Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ޗައިނާގެ ހާލަތު

ޗައިނާގެ ސިޓީއެއްގައި ކޮވިޑް ފެތުރެމުންދާތީ ދަތުރުފަތުރުކުރުން ހުއްޓާލައި ފިޔަވަޅުތައް ވަރުގަދަކޮށްފި

14 ސެޕްޓެމްބަރު 2021 | އަންގާރަ 03:29

ޗައިނާގެ ނޭޝަނަލް ހެލްތުން ވަނީ ޚާއްސަ ޓީމެއް މިހާރު އެސިޓީއަށް ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 14 ސެޕްޓެމްބަރު 2021 | އަންގާރަ 03:29
ޗައިނާގެ ޝެންހާއީގެ މަގުމަތީގައި މީހުން މާސްކު އަޅައިގެން

ޗައިނާގެ ޝެންހާއީގެ މަގުމަތީގައި މީހުން މާސްކު އަޅައިގެން

ޗައިނާގެ ދެކުނު އިރުމަތީ ޕްރޮވިންސެއް ކަމުގައިވާ ފޫޖިއާން ގައި ކޮވިޑް-19 ފެތުރެމުންދާތީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ސިނަމާތަކާއި ޖިމްތައް ބަންދުކޮށް ހައިވޭއިން ދަތުރުކުރުމުގައި ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.

މީގެއިތުރުން އެޕްރޮވިންސްގައި ދިރިއުޅެމުންދާ ރައްޔިތުން ޕްރޮވިންސް ދޫކޮށް ނުދިޔުމަށްވެސް ވަނީ އަންގާފައެވެ. ކޮވިޑްގެ ހާލަތު އެޕްރޮވިންސްގެ ސިޓީއެއް ކަމުގައިވާ ޕުޓިއަންގައި ވަނީ ސީރިޔަސް ހާލަތުގައި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިޔާ ސީސީޓީވީން ވަނީ ރިޕޯޓްކޮށްފައެވެ. އަދިވެސް އިތުރު ކޭސްތައް ފެނުމުގެ ފުރުސަތު އޮތުމާއެކު ސްކޫލްތަކާއި ފެކްޓްރީތައް ބަންދުކުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ސީސީޓީވީން ވަނީ ރިޕޯޓްކޮށްފައެވެ.

ސްކޫލްތަކުގެ ބައެއް ސެޝަންތައް މިހާރުވެސް ކުރިޔަށް ގެންދިޔުން ހުއްޓާލާފައިވާއިރު ޗައިނާގެ ނޭޝަނަލް ހެލްތުން ވަނީ ޚާއްސަ ޓީމެއް މިހާރު އެސިޓީއަށް ފޮނުވާފައެވެ. ޕުޓިއަންގައި 3.2 މިލިއަން މީހުން ދިރިއުޅެމުންދެއެވެ.

ފޫޖިއާނުން ސެޕްޓެމްބަރ 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހާ ހަމައަށް ޖުމްލަ 43 ކޭހެއް ވަނީ ފެނިފައެވެ. މީގެތެރެއިން 35 ކޭސް ފެނިފައިވަނީ ޕުޓިއަން އިންނެވެ.

މީގެއިތުރުން ވައިރަސް ހަށިގަނޑުގައި ހުރިކަމުގެ އަލާމާތެއް ނުފެނި ޕުޓިއަން އިން ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުގެ ފަހުން މިހާތަނަށް 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފައެވެ.

މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ޓެސްޓްތަކުގެ ނަތީޖާދައްކާ ގޮތުން ޕުޓިއަން އިން ކޮވިޑް ޖެހުނު ބައެއް މީހުންނަށް ޖެހިފައިވަނީ އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓެވެ. ކޮންމެ ދުވަހަކުވެސް ހަދަމުން އަންނަ ޓެސްޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކޭސްތައް ދެނެގަނެވިފައިވަނީ ޕުޓިއަން ސިޓީގައި އޮންނަ ޒިއަންޔޫ ކިހާ ސަރަހައްދުގައި ހުންނަ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންތަކެއްގެ ތެރެއިންނެވެ.

ކަމާބެހޭ މާހިރުން ލަފާކުރާ ގޮތުގައި އެސަރަހައްދުން ފެނުނު ކޭސްތަކުގެ އަސްލަކީ ޒިއަންމެން ސިޓީން ސިންގަޕޫރަށް ދަތުރުކޮށްފައިވާ ދަރިވަރުންތަކެއްގެ ބެލެނިވެރިންނެވެ.

ޒިއަންޔޫން ކޭސްތައް ފެނުމާއެކު ނުވަލައްކަ މީހުން ދިރިއުޅެމުން އަންނަ އެސަރަހައްދުގައިވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސަރަހައްދު ބަންދުކޮށްފައިވާއިރު އާބާދީ އެއްކޮށް ޓެސްޓްކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މީގެއިތުރުން އެސަރަހައްދުގައި ބަހާއި ޓެކްސީގެ ދަތުރުތައްވެސް ވަނީ ހުއްޓާލާފައެވެ.

ޗައިނާގައި އެންމެ ފަހުން މިގޮތަށް ކޭސްތަކެއް ފެނިގެން ރިޕޯޓްކޮށްފައިވަނީ އެގައުމުގެ އިރުމަތީގައި އޮންނަ ޕްރޮވިންސެއްކަމުގައިވާ ޖިއަންގްސޫންނެވެ. އެސަރަހައްދުން ކޮވިޑް ކޮންޓްރޯލްކުރެވިފައިވަނީ މީގެ ދެހަފްތާ ކުރިންނެވެ. އެސަރަހައްދުގައި މަސްދުވަސްވަންދެން ކޮވިޑް ފެތުރެމުންދިޔައެވެ.

ޗައިނާއިން މިހާތަނަށް 95،248 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 4،636 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. ޗައިނާއަކީ އެންމެ ފުރަތަމަ ކޮވިޑް-19 ފެނުނު ގައުމެވެ.

ކޮވިޑް-19ޗައިނާ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް