Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީކް އެންޑް ޕްލޭ ޑޭކެއަރ

ތުއްތުކުދިންނަށް ޚާއްސަ އެކި ހަރަކާތްތަކާއެކު، ޕީކް އެންޑް ޕްލޭ ޑޭކެއަރ

މި ޑޭކެއަރ ސެންޓަރުގައި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ނިދާ ކޮޓަރި ހުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ޑިސެމްބަރު 2023 | ހޮނިހިރު 10:30
ޕީކް އެންޑް ޕްލޭ ޑޭކެއަރގެ ޚިދުމަތް މިހާރު ވަނީ ފަށާފައި

ޕީކް އެންޑް ޕްލޭ ޑޭކެއަރގެ ޚިދުމަތް މިހާރު ވަނީ ފަށާފައި

ޕީކް އެންޑް ޕްލޭ ޑޭކެއަރ ސެންޓަރަކީ ކުޑަކުދިން މުނިފޫހިފިލުވައި، އެކިކަހަލަ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ ޑޭކެއަރ ސެންޓަރެކެވެ.

ތިން ގިންތިއެއްގެ އުމުރުފުރާއަކަށް މި ޑޭކެއަރއިން ޚިދުމަތްދޭއިރު، ހަ މަހުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިން އޭގެތެރޭގައި ހިމެނެއެވެ.

އަމީނީމަގާ ގުޅިފައިވާ "މެޓަލް ސައިން" ގޯޅިތެރޭގައި ހުންނަ މި ޑޭކެއަރ ސެންޓަރުގައި ކުޑަކުދިންނަށް ޚާއްސަ ކޮށްފައިވާ ނިދާ ކޮޓަރި ހުރެއެވެ. އެތަނުގައި ކުޑަކުދިންނަށް ކާންދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާއިރު، އެންމެ ތުއްތު ކުދިން ނިދުމަށް ވަކި ޚާއްސަ އޭރިއާއެއް ކަނޑައެޅިފައިވެއެވެ.

ޑޭކެއަރ ސެންޓަރުގައި މުނިފޫހިފިލުވައި، ކުޅިވަރުތައް ކުޅުމަށް ގާއިމުކޮށްފައިވާ އެކި ސްޓޯލްތަކަށް ބަލާއިރު، ކްލިނިކާއި، ޕެޓް ސްޓޯރ އަދި ސުޕަމާކެޓާއި، ގަރާޖަކާއި، ފޮތް ކިޔާ ތަނެއްވެސް ހިމެނެއެވެ.

އޭގެ އިތުރުން، މަގުމަތީގެ ގަވާއިދުތައް ދަސްކޮށްދިނުމަށްވެސް ޚާއްސަ ޓްރެކެއް ހުރެއެވެ.

މިއީ ކުދިން ބޮޑުވަމުން އަންނައިރު އެކުދިންގެ އިޖުތިމާއީ ހުނަރުތައް ތަރައްގީކޮށް، އެކުވެރިކަން ބަދަހިކުރުމަށް ރަނުގެ ފުރުސަތަކަށްވެސް ވެގެންދާނެއެވެ.

ޑޭކެއަރގެ މި ޚިދުމަތް އިތުރަށް ފުރިހަމަކޮށްދެނީ ކުދިންނަށް ކެއުމަށް ޚާއްސަކޮށްފައިވާ ކަސްޓަމައިޒް މެނޫތަކުންނެވެ.

މި ތަނުގައި ސާފުތާހިރުކަމަށްވެސް ޚާއްސަ އިސްކަމެއްދޭއިރު، ކޮންމެ ދުވަހަކުވެސް ދުވަސް ފެށޭއިރާއި ދުވަސް ނިންމާލާއިރު މުޅި ތަން އެއްކޮށް ސާފުކުރެއެވެ.

އޭގެ އިތުރުން، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަނުގެ މުވައްޒަފުން ދޭ އަހައްމިއްޔަތުކަމުގެ އިތުރުން، މުޅި ތަނުގައި ހަރުކުރެވިފައިވާ ސީސީޓީވީތައްވެސް މުހިއްމު ރޯލެއް އަދާކުރެއެވެ.

މިއީ އެކި ވަޒީފާތަކުގައި އަވަދިނެތި އުޅޭ ބެލެނިވެރިންނަށްވެސް، އިތުބާރާއެކު ޚިދުމަތް ލިިބިގަނެވޭނެ ޑޭކެއަރ ސެންޓަރެކެވެ. އެގޮތުން ކުދިން ޑޭކެއަރގައި ހޭދަކުރަންޖެހޭ ވަގުތުތަކާއި، ކުދިންގެ އުމުރަށް ބަލައި، ކަސްޓަމައިޒް ޝެޑިއުލްތައްވެސް ޕީކްއެންޑް ޕްލޭ ޑޭކެއަރ ސެންޓަރުން ހަަދައިދެއެވެ.

ކުޑަ ކުދިން

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2024

ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރު މިނިވަން ކޮށްފި

18 ޑިސެމްބަރު 2024
ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރު މިނިވަން ކޮށްފި
05 ޑިސެމްބަރު 2024

ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރަކަށް ދައުވާ ކުރުމަށް ފޮނުވައިފި

05 ޑިސެމްބަރު 2024
ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރަކަށް ދައުވާ ކުރުމަށް ފޮނުވައިފި
23 ނޮވެމްބަރު 2024

ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ

23 ނޮވެމްބަރު 2024
ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ
02 އޮކްޓޯބަރު 2024

ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ބަލަނީ

02 އޮކްޓޯބަރު 2024
ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ބަލަނީ
26 އޯގަސްޓު 2024

ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

26 އޯގަސްޓު 2024
ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު