Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީނުގެ ޝަރީޢަތް

ޤަވާއިދާ ޚިލާފު ހުރިހާ ފައިސާއަކީ ކަޅު ފައިސާއެއް ނޫން، އެއީ ވަރަށް ޚާއްސަ ފައިސާތަކެއް: ޔާމީން

ހުރިހާ ވިޔަފާރިއެއްގައި ޤަވާއިދާ ޚިލާފަށް ލިބޭ ފައިސާއަކީ ކަޅު ފައިސާ ނޫންކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2021 | ބުރާސްފަތި 12:05
ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށްދަނީ

ޤަވާއިދާ ޚިލާފަށް ލިބޭ ހުރިހާ ފައިސާއަކީ ކަޅު ފައިސާއެއް ނޫންކަމަށާއި, އެއީ ވަރަށް ޚާއްސަ ފައިސާތަކެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އެމަނިކުފާނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު އަޑުއެހުމުގައެވެ. އެގޮތުން މަނީ ލޯންޑަރިންގގެ ކޮންސެޕްޓަކީ ދިވެހިރާއްޖޭގެ އުފެއްދުމެއް ނޫންކަން ފާހަގަ ކުރައްވައި ވާހަކަ ފައްޓަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ކޮންވެންޝަންތަކެއްގެ އުފެއްދުމެއް ކަމަށެވެ. އެގޮތުން މަނީ ލޯންޑަރ ކުރުމާއި، މަނީ ލޯންޑަރިން ގެ ޢުންޞުރުތައް ރާއްޖޭގެ ޤާނޫނުގައި ބަޔާންކޮށް ނުދޭކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވަނީ މަނީ ލޯންޑަރިންގ، މަނީ ލޯންޑަރިންގއަކަށް ވާ ގޮތް ކިޔާދެއްވާފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ، ހުރިހާ ވިޔަފާރިއެއްގައި ޤަވާއިދާ ޚިލާފަށް ލިބޭ ފައިސާއަކީ ކަޅު ފައިސާ ނޫން ކަމަށެވެ. އަދި އެއީ ވަރަށް ޚާއްސަ ފައިސާތަކެއްކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެއީ ވަރަށް ޚާއްސަ ނުބައި މުޢާމަލާތްތަކުގެ ފައިސާ ކަމަށެވެ. އެގޮތުން "އިލިސިޓް ޓްރޭޑް"ގެ ގޮތުގައި ދުނިޔޭގައިވެސް ކަނޑައަޅާފައިވަނީ އިންސާނީ ވަގުފާރިއާއި، "ޑްރަގް ޑީލިންގ" އާއި، "ގަން ރަނިންގ" ފަދަ ކަންކަމުގެ ފައިސާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ޤާނޫނާ ޚިލާފު މުޢާމަލާތްތަކަކީ އެއީ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އެގޮތުން ބަލާއިރު މީހަކަށް ޓެންޑަރ ކޮށްގެން ޤަވާއިދާ ޚިލާފަށް އޭނާއަށް ލިބޭ ފައިސާ އެއީ މަނީ ލޯންޑަރިންގގެ ފައިސާއެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް ތަފާތު ދެ ބާވަތުގެ ކުށް ކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކަޅު ފައިސާއަކީ އިލިސިޓް ޓްރޭޑްގެ ތެރެއިން ކަނޑައަޅާ އެއްޗެއް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މުއާހަދާތަކުގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ޤާނޫނުތަކުގައިވެސް ޤާނޫނާ ޚިލާފު މުއާމަލާތްތައް ކަނޑައެޅުމުގައި އެ މުއާހަދާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، މަނީ ލޯންޑަރިންގ އަށް ފަށަލަ ކުރުމަކީ ކޮބައިކަމާއި، ފައިސާގެ އަސްލު އޮޅުވާލުން ފަދަ ކަންކަމާއި ގުޅޭ ޤާނޫނީ ނިންމުމެއް ނިންމަވާފައިވާ "ސެޓެލްޑް" ނިންމުމެއް ނެތްކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ޤާނޫނުތަކުގައި އެކަމުގެ ތަފްސީލުތަކެއްވެސް ނެތް ކަމަށެވެ. އަދި އެހެންވުމާއެކު، މިފަދަ މައްސަލަތައް ނިންމަވާއިރު ބައިނަލްއަޤުވާމީ މުޢާހަދާތަކަށް ރިޢާޔަތް ކުރަން އެބަޖެހޭ ކަމަށެވެ.

ރައީސް ޔާމީނު ވަނީ އެމަނިކުފާނަށް ލިބިވަޑައިގެން ފައިސާއާ ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ދައުލަތުން ހުށައެޅި އެއްވެސް ލިއެކިއުމެއްގައި އެމަނިކުފާނު އެ ފައިސާ ހޯދުމަށް އެސްއޯއެފްގައި އެދިފައިވާކަމަށް ފެންނަން ނޯންނާނެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެއްވެސް އިރަކު އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް އެދިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި އަދީބު ގާތުގައި އެދިވަޑައިގަތީ އެމަނިކުފާނުގެ އަމިއްލަފުޅު ފައިސާ އަނބުރާ ދެއްވުމަށްކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެގޮތަށް އަދީބު ގާތުގައި އެދިވަޑައިގަތީވެސް ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމުގައި އަދީބުގެ ބަައިވެރިވުން އޮތްކަމަށް އެނގިވަޑައިގަތް ހިސާބުންކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމީހެއްގެ އަދާވަތްތެރިއެއްކަމަށް ކަނޑައެޅިގެން އެނގޭ މީހެއްގެ ކިބައިން (ރައީސްކަމުގެ މަޤާމުގައި ހުންނަވައި) ކަމެއް ފުއްދުމަށް, ސަލާމަތް ބުއްދި ހުންނަ މީހަކު އެދޭނެތޯ ސުވާލު ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އެފަދަ މީހެއްގެ ގާތުގައި "އެންމެ އެއް މިލިއަން ޑޮލަރު" ދެއްވަން އެދޭނެތޯ ރައީސް ޔާމީނު ސުވާލު ކުރެއްވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ، 1 މިލިއަން ޑޮލަރު ލިބިވަޑައިގެންއިރު އެއީ އެސްއޯއެފްގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަން އެނގިވަޑައިގަތީ 2016 ވަނަ އަހަރު އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވުމުންކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އޭރުވެސް ސުވާލުކުރީ ހަމައެކަނި މައުލޫމާތު ސާފު ކުރުމަށްކަމަށެވެ.

ޝަރީޢަތުގެ އަޑުއެހުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވަނީ ފައިސާގެ އަސްލު އޮޅުވާލުމާއި، ފައިސާ މަނީ ލޯންޑަރިންގއަށް ފަށަލަ ކުރުމަކީ ކޮބައިކަމާއި އެކަމުގައި ބައިނަލްއަޤުވާމީ މުއާހަދާތަކުގައި އޮންނަނީ ކޮން ގޮތަކަށްކަންވެސް ކިޔައިދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ މުޅި ދުނިޔެއަށް ބަލާއިރުވެސް ބޯޑަރު ހުރަސްކޮށް (ކްރޮސް ބޯޑަރ-ޓްރާންސެކްޝަން) ތަކަކުން މެނުވީ މަނީ ލޯންޑަރިންގގެ އެއްވެސް ކޭސްއެއްގައި ފައިސާ ލޯންޑަރ ކޮށްފައި ނުހުންނާނެ ކަމަށެވެ. އަދި ފައިސާގެ އަސްލު އޮޅުވާލެވޭނީވެސް ކްރޮސް ބޯޑަރ ޓްރާންސެކްޝަން ހެދުމުންކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. ރާއްޖެފަދަ ކުޑަ ތަނެއްގައި ހުރިހާ ބޭންކަަކަށް ވަންނަ ފައިސާ ފެންނަން އޮތްއިރު، ފައިސާ އަނބުރާ "ޓްރޭސް" ނުކުރެވޭނެއޭ ދެންނެވެން ނޯންނާނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ވަން ފައިސާއާ ގުޅޭގޮތުންނާއި، އިސްލާމިކް ބޭންކުގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް އެ ފައިސާ ޖަމާކުރައްވައި, ފައިދާ ހޯއްދެވިކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ރައީސް ޔާމީނު ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުން ފުދޭވަރަކަށް ދިވެހި ރުފިޔާ ލިބިވަޑައިގެންފައި ހުރުމުން އެ ފައިސާ ޑޮލަރަށް ބަދަލު ކުރައްވަން ބޭނުންފުޅުވި ކަމަށެވެ. އެއީ އަމިއްލަފުޅު މުދަލަށް އަމިއްލަފުޅަށް ކުރެއްވި ތަސައްވުރެއްކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އެއްވެސް ޤާނޫނީ އިދާރާއަކުން އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެންގިނަމަ އެހެންވެސް ނުވީސްކަމަށެވެ.

ރައީސް ޔާމީނު ވިދާޅުވީ، ސުވާލު ކުރުމުގެ މަރުޙަލާ ކުރިއަށްދިޔައިރު ކުޑަމިނުން "އެމްއެމްޕީއާރްސީ ލަފުޒު" އައި ނަމަވެސް ކޮންމެސް ވަރަކަށް ސަމާލުވެވަޑައިގެންނެވޭނެ ކަމަަށެވެ.

ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު ވިދާޅުވީ، ދެއްކެވި ވާހަކަތަކާ ގުޅިގެން ސާފު ކުރައްވަން ބޭނުންވާ ގިނަ ކަންކަން އަދި ކުރައްވަން ބޭނުންވާ ގިނަ ސުވާލުތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވަނީ އިސްތިއުނާފީ ނުކުތާތައް ހުށައެޅުމުގެ ބައި ނިމުމުން އެ ބައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު 9:00ން 12ށް ކަމަށެވެ.

ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށައަޅާފައިވާއިރު، މި ހަފުތާގެ އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ އޭގެ ތެރެއިން 7 ނުކުތާގެ ތަފްސީލެވެ. ހޯމަ ދުވަހުގެ އަޑުއެހުމުގައި ހުށައެޅިފައިވަނީ 4 ނުކުތާއެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައިވެސް އިސްތިއުނާފީ ހުރިހާ ނުކުތާއެއް ހުށައެޅިފައެއް ނުވެއެވެ.

ރައީސް ޔާމީންޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު