Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވާނާ ހޯދަން މަސައްކަތްކުރުން

ޖެނުއަރީ މަހު ވާނާ ހޯދަން ބަޔާނުން މަސައްކަތްކުރަނީ

ޗެލްސީއަށް ބަދަލުވެ ވާނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2021 | އަންގާރަ 13:34
ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ

ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ

ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ ހޯދުމަށް ބަޔާން މިއުނިކުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ވާނާގެ ސޮއި ޗެލްސީން ހޯދީ މިދިޔަ އަހަރުގެ ޖޫން މަހުގެ މެދުތެރޭގައެވެ. އެގޮތުން އާރްބީ ލެއިޕްޒީގާއެކު ވާނާ އޭރު ހަދާފައި އޮތް އެއްބަސްވުން އުވާލަން ޗެލްސީން ވަނީ އެ ޓީމަށް 50 މިލިޔަން ޔޫރޯ ދައްކާފައެވެ. ޗެލްސީއާއެކު ވާނާ ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދިއިރު، ރިޕޯޓުތައް ބުނާ ގޮތުން ވާނާއާށް ޗެލްސީގައި އަހަރަކު 10 މިލިޔަނަށް ވުރެ ގިނަ ޔޫރޯ ލިބޭނެއެވެ.

ޗެލްސީއަށް ބަދަލުވެ ވާނާއަށް އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވި ނަމަވެސް، ޖަރުމަނުގެ ރިޕޯޓުތައް ބުނާ ގޮތުން ބަޔާނުން މިހާރު އަންނަނީ ޖެނުއަރީގައި ވާނާ ގަންނަން ބިޑްކުރަން ތައްޔާރުވަމުންނެވެ. އަދި ބަޔާނުން ވާނާގެ ސޮއި ހޯދަން މަސައްކަތްކުރަމުން އަންނަނީ އެ ޓީމަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އެ ޓީމު ދޫކޮށްދިޔުމުގެ ފުރުސަތު އޮތުމުން ކަމަށްވެސް ޖަރުމަނުގެ ރިޕޯޓުތައް ބުނެއެވެ.

ބަޔާނުން ވާނާގެ ސޮއި ހޯދަން މަސައްކަތްކުރަމުން އަންނައިރު، ވާނާ ޗެލްސީއަށް ބަދަލުވުމުގެ ކުރިން އޭނާ ހޯދަން މެންޗެސްޓާ ސިޓީ އާއި، އިންޓަ މިލާނާއި، ބާސެލޯނާ އާއި، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލުންވެސް ވަނީ މަސައްކަތްކޮށްފައެވެ. މީގެ ތެރެއިން ވާނާއަށް އެ ފަހަރު އެންމެ ބޮޑަށް ފާރަލި އެއް ކުލަބަކީ ލިވަޕޫލެވެ.

ޗެލްސީގައި ވާނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވި ނަމަވެސް، އޭނާ ވަނީ ޗެލްސީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. އަދި ވަނީ އެ ޓީމަށް ކުޅެދުން 56 މެޗުގައި 12 ލަނޑު ޖަހާފައެވެ. އެކަމަކު މި ފަހުން ޗެލްސީން އިތުބާރު ފޯވާޑް ރޮމެލޫ ލުކާކޫގެ ސޮއި ހޯދުމާއެކު، ވާނާއަށް ވަނީ ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވެފައެވެ.

ޗެލްސީއަށް ބަދަލުވުމުގެ ކުރިން ވާނާ ވިދާލީ ލައިޕްޒީގުންނެވެ. އެގޮތުން އޭނާ ވަނީ ލައިޕްޒީގަށް ކުޅެދިން 159 މެޗުގައި 95 ލަނޑު ޖަހާފައެވެ.

ޓިމޯ ވާނާބަޔާން މިއުނިކްޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު