Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖަޕާން

ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށް މެދު އުމުރުގެ މަސައްކަތްތެރިންނާ ދިމާއަށް ޖަޕާނުން މިސްރާބު ޖަހަނީ

ބައިވެރިވާ ކުންފުނިތަކުގައި އިންޓާންތައް ހަ މަސް ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2023 | އާދީއްތަ 09:22
ޖަޕާނުގެ މިމަޝްރޫޢުގެ އަމާޒު ހިފާފައިވަނީ ޓެކްދާއިރާ ނޫން އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް

ޖަޕާނުގެ މިމަޝްރޫޢުގެ އަމާޒު ހިފާފައިވަނީ ޓެކްދާއިރާ ނޫން އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް

ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށް އެހީތެރިވުމުގެ ގޮތުން މެދު އުމުރުގެ މަސައްކަތްތެރިންނާ ދިމާއަށް ޖަޕާނުން މިސްރާބު ހިފައިފިއެވެ.

ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ، އެކަމާގުޅިގެން ކެރިއާ ޗޭންޖަރުންނަށް ޕައިލެޓް އިންޓާންޝިޕް ޕްރޮގްރާމެއް އަންނަ އަހަރު ފަށަން ނިންމާފައިވާ ކަމަށެވެ.

ޖަޕާނުގެ ލޭބާ މިނިސްޓްރީން އަލަށް ފެށި މި މަސައްކަތުގައި އަމާޒު ހިފައިފައިވަނީ ސޮފްޓްވެއާ އިންޖިނިއަރުންނާއި ޕްރޮގްރާމަރުންނަށް ވުމަށް ބައެއް ތަމްރީނުތައް ހާސިލްކޮށްފައިވާ، ޓެކްދާއިރާ ނޫން އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ.

ބައިވެރިވާ ކުންފުނިތަކުގައި އިންޓާންތައް ހަ މަސް ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ މުއްދަތުގައި ކަނޑައެޅިފައިވާ މެންޓަރުންނާއެކު ދިގު މުއްދަތަކަށް މަސައްކަތް ކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ޓްރަޔަލް އުސޫލުން ތައާރަފްކުރާ މި ޕްރޮގްރާމުގައި ގާތްގަނޑަކަށް 60 ކުންފުންޏަކުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ. އިންޓާންތަކަށް އެމީހުންގެ މަސައްކަތުގެ އުޖޫރަ ދޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 2030 ވަނަ އަހަރު ޖަޕާނަށް އަށް ލައްކައާ ގާތްކުރާ އަދަދަކަށް މަސައްކަތްތެރިންގެ ދަތިކަން ކުރިމަތިވާނެ ކަމަށް އެގައުމުގެ މިނިސްޓްރީ އޮފް އިކޮނޮމިކް، ޓްރޭޑް އެންޑް އިންޑަސްޓްރީއިން ލަފާކުރެ އެވެ. އާ ޕްރޮގްރާމުގެ މަގްސަދަކީ އާ ދާއިރާތަކަށް ވަނުމަށް އާންމުގޮތެއްގައި އުނދަގޫވާ، އުމުރުން ދުވަސްވީ މަސައްކަތްތެރިން ކުރިއެރުމުގެ ސިނާއަތްތަކަށް ދިއުމަށް ހިތްވަރުދީ، މި ދަތިކަމަށް ލުޔެއް ހޯދައިދިނުމެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ޓްރަޔަލްގައި އުމުރުން 35 އަހަރުން މަތީގެ ގާތްގަނޑަކަށް 2،400 މީހުން އިންޓާންޝިޕް ހަދާނެ ކަމަށް ބެލެވެ އެވެ. އެކަން ކާމިޔާބުވެއްޖެނަމަ ލޭބާ މިނިސްޓްރީގެ އަމާޒަކީ ފުލް ސްކޭލް ރޯލްއައުޓެއް ގެނައުމެވެ.

ޑިޖިޓަލް ދާއިރާއަކީ އިގްތިސާދީ ގޮތުން އިސްކަންދޭ ދާއިރާއެއް ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ދެކެވަޑައިގަންނަވާ އިރު، އެ ދާއިރާއިން ހުނަރުވެރިންނަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ލޭބާ މިނިސްޓްރީން 2024 ވަނަ އަހަރުގެ ބަޖެޓުގައި މީހުން ތަމްރީނު ކުރުމަށާއި އެހެނިހެން ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމަށް 200 ބިލިއަން ޔެން (ގާތްގަނޑަކަށް 1.35 ބިލިއަން ޑޮލަރު) އަށް އެދުނު އިރު، އޭގެ ތެރެއިން ބައެއް، އާ ޕްރޮގްރާމަށް ބޭނުންކުރާނެ އެވެ.

ޖަޕާނުގައި މެދު އުމުރުގެ މީހުންނާއި އުމުރުން ދުވަސްވީ ގިނަ މަސައްކަތްތެރިން ކެރިއަރަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ ލައިފްޓައިމް އެމްޕްލޯއިމަންޓާއި ސީނިއާ ބޭސްޑް ސިސްޓަމްތައް ފަދަ އާދަޔާ ޚިލާފު އާދަތައް ދަށަށް ދިއުމުގެ ސަބަބުން ނުތަނަވަސްކަން އިތުރުވަމުން ދާތީ އެވެ.

އުމުރުން 45 އަހަރާއި 64 އަހަރާ ދެމެދުގެ މީހުން ވަޒީފާ ބަދަލުކުރަން ނުވަތަ އެހެން ވަޒީފާއެއް އަދާކުރަން ބޭނުންވާ މީހުންގެ އަދަދު މިދިޔަ އަހަރު އެވްރެޖްކޮށް 3.46 މިލިއަނަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެގޮތުން ޕްރައިވެޓް ސެކްޓާގެ ގިނަ ކުންފުނިތަކަކުން ދަނީ މަސައްކަތްތެރިންގެ މެދުގައި ޑިޖިޓަލް މައުލޫމާތު އުފެއްދުމަށް އަމިއްލައަށް ފިޔަވަޅުތައް އަޅަމުންނެވެ.

ވިހިހާހަށްވުރެ ގިނަ ވައްޒަފުންގެ އަބާދީއެއް އޮންނަ ޖަޕާނުގެ އެއާލައިނެއް ކަމަށްވާ އޯލް ނިޕޯން އެއާވޭސް އިން މިދިޔަ މެއި މަހު ވަނީ އުމުރުން 50 އަހަރާއި 58 އަހަރާ ދެމެދުގެ މުވައްޒަފުންނަށް ރީ ސްކިލިން ޕްރޮގްރާމެއް ފަށައި، ޑިޖިޓަލް ހުނަރު ހޯދުމަށް ނުވަތަ އެކައުންޓިން ފަދަ ދާއިރާތަކުން ސެޓިފައި ވުމަށް ބާރު އަޅާފަ އެވެ. މީގެ އިތުރުން 1876 ވަނަ އަހަރު އުފެދުނު ޖަޕާނުގެ ބިޔަރު އުފައްދާ ކުންފުންޏެއް ކަމަށްވާ ސަޕޯރޯ ހޯލްޑިންގްސް އިންވެސް މިދިޔަ އަހަރު އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަކީ ޑިޖިޓަލް ކޮށް ގާބިލް ބަޔަކަށް ހެދުމުގެ އަމާޒެއް ކަނޑައަޅައި، ގާތްގަނޑަކަށް 6،000 މުވައްޒަފުންނަށް ތަމްރީނު ދީފައިވެ އެވެ.

އެ އިންޑަސްޓްރިއަލް ގުރޫޕަކީ އުމުރުން ދުވަސްވީ މުވައްޒަފުން ހިމެނޭ ގޮތަށް ކުންފުނިވައިޑް ރީ ސްކިލިންގައި އިސްކޮށް ހަރަކާތްތެރިވާ ގްރޫޕެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޓްނަސްގެ ދާއިރާގައި 27 އަހަރު، ފިޓް ބައި ނާހީ ނޭނގޭ މީހެއް ނުހުންނާނެ!

ފިޓްނަސްގެ ދާއިރާގައި 27 އަހަރު، ފިޓް ބައި ނާހީ ނޭނގޭ މީހެއް ނުހުންނާނެ!

03 މާރިޗު 2021
ސަރުކާރުގެ ޚިދުމަތްތައް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު، އެމީހަކު ހުރިތަނަކަށް ލިބޭނެގޮތް ހެދުމަކީ އުނދަގޫކަމެއް ނޫން!

ސަރުކާރުގެ ޚިދުމަތްތައް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ފަސޭހަކަމާއެކު، އެމީހަކު ހުރިތަނަކަށް ލިބޭނެގޮތް ހެދުމަކީ އުނދަގޫކަމެއް ނޫން!

01 ޑިސެމްބަރު 2020
އުމުރުން އެންމެ 14 އަހަރުން ފެށިގެން ކެއްކުމުގެ ދާއިރާގައި ލަޔާން

އުމުރުން އެންމެ 14 އަހަރުން ފެށިގެން ކެއްކުމުގެ ދާއިރާގައި ލަޔާން

07 ސެޕްޓެމްބަރު 2020
މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި މުހިއްމު ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް!

މަޖިލީހުގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަކީ މީޑިއާ އާއި ތައުލީމީ ދާއިރާގައި މުހިއްމު ހިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެއް!

04 ސެޕްޓެމްބަރު 2020
ފުރަތަމަ އޮންލައިންކޮށް ބޭއްވި ޖަލްސާ: ދާއިރާގައި ތިއްބަވައިގެން މެންބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު

ފުރަތަމަ އޮންލައިންކޮށް ބޭއްވި ޖަލްސާ: ދާއިރާގައި ތިއްބަވައިގެން މެންބަރުންނަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ ފުރުސަތު

30 މާރިޗު 2020

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު