Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބީޗް ވޮލީބޯޅަ މުބާރާތް

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

14 ސެޕްޓެމްބަރު 2021 | އަންގާރަ 11:46

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވާފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ސެޕްޓެމްބަރު 2021 | އަންގާރަ 11:46
މީގެ ކުރިން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން

މީގެ ކުރިން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް 2021" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އެ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތް ކުރިއަށްދާނީ މާލެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގެ އިތުރުން ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގައެވެ.

އަންގާރަ ދުވަހު ވީއޭއެމުން ނެރުނު ބަޔާނެއްގައި ބުނީ މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ތިން ޑިވިޝަނަކަށް ބަހާލައިގެން ކަމަށެވެ. އެއީ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނާއި، 23 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ އިތުރުން އޯޕަންގެ އަންހެން އަދި ފިރިހެން ޑިވިޝަނެވެ.

އޭގެ ތެރެއިން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ބައިވެރިވެވޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް 20 އަހަރު ނުފުރޭ ކުޅުންތެރިންނަށެވެ. އަދި 23 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް 24 އަހަރު ނުފުރޭ ކުޅުންތެރިންނަށް ވާދަކުރެވޭއިރު، އޯޕަންގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ކޮންމެ އުމުރެއްގެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނެ ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ.

ވީއޭއެމްއިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 26 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ. އަދި ހަމަ އެ ތާރީޚުގެ ކުރިން ޓީމު ލިސްޓުވެސް ހުށަހަޅަންޖެހޭނެ ކަމަށް ވީއޭއެމުން ވަނީ ބުނެފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެފޯމާއި ޓީމު ލިސްޓްއޮންލައިންކޮށް ލިބެން ހުންނާނެ ކަމަށްވެސް ވީއޭއެމުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި އަހަރު ވީއޭއެމުން ގައުމީ ބީޗް ވޮލީބޯޅަ މުބާރާތް ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މި މުބާރާތް ބާއްވާފައެއް ނުވެއެވެ.

ގައުމީ ބީޗް ވޮލީބޯޅަ މުބާރާތްވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް