Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދޮށީ އުމުރުގެ މީހުން

އޭޖްޑް ކެއަރ މޯލްޑިވްސް: ދޮށީ އުމުރުގެ މީހުން ހިނިތުން ކުރުމުގައި 17 އަހަރު

އެ ޖަމިއްޔާއިން ދޮށީ އުމުރުގެ މީހުނަށް އުފާވެރި މާހައުލެއް ގާއިމްކޮށްދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 18:59
ދޮށީ އުމުރުގެ މީހުންތަކެއް

ދޮށީ އުމުރުގެ މީހުންތަކެއް

އުމުރުން ދުވަސްވެފައިވާ މީހުން މަގުމަތިވުން ނުވަތަ އަޅާލާނެ ބަޔަކު ނެތި ބާކީވުމުގެ މައްސަލައަކީ މިހާރު މި މުޖުތަމައުން އާންމުކޮށް ފެންނަ މަންޒަރެކެވެ. ރާއްޖޭގެ އާބާދީއަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް މަތިވަމުންނެވެ. ކަމާބެހޭ އިދާރާތަކުން 2020 ވަނަ އަހަރު ބެލި ބެލުމުން އުމުރުން ދުވަސްވީ 18،178 މީހުން ރާއްޖޭގައި ތިބިކަން ވަނީ ދެނެގަނެވިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ އަށްވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނެވެ.

މި 18،000 މީހުންގެ ތެރެއިން ލޯތްބާއި އަޅާލުން ލިބިގެން، އުފަލުގައި ދިރިއުޅެމުން ދަނީ ކިހާ ބައެއްކަންވެސް އެނގޭނީ އެމީހުންގެ ކައިރިއަށް ޒިޔާރަތްކޮށްލައި، ކަންކަން ހުރި ގޮތް ބަލާލީމައެވެ. މިހާރު ރާއްޖެއިން އާންމުކޮށް ފެންނަ މަންޒަރަކީ މައިންބަފައިން ބަލި ތަންމަތީގައި އޮންނަންޖެހޭ ދުވަހު އެމީހުން ބަލަން ބިދޭސީންނާ ހަވާލުކޮށް އާއިލާގެ މީހުންނާވެސް ދުރުކޮށްގެން ގެންގުޅޭ މަންޒަރެވެ. މިފަދަ މާހައުލުތަކުގައި ދޮށީ އުމުރުގެ ދުވަސްތައް ހޭދަކުރަން ޖެހުމުން ސިއްހީ މައްސަލަތަކާއި އަދިވެސް މިނޫން އެކި މައްސަލަތައް ދިމާވުމަށް މަގުފަހިވެއެވެ. ތިމާގެ މަންމަ ނުވަތަ ބައްޕަ މިފަދަ ހާލަތަކަށް ދިޔަ ނުދޭން މަސައްކަތްކުރުމަކީ ތިމާގެ ޒިންމާއެކެވެ. އެހެންނަމަވެސް ސަރުކާރުން ނުވަތަ ޖަމިއްޔާ ޖަމާއަތްތަކުން މިކަންކަން ބެލުމަކީ މިއީ އެހެން ގައުމުތަކުގައިވެސް ކުރާ ކަންކަމެވެ.

މިގޮތަށް އުމުރުން ދުވަސްވީ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާ ބައެއްގެ ގޮތުގައި ރާއްޖެއިން ފާހަގަކޮށްލެވޭ އެއް ޖަމިއްޔާއަކީ އޭޖްޑް ކެއަރ މޯލްޑިވްސްއެވެ. މި ޖަމިއްޔާ އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައިވަނީ "މަންފާ ސެންޓަރ އޮން އޭޖިން"ގެ ނަމުގައި މިނިސްޓްރީ އޮފް ހެލްތުގައި 2004 ވަނަ އަހަރުއެވެ. އެއަށްފަހު 2008 ވަނަ އަހަރު "އޭޖްޑް ކެއަރ މޯލްޑިވްސް"ގެ ނަމުގައި އެ ޖަމިއްުޔާ ރަޖިސްޓްރީކޮށްފައިވެއެވެ. މި ޖަމިއްޔާއަކީ ފައިދާއަކާ ނުލާ ހިންގާ ޖަމިއްޔާއަކަށްވާއިރު، މި ޖަމިއްޔާ ހިންގާތާ މިހާރު ވަނީ 17 އަހަރު ވެފައެވެ. އޭޖްޑް ކެއަރ މޯލްޑިވްސްއަކީ އިންޓަރނޭޝަނަލް ފެޑަރޭޝަން އޮން އޭޖިންގ ގެ މެމްބަރެކެވެ. ޑަބްލިއުއެޗްއޯ މެދުވެރިކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެލްތް ފައުންޑޭޝަން އެވޯޑުވެސް އެ ޖަމިއްޔާއަށް ލިބިފައިވެއެވެ.

އޭޖްޑް ކެއަރ މޯލްޑިވްސްއިން މަސައްކަތްކުރަނީ ދޮށީ އުމުރުގެ މީހުންނަށް ވީހާވެސް ގިނަދުވަހު ސިއްހަތު ރަގަޅަށް، ހަރަކާތްތެރިވެ އުޅެވޭ އަދި ހިތްހަމަޖެހޭ ހާލަތެއްގައި ދުވަސްތައް ހޭދަކުރުމަށް އެހީތެރިވެދިނުމެވެ. މިކަމަށްޓަކައި އޭޖްޑް ކެއަރއިން ޔޯގާ ފަދަ ލުއިކަސްރަތު ޕްރޮގްރާމް ހިންގުމާއި، އެއްފުރާ މީހުންނާ ބައްދަލުކޮށް އުޅެވޭ މާހައުލެއް ގާއިމުކޮށްދިނުމާއި، ދަތުރު ދިޔުމާއި، މައުލޫމާތާއި ހުނަރު މެދުވެރިކޮށް ސިކުނޑި ތާޒާކޮށް ބެހެއްޓޭނެ ފަދަ ޕްރޮގްރާމްތައް ހިންގައެވެ. މީގެ އިތުރުން ގޭގައި ތިބޭ ދޮށީ އުމުރުގެ ބަލި މީހުންނަށް ޒިޔާރަތްކޮށް، އާއިލާއަށް އެފަދަ މީހުން ބެލެހެއްޓުމުގައި އެހީތެރިވެ ދިނުމާއިއެކު ތަމްރީން ކުރުން ހިމެނެއެވެ. އަދި އެހެނިހެން މުއައްސަސާތަކާ ބައިވެރިވެގެން އުމުރުން ދުވަސްވުމާ ބެހޭގޮތުން ޒުވާނުންނަށާއި އެހެނިހެން ފަރާތްތަކަށް މައުލޫމާތު ދިނުމާއި، ސްޕޮންސަރުންގެ އެހީގައި އަތޮޅުތެރެއަށް ގޮސް އަތޮޅުތެރޭގައިވެސް މި މަސައްކަތްތައް ކުރެއެވެ.

އޭޖްޑް ކެއަރ މޯލްޑިވްސްގެ މި ޚިދުމަތްތައް ހޯދުމަށް ފޯމެއް ފުރަންޖެހެއެވެ. އެއަށްފަހު އެމީހެއްގެ ހާލަތު ބެލުމަށް އެސެސްމެންޓުތަކެއް ހަދައެވެ. މި ފޯމް ފުރުމުން އޭޖްޑް ކެއަރ މޯލްޑިވްސްގެ ފަރާތުން އެމީހެއްގެ ކަންކަން ގާތުން ބަލާނެއެވެ. މީގެ އިތުރުންވެސް އޭޖްޑް ކެއަރ މޯލްޑިވްސްގެ އަމިއްލަ އިސްނެގުމުގެ މަތިން ބައެއް ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ދޮށީ އުމުރުގެ މީހުންގެ ދިރިއުޅުމުގެ ހާލަތު އެ ޖަމިއްޔާއިން ވަރަށް ގާތުން ބަލާފައިވެއެވެ. މިގޮތަށް ބެލި ބެލުމުންވެސް ހިތްދަތިވާ މަންޒަރުތަކެއް ފެނުނު ކަމަށް އޭޖްޑް ކެއަރ މޯލްޑިވްސްއިން ބުނެފައިވެއެވެ. އަޅާލާނެ މީހަކު ނެތި ތިބި ގިނަ ބަޔަކު މާލެ ސަރަހައްދުން ފާހަގަކުރެވިފައިވެއެވެ. އެ ޖަމިއްޔާގެ ފަރާތުން ވަނީ މިފަދަ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އޭޖްޑް ކެއަރ މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި ދޮށީ އުމުރުގެ މީހުންނަށް ލޯތްބާއި އަޅާލުން ބޭނުންވާކަން މިހާރުގެ ޖީލަށް ދަސްވެފައެއް ނެތެވެ. އުމުރުން ދުވަސްވީ މީހުންގެ ބަހަކީ މިހާރު އެކުންދިންގެ ކައިރީގައި ވިކޭ ބަހެއް ނޫނެވެ. މިގޮތަށް މިކަން ކުރިއަށްދާނަމަ ދެން އަންނަން އޮތް ޖީލުތައްވެސް ދާނީ ހަލާކުވެގެންނެވެ. މިކަން މިގޮތަށް ވާން ދޫކޮށްލެވޭކަށް ނެތެވެ. މިކަމަށް ހައްލެއް ގެނެވޭނީ ޅަ އުމުރުން ފެށިގެން މިކަންކަމަށް ކުދިން އަހުލުވެރިކޮށްގެންނެވެ. މިކަން ހައްލުކުރުމަށް ގޭތެރެއިންނާއި، ސްކޫލްތެރެއިންވެސް އެ ކުދިންނަށް މި ކަންކަން ދަސްކޮށްދޭންޖެހެއެވެ.

އޭޖްޑް ކެއަރ މޯލްޑިވްސްއުމުރުން ދުވަސްވީ މީހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ތުއްތުކުދިންނަށް ޚާއްސަ އެކި ހަރަކާތްތަކާއެކު، ޕީކް އެންޑް ޕްލޭ ޑޭކެއަރ

ތުއްތުކުދިންނަށް ޚާއްސަ އެކި ހަރަކާތްތަކާއެކު، ޕީކް އެންޑް ޕްލޭ ޑޭކެއަރ

02 ޑިސެމްބަރު 2023
އޭއައި ބޭނުންކޮށްގެން ހަދާފައިވާ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ދައުރު ކުރަނީ، ހޭލާކަށް ނުވޭތަ؟

އޭއައި ބޭނުންކޮށްގެން ހަދާފައިވާ، ފުރާވަރު އުމުރުގެ އަންހެން ކުދިންތަކެއްގެ ބަރަހަނާ މަންޒަރުތަކެއް ދައުރު ކުރަނީ، ހޭލާކަށް ނުވޭތަ؟

27 ސެޕްޓެމްބަރު 2023
ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށް މެދު އުމުރުގެ މަސައްކަތްތެރިންނާ ދިމާއަށް ޖަޕާނުން މިސްރާބު ޖަހަނީ

ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށް މެދު އުމުރުގެ މަސައްކަތްތެރިންނާ ދިމާއަށް ޖަޕާނުން މިސްރާބު ޖަހަނީ

24 ސެޕްޓެމްބަރު 2023
ދޮށީ އުމުރަށް ބަރުޖެހި، ޖަޕާނުގެ ސްކޫލުތައް "މަރުވަނީ"

ދޮށީ އުމުރަށް ބަރުޖެހި، ޖަޕާނުގެ ސްކޫލުތައް "މަރުވަނީ"

01 އެޕްރީލު 2023
ކޮރެއާއާ ދެކޮޅަށް ނުކުންނަ އުރުގުއޭ ޓީމުގައި އޮތީ އުމުރުގެ މައްސަލަ

ކޮރެއާއާ ދެކޮޅަށް ނުކުންނަ އުރުގުއޭ ޓީމުގައި އޮތީ އުމުރުގެ މައްސަލަ

24 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު