Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭތައް ފަށައިފި

އެއްގަމާއި ކަނޑުގައި ސަރވޭތައް ވަނީ ފަށާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2022 | ހޯމަ 09:54
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ވަނީ ފަށާފައި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ވަނީ ފަށާފައި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖުގެ ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައް ފަށައިފިއެވެ.

ޖިއޯ ޓެކްނިކަލް ސަރވޭގެ މަސައްކަތްތައް ފެށުމަށްޓަކައި ސާމާނުތައް ގެންނަން ފެށީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ ބްރިޖުގެ މަސައްކަތް ހަވާލުކޮށްފައިވާ އެފްކޮންސް އިންފްރާސްޓަރަކްޗަރގެ ޖިއޯޓެކްނިކަލް ސަބްކޮންޓްރެކްޓަރ ފުގްރޯ އެ މަސައްކަތް ކުރުމަށް އެއްގަމާއި ކަނޑުގައި މޮބިލައިޒް ކޮށްފައިވާ ކަމަށާއި، އެކަމަށް ބޭނުންވާ ދިރާސާތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން މަސައްކަތަށް ބޭނުންވާ އިތުރު ސާމާނު ސައިޓަށް މޮބިލައިޒް ކުރުމުގެ މަސައްކަތް އެފްކޮންސް އިންފްރާސްޓްރަކްޗަރއިން ކުރަމުން ގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ނުވަތަ ތިލަމާލެ ބްރިޖު އެޅުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުއެވެ.

ސަރވޭގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗަރގެ ސަބްކޮންޓްރެކްޓަރެއް ކަމަށްވާ ފޯރސައިޓް ސާރވެއާސްއާއި ހަވާލުކޮށްގެންނެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ސާރވޭ ބޯޓަށާއި އެސަރަހައްދުގައި މަސައްކަތްކުރާ ޑައިވަރުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނަށާއި، އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު އޮޕަރޭޓްކުރާ ފަރާތަކަށް އަންގާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާ ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެ ގުޅުވާ ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް އަޅާ ބުރިޖެވެ.

މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިނަކީ ލޯނުތަކާއި ޚިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ. އިންޑިއަން އެގްޒިމް ބޭންކުން ބްރިޖް އެޅުމަށް ނަގާ ލޯނަކީ، 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 1.57 އިންސައްތަ އިންޓަރެސްޓާއެކު ލިބިފައިވާ ލޯނެކެވެ. ލޯނު ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރެވެ. ލޯނު އަނބުރާ ދައްކަން މުޅިއެކު 20 އަހަރު ލިބޭނެއެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިމާލެ ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ސާލިހުގެ ސަރުކާރުން، އެ މަޝްރޫއެއްގެ މަސައްކަތް، ދެ އަހަރުގެ ތެރޭގައި، ނިންމަން އަމާޒު ހިފާފައިވާ، މި ބިޔަބޮޑު މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ބޮޑު މަޝްރޫއަށެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫއު ނިންމަން ލަނޑުދަނޑި ކަނޑައަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫއު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.

ތިލަމާލެ ބްރިޖްޕްލޭނިން މިނިސްޓްރީސަރވޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖްގެ މަޝްރޫއުގެ 35.53 އިންސައްތަ މަސައްކަތް ނިމިއްޖެ

20 މާރިޗު 2024
ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު

ތިލަމާލެ ބުރިޖު ވިލިމާލެއާ ގުޅާލައި ނިމޭނީ 2025ގައި، އެއްކޮށް 2026ގައި ނިމޭނެ: ވަޒީރު

23 ނޮވެމްބަރު 2023
ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު

ބުރިޖުގެ ކޮލިޓީއާމެދު ކަންބޮޑުވުމެއް ނެތް: މުއްތަލިބު

23 ނޮވެމްބަރު 2023

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު