯލްޑިވިއަން A330 އައްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި ޕީއެންސީ ޖަލްސާ އަށް މީހުން ގެނެސްފި
14 ނޮވެމްބަރު 2025

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް