Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމު

ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ސިސްޓަމް ޓެސްޓްކޮށްފި

ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ވަނީ ގާއިމުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އެޕްރީލު 2022 | އަންގާރަ 23:49
ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކުރުމުގެ ތެރެއިން

ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކުރުމުގެ ތެރެއިން

ޑިޒައިން އެންޑް ބިލްޑް އުސޫލުން ފ.މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ، ސިސްޓަމް ޓެސްޓްކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސިސްޓަމް ޓެސްޓްކުރުމުގެ މަސައްކަތްކޮށްފައިވަނީ ފެނަކާއި އަލްޓެކް މޯލްޑިވްސްގެ އިތުރުން މަގޫދޫ ކައުންސިލާއި މިނިސްޓްރީންކަމަށެވެ. މި ދެ ސިސްޓަމް ޓެސްޓްކުރުމުގެ މަސައްކަތްކޮށްފައިވަނީ އޭޕްރީލް 17 އަދި 18 ވަނަ ދުވަހުއެވެ.

މަގޫދޫގައި ގާއިމު ކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް" އާއި އެއްގޮތަށް ޑީސެންޓްރަލައިޒްޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވިގެން ދާނެ ނިޒާމެއްކަމަށް މިނިސްޓްރީން ބުނެއެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރު ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރގެ 2 ޓޭންކު ވަނީ ގާއިމުކޮށްފައެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަން އާއި 4.2 ކިލޯމީޓަރގެ ފެނުގެ ވިއުގައެއް ގާއިމުކޮށްފައިވެއެވެ.

މި ދެ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްފަހު، ފެނާއި ނަރުދަމާގެ ހިދުމަތް ދޭނެ ފަރާތަކާ ހަވާލުކުރުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން މިހާރު ދަނީ ކުރަމުންކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

ފ.މަގޫދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް އަލްޓެކް މޯލްޑިވްސް އާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާގޮތަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފުބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެވައުދުގެ ދަށުން ފެނާއި ނަރުދަމާ ނޭޅި ހުރިހުރިހާ ރަށެއްގައި އެ ދެނިޒާމު ގާއިމުކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ.

ފ. މަގޫދޫޕްލޭނިން މިނިސްޓްރީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 ސެޕްޓެމްބަރު 2025
މަގޫދޫ އެއާޕޯޓު 1 އަހަރުތެރޭ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
03 އެޕްރީލު 2024

ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު

03 އެޕްރީލު 2024
ކޮއްކޯފުޅު މަޖިލީހަށް ގެނައުމަށް އެއަރޕޯޓް ބަދަލުކުރުމަކީ އިންވެސްޓަރ ކޮންފިޑެންސް ގެއްލުވާލުން - ފައްޔާޒު
01 އެޕްރީލު 2024

މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސްގެ ކޮއްކޯފުޅަށްޓަކާއެއް ނޫން: ޕީއެންސީ

01 އެޕްރީލު 2024
މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވަނީ ރައީސްގެ ކޮއްކޯފުޅަށްޓަކާއެއް ނޫން: ޕީއެންސީ
01 އެޕްރީލު 2024

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން އިދިކޮޅު މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި

01 އެޕްރީލު 2024
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން އިދިކޮޅު މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި
01 އެޕްރީލު 2024

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓުވާލީ ރައީސްގެ ބާރުތައް ޤާނޫނާއި ޚިލާފަށް ބޭނުންކޮށްގެން އާއިލީ އަދި ސިޔާސީ މަންފާ ހޯދުމަށް- މެންބަރު ހަލީމް

01 އެޕްރީލު 2024
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓުވާލީ ރައީސްގެ ބާރުތައް ޤާނޫނާއި ޚިލާފަށް ބޭނުންކޮށްގެން އާއިލީ އަދި ސިޔާސީ މަންފާ ހޯދުމަށް- މެންބަރު ހަލީމް
01 އެޕްރީލު 2024

މަގޫދޫ އެއާޕޯޓް ހުއްޓާލުމުން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ސަރުކާރު މެންބަރުން ބޭނުމެއް ނުވި

01 އެޕްރީލު 2024
މަގޫދޫ އެއާޕޯޓް ހުއްޓާލުމުން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ސަރުކާރު މެންބަރުން ބޭނުމެއް ނުވި
01 ޑިސެމްބަރު 2023

ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން

01 ޑިސެމްބަރު 2023
ފުށިދިއްގަރުފަޅު ހިއްކަނީ ފ. އަތޮޅު ވިއްކާލާ އެ އަތޮޅު ރައްޔިތުން ބަދަލުކުރަން
14 ނޮވެމްބަރު 2023

މަގޫދޫ އެއަރޕޯޓް ހިންގަން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއަށް

14 ނޮވެމްބަރު 2023
މަގޫދޫ އެއަރޕޯޓް ހިންގަން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީއަށް
24 އޮކްޓޯބަރު 2023

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފި

24 އޮކްޓޯބަރު 2023
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފި
12 އޮކްޓޯބަރު 2023

އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
އަމީނީ މަގުގެ މަސައްކަތް މި ދައުރުގައި ނިންމައެއްނުލެވޭނެ: ޕްލޭނިންގ މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު