Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔޭގެ އިސްރަށްވެހިންގެ ދުވަސް

ކުރިއަށްދާ ވަރަކަށް ފަހަތަށްދާ އުމުރު

އިސްރަށްވެހިންނަކީ ބައެއް ފަހަރު ބޭކާރު ބަޔެކޭ ނުވަތަ ބޭނުން ނެތް ބަޔެކޭ މުޖުތަމައުގެ ބައެއް ފަރުދުންނަށް ހީކުރެވޭތަން އާދޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2021 | ހުކުރު 10:55
ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ

ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ

އިންސާނާގެ އުމުރަކީ ކުރު އެއްޗެކެވެ. ދުނިޔޭގައި ހޭދަކޮށްލަން މި ލިބޭ މަދު ދުވަސްކޮޅުގައި އަމަލުތައް ސީދާކޮށް ހެޔޮގޮތުގައި ދިރިއުޅެން ވޭތު ކުރެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. މީހުންނަށް އިޚްތިރާމް ކުރުމާއި އެހެން މީހުންނަށް ކަމޭ ހިތުން ފަދަ ކަންތައްތަކަކީ ވަރަށް އާދައިގެ ނަމަވެސް ކުރަން ޖެހޭ ކަންތައްތަކެވެ. އެކަންތައްތަކުގެ ސަބަބުން ހިތަށް ހިތްހަމަޖެހުން ވެސް ލިބޭ ކަންތައްތަކެވެ. ހަމަ އެފަދައިން އިސްރަށްވެހިންނަށް އިޚްތިރާމް ކުރުމަކީ ވެސް މިފަދަ ކަމެވެ. ކުރަން ލާޒިމު ވެސް ކަމެކެވެ.

އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އިސްރަށްވެހިންގެ ދުވަހެވެ. އިސްރަށްވެހިންނަކީ ބައެއް ފަހަރު ބޭކާރު ބަޔެކޭ ނުވަތަ ބޭނުން ނެތް ބަޔެކޭ މުޖުތަމައުގެ ބައެއް ފަރުދުންނަށް ހީކުރެވޭތަން އާދެއެވެ. އެހެންނަމަވެސް ގަބޫލުކުރަންވީ ހަގީގަތަކީ ގައުމު ބިނާކުރުމަށާއި ހެޔޮ ލަފާ ޖީލެއް ބިނާކުރުމަށް އެންމެ އިސް ދައުރެއް އަދާ ކުރި މީހުންނަކީ އެމީހުން ކަމެވެ. މިއަދު އެމީހުން އުމުރުން ދުވަސްވެ، ގައިގެ ބާރު ދެރަވެ، އެނދުމަތިވި ނަމަވެސް އެމީހުން ވެސް އެހިސާބަށް ގޮސް އެތިބީ އަހަރުމެން ފަދައިން ޒުވާން އުމުރު ފަހަނައަޅާ ގޮސްފައެވެ. ތަޖުރިބާގެ ގޮތުން ބެލިޔަސް އެމީހުންނަކީ ނަން ކިޔާލެވޭ ފެންވަރުގެ މީހުންނެވެ. ހަގީގަތަށް ބުނާނަމަ އިސްރަށް ވެހިންނަކީ ކޮންމެ ޤައުމެއްގެވެސް އަގުބޮޑު ރައުސްމާލުތަކެކެވެ. މާޒީއަކީ މުސްތަޤުބަލުގެ މޫނުބަލާ ލޯގަނޑޭ ބުނާ ބީދައިން އެމީހުންގެ ތަޖުރިބާއަކީ މިއަދުގެ ޖީލުތައް ބިނާ ކުރުމަށް ނުހަނު އަގުބޮޑު އެއްޗެއްވެސް މެއެވެ.

އެހެންނަމަވެސް މި ރައުސްމާލާ ދޭތެރޭ މަދުން ނަމަވެސް ފަރުވާ ކުޑަކުރެވޭތަން އެބައާދެއެވެ. އަޅާނުލެވޭ ތަން އެބައާދެއެވެ. އަހަރުމެން ކުޑައިރު އިނގިލީގައި ހިފައިގެން އެމީހުން އަހަރުމެންނަށް މަގު ދައްކައެވެ. މަގުން ކައްސާލައިފިނަމަ ހެޔޮ މަގަށް އަނބުރާ ރުޖޫއަވަންދެން، އަލިމަގު ދައްކާ އެމަގަށް ދިޔުމަށް ހިތްވަރުދެއެވެ. އެކަމަކު މިއަދު އެމީހުން އަހަރުމެންގެ އިނގިލީގެ ހިފަން ބޭނުންވުމުން، އެ އިނގިލި ދިއްކޮށް ނުލެވޭތާ އެމީހުން ދުނިޔޭގެ ދިރި ހުރިތޯ ވެސް ބަލާނުލެވެ. އެމީހުން މަރުވުމަށްފަހު ވަޅުލުމުން ތިންމުށް ވެލި ލާންވެސް ނުދެވޭ މީހުން އެބައުޅެއެވެ. އެކަމަކު ތަރިކަ މުދަލުން ބައި ހޯދަން ވުމުން ކޯޓުގެ ދޮރުމައްޗަށް އެބަ ދެއެވެ. މިއީ ލަދުގަންނަން ޖެހޭ ކަމެކެވެ.

ގިނަ ފަހަރަށް އެމީހުންނާމެދު ވެވޭ އިހުމާލު ބޮޑެވެ. އިސްރަށްވެހިން ބާކީ ކޮށްލެވޭތަން އެބަ އާދެއެވެ. އެމީހުންގެ އުމުރު މައްޗަށް ދިޔުމުން އުމުރުގެ ދެން ބާކީ އޮތް ބައިގައި ވެސް އެމީހުން ބެލުމަކީ ބޮޑު ވޭނަކަށް ވެގެންދެއެވެ. ގިނަފަހަރަށް ސަރުކާރުން އެމީހުންނަށް ދޭ ފައިސާގެ ދަހިވެތި ކަމުގައި އެމީހުންނަށް ގޭގެ ކުޑަކޮޓަރިން ޖާގަ ދޭ ތަން ވެސް އެބަ ފެނެއެވެ. މިގޮތަށް އެމީހުންނަށް ލިބޭ ފައިސާގައި އެމީހުން ގެންގުޅޭއިރު ވެސް އެމީހުންނާއި ހިނިތުންވުމަށް ފަހު ހިތްހެޔޮކަމާއެކު ބަހެއް ނުބުނެވޭތާ، ބުނެލާ ރަހުމްކުޑަ ބަސްތަކުން އެމީހުންގެ އަޖަލު އަވަހަށް ޖެހިގެންދާނެ ނަމައޭ ހިތަށް އަރާ މީހުން ވެސް މަދެއް ނޫނެވެ. ދެ ފަހަރު އެއްކަމަކު އެމީހުން ބުނެފިނަމަ ކުނި މޫނު ދައްކައިގެން، އެއްތައް ހާސަރުތަކެއް ދެމުމަށްފަހު ނޫނީ އެބުނާ ކުޑަ ކަންތައް ވެސް ކޮށްދެވެނީ މަދު ފަހަރަކުއެވެ.

މިފަދައިން އިސްރަށްވެހިންނާއި ދޭތެރޭގައި އަމަލުތައް ބަހައްޓަނީ ހަގީގަތުގައި ވެސް ނުވިސްނޭ މީހުންނެވެ. އެމީހުންނަކީ ރަހުމެއް ކުލުނެއް، ހިތެއް އޮންނަ ބައެއް ނޫންބާއޭ ވެސް ހިތަށް އަރައެވެ. މިފަދަ މީހުންނަށް ނުވިސްނޭ އެއްކަމެއް ހަމަ ގައިމުވެސް އެބައޮތެވެ. އެއީ މި އިސްރަށްވެހިން ފަދައިން އެމީހުން ވެސް އެ ދުވަސް ދެކޭނެ ކަމެކެވެ. އެމީހުން ވެސް މުސްކުޅިވެ، ގައިބާރު ދެރަވެ، އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަމަށް ބޭނުންވާނެކަމެވެ. މީހުން ބުނެ އުޅެއެވެ. އެމީހަކަށް އިހުސާސް ވާނީ ހަމަ އެމީހަކަށް އެކަމެއް ދިމާވުމުންނެވެ. އެހެންކަމުން އެދުވަސް ތިމާއަށް އައުމުގެ ކުރިން މިއަދުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެބަ ޖެހެއެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ. އިސްރަށްވެހިންނަށް އެ ބޭނުންވާ ލޯތްބާއި ގަދަރާއި އިހްތިރާމު އެބަ ފޯރުކޮށްދޭން ޖެހެއެވެ. އެމީހުންނަކީ ވެސް މުޖުތަމައުއަށް މުހިންމު ބައެއްކަމުގެ އިހުސާސް ކޮށްދޭން އެބަޖެހެއެވެ.

އުމުރުން ދުވަސްވީ މީހުން

ކޮމެންޓް

އިތުރަށް ކިޔާލަން

"ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާއި ތިބެންވި ތަން ދައްކައިދިނީ އިސްރަށްވެހިން"

"ރޯޔަލް ޗެލްސީ ހޮސްޕިޓަލުން ޤައުމުތަކުގެ ވެރިންނަށް މަރުހަބާ ކިޔުމާއި ތިބެންވި ތަން ދައްކައިދިނީ އިސްރަށްވެހިން"

01 އޮކްޓޯބަރު 2022
އެޗްޑީސީން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަނީ

އެޗްޑީސީން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަނީ

30 ސެޕްޓެމްބަރު 2021
އޭޖްޑް ކެއަރ މޯލްޑިވްސް: ދޮށީ އުމުރުގެ މީހުން ހިނިތުން ކުރުމުގައި 17 އަހަރު

އޭޖްޑް ކެއަރ މޯލްޑިވްސް: ދޮށީ އުމުރުގެ މީހުން ހިނިތުން ކުރުމުގައި 17 އަހަރު

16 ސެޕްޓެމްބަރު 2021
އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

އުމުރުން 16 އަހަރުގެ ނީޝަން: ރާނައި ސިމެންތު ޖަހާ، ވަޑާންކޮށް ކަރަންޓްވައިރު ކުރޭ!

28 ޑިސެމްބަރު 2018
ވާވޭގެ ސީއެފްއޯ މެންގް ވަންޒޫ އެނގެނީ ކިހާވަރަކަށް؟

ވާވޭގެ ސީއެފްއޯ މެންގް ވަންޒޫ އެނގެނީ ކިހާވަރަކަށް؟

22 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު