Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ރައްޔިތުންނަށް ދޭ 3000 ގޯތި

މާލެ ރައްޔިތުންނަށް ހުޅުވާލި 3000 ގޯއްޗަށް ކުރިމަތިލެވޭ ޝަރުތުތަކާއެކު ތަފްސީލު އާންމުކޮށްފި

26 ޖޫން 2022 | އާދީއްތަ 11:24

މި ސްކީމުން ގޯތި ހޯދަން އެދި ވަކި ފަރުދަކަށް ނުވަތަ އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއް ވެސް ހުށަހެޅިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 ޖޫން 2022 | އާދީއްތަ 11:24
3000 ގޯތީގެ ތަފްސީލު އަދި ކުރިމަތިލެވޭނެ ގޮތުގެ މައުލޫމާތު ވަނީ އާންމުކޮށްފައި

3000 ގޯތީގެ ތަފްސީލު އަދި ކުރިމަތިލެވޭނެ ގޮތުގެ މައުލޫމާތު ވަނީ އާންމުކޮށްފައި

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު އާންމުކޮށްފިއެވެ.

މި އުސޫލުގެ ތެރޭގައި ގޯތި ލިބޭނެ ގޮތްތަކާއި، ޝަރުތުތަކާއި ލިބޭ ގޯތީގެ ސައިޒްތައް ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

މި ސްކީމުން ގޯތި ހޯދަން އެދި ވަކި ފަރުދަކަށް ނުވަތަ އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއް ވެސް ހުށަހެޅިދާނެއެވެ. އެޕްލިކެންޓްގެ ގޮތުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެވެސް ޝަރުތު ހަމަވާންވާނެއެވެ.

ބިންވެރިޔާ ސްކީމަށް ހުށަހަޅާ ފަރާތްތަކުން ދޫކޮށްލާ ބިމާ މެދު އަމަލުކުރާނެ ގޮތްތަކުގެ ތެރޭގައި ހިމެނެނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ބިމުން އެމީހާ ދޫކޮށްލާ ބައި ލިބޭނީ ބިމުގެ ދެންތިބި ބެހެނިވެރިންނަށެވެ. ނުވަތަ ބިން ނިސްބަތްވާ ހުރިހާ ބެހެނިވެރިން ދޫކޮށްލުމުން އެބިން ލިބޭނީ މި ބިން ހިންގާ ފަރާތަށެވެ. އަދި ތިމާގެ ނަމުގައި އެކަނި ރަޖިސްޓްރީކޮށްފައި އޮންނަ ބިން ދޫކޮށްލުމުން އެ ބިން ލިބޭނީ މި ޕްރޮގްރާމް ހިންގާ ފަރާތަށެވެ.

ބަންޑާރަ ގޯއްޗަކުން ބިމުން ބަހައިގެން ލިބެން އޮންނަ ބައި ދޫކޮށްލުމުން އެބައި ލިބޭނީ އެ ބިމުގެ ދެންތިބި ވާރިސުންނަށެވެ.

ގޯތި ލިބޭ ފަރާތް ކަނޑައެޅުމަށްޓަކައި، ފޯމްތައް އިވެލުއޭޓް ކުރުމުގެ ބޭނުމަށް، އެކިއެކި ކެޓަގަރީތަކަށް ފޯމުތައް ބަހައިލެވޭނެއެވެ. އެހެންނަމަވެސް އެ ކެޓަގަރީތަކަކީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އިސްކަންދޭނެ ތަރުތީބެއް ނޫނެވެ.

ގޯތި ދިނުމުގައި ބަލާނީ ގޯއްޗަށް އެދި ހުށަހެޅި ފަރާތުގެ މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަމަށާއި، އެ ފަރާތްތަކުގެ އާމްދަނީ އަދި އާއިލާގެ ހާލަތަށެވެ.

ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ކަންކަމުގެ ތެރެއިން ފުރަތަމަ އިސްކަންދޭނީ، އާއިލާއެއްކޮށް ނުވަތަ ގޯތީގެ ހުރިހާ ބެހެނިވެރިން އެއްކޮށް ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ދެވަނައަށް އިސްކަންދޭނީ އާއިލާގެ މެންބަރުންގެ ތެރެއިން އެކަކަށް ވުރެ ގިނަ މީހުން އެކުގައި ނުވަތަ ގޯތީގެ ބެހެނިވެރިންގެ ތެރެއިން އެކަކަށް ވުރެ ގިނަ މީހުން އެކުގައި ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ތިން ވަނައަށް އިސްކަންދެވޭނީ އެކަނި ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ގޯތި ލިބޭނެ ބޮޑުމިން ކަނޑައަޅާނެ ގޮތަކީ، ކޮންމެ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އެޕްލިކޭޝަން ލާނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ. 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4000 އަކަފޫޓެވެ.

ގޯއްޗަށް އެދި ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ގޮތް

މާލެ ސިޓީހުޅުމާލެޕްލޭނިން މިނިސްޓްރީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް