Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ކޮރެއާއާ ދެކޮޅަށް ނުކުންނަ އުރުގުއޭ ޓީމުގައި އޮތީ އުމުރުގެ މައްސަލަ

އާއްމުކޮށް ފަސޭހަ އަދި މޮޅުވާންޖެހޭ މެޗުތަކުގައި އަލޮންސޯ ދެ ފޯވަޑުން ބޭނުންކުރޭ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2022 | ބުރާސްފަތި 10:02
އުރުގުއޭ ޓީމު ޓްރެއިނިންގައި

އުރުގުއޭ ޓީމު ޓްރެއިނިންގައި

އުރުގުއޭ އަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ޗެމްޕިއަން ޓީމެވެ. ނަމަވެސް މިޒަމާނުގެ ފުޓްބޯޅައިގައި އެމީހުންނަށް ހޯދުނު މާބޮޑު ކާމިޔާބީއެއް ނެތެވެ. މިހެންވެ އުރުގުއޭ އަށް ފާޑުކިއުންތައް އަމާޒުވެއެވެ. ހާއްސަކޮށް އެއް ސަރަހައްދެއްގައި ތިބެ ބްރެޒިލާ އާއި އާޖެންޓީނާ ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުން އުރުގުއޭއާ މެދު ނުތަނަވަސްވާ މީހުން ގިނައެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައިވީ މާބޮޑު ދަތިކަމެއްނެތިއެވެ. އެކަމަކު ވޯލްޑް ކަޕުގައި ކޯޗު ޑިއެގޯ އަލޮންސޯ ޓީމު ރާވާނެ ގޮތަކާ މެދު އަދިވެސް ބަހުސް ކުރެވެއެވެ. އާއްމުކޮށް އޭނާ ކުޅުވަނީ 4-3-3 އަށެވެ. އޭނާ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ފުރަތަމަ އެގާރައިގައި ހިމަނާނީ އުމުރުގެ ގޮތުން ކިހާ ދޮށީ ކިތައް ކުޅުންތެރިންކަމެއް ނޭނގުމުގެ މައްސަލައެވެ. އާއްމުކޮށް ފަސޭހަ އަދި މޮޅުވާންޖެހޭ މެޗުތަކުގައި އަލޮންސޯ ދެ ފޯވަޑުން ބޭނުންކުރެއެވެ. އެއީ އެޑިސަން ކަވާނީ އާއި ލުއިސް ސުއަރޭޒްއެވެ. އެކަމަކު އުމުރުން ދުވަސްވީ މި ދެ ފޯވަޑުން އެކުއެކީގައި ބޭނުންކުރުމަކީ ޓީމަށް ފައިދާހުރި ކަމެއް ނޫން ކަމުގެ ބަހުސްތަކަށް ކޯޗު ޖަވާބުދޭކަށް ބޭނުމެއް ނޫނެވެ. މީގެ އިތުރުން އުމުރުން 36 އަހަރުގެ ކެޕްޓަން ޑިއެގޯ ގޮޑިން ލައްވައި ކުޅުވާނީ ކޮންތާކަށްކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. ތަޖުރިބާކާރު ކީޕަރު ފެނާންޑޯ މުސްލޭރާ އަށް އަނިޔާވެފައިވާތީވެ އޭނާގެ ބަދަލުގައި ގޯލަށް ކުޅޭނެ މީހަކާމެދު ވެސް ހިލާފުތަކެއް އެބަހުރިއެވެ.

މިހެންވެ އުރުގުއޭ ޓީމު ތައްޔާރު ކުރުމުގައި ކޯޗަށް ގިނަ ދަތިތަކެއް އެބަހުރިއެވެ. ހާއްސަކޮށް ސީނިއާ ކުޅުންތެރިންގެ އުމުރުގެ މައްސަލަ އަކީ ހައްލުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ކަވާނީ އާއި ސުއަރޭޒަށް މިހާރު ހަނި ޖާގަތަކުން ދެމިގަނެ ކުރިންހާ ފަސޭހައިން ގޯލު ޖަހައި ނޫޅެވޭކަން ކޯޗު ގަބޫލުނުކުރި ނަމަވެސް އުރުގުއޭގެ ރައްޔިތުންނަށް މިކަން އެނގެއެވެ. އެންމެ ފަހުން ޓީމުގައި ވިދާނެ ކަމަށް ބެލެވުނު މިޑްފީލްޑަރު ރޮޑްރިގޯ ބެންޓެންކޫރަށް ވެސް އެކަށީގެންވާ ކުޅުމެއް އެންމެ ފަހުގެ މުބާރާތުގައި ވެސް ނުދެއްކުނެވެ. މިވަގުތު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ ޒުވާން ކުޅުންތެރިއަކީ ލިވަޕޫލްގެ ފޯވަޑް ނޫނޭޒްއެވެ. އެކަމަކު އޭނާ އަކީ ރުޅި އަތުވެއްޖެނަމަ ކާޑާ ރައްޓެހި ކުޅުންތެރިއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިބޫ އަށް ތާއީދު ކުރުމަށް އެ ނުކުންނަނީ ހާދަ ބައެކެވެ"

"އިބޫ އަށް ތާއީދު ކުރުމަށް އެ ނުކުންނަނީ ހާދަ ބައެކެވެ"

20 ސެޕްޓެމްބަރު 2018
އިބޫއާ ދެކޮޅަށް ދެއްކޭނެ ވާހަކަތައް ހުސްވީތަ؟

އިބޫއާ ދެކޮޅަށް ދެއްކޭނެ ވާހަކަތައް ހުސްވީތަ؟

29 އޯގަސްޓު 2018
ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!

ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!

15 ޖުލައި 2018
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު