Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ބާނަބެއުއަށް އެނބުރި އައި މެޗުން ރެއާލަށް ބޮޑު މޮޅެއް

ބާނަބެއުގައި ރެއާލުން މެޗެއް ކުޅުނީ 560 ދުވަސް ފަހުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 ސެޕްޓެމްބަރު 2021 | ހޯމަ 03:40
ރެއާލާއި ސެލްޓް ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލާއި ސެލްޓް ބައްދަލުކުރި މެޗުގެ ތެރެއިން

މަރާމާތަށް ބަންދުކުރި ރެއާލް މެޑްރިޑުގެ ރަސްމީ ދަނޑު ކަމަށްވާ ސަންޓިއާގޯ ބާނަބެއުގައި ގިނަ ދުވަސްތަކެއް ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ސެލްޓަ ވީގޯ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ބާނަބެއުގައި މެޗުތައް ނުކުޅެން ނިންމީ އެ ދަނޑުގެ މަރާމާތުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު ކޮވިޑް-19 އާ ގުޅިގެން ސްޕެނިޝް ލީގު އޮތީ މެދުކަނޑާލާފައެވެ. އެހެންކަމުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ކުރިން ރެއާލުން ބާނަބެއުގައި އެންމެ ފަހުން ކުޅުނު މެޗަކީ މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗެވެ.

އޭގެ ފަހުން ބާނަބެއުގެ ބަދަލުގައި ރެއާލުގެ މެޗުތައް ކުޅެފައިވަނީ އެ ޓީމު ތަމްރީނުކުރަން ބޭނުންކުރާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައެވެ. އެކަމަކު 560 ދުވަހަށްފަހު ބާނަބެއުގައި އަލުން މެޗެއް ކުޅުނުއިރު، އެ ދަނޑުގެ މަރާމާތުގެ މަސައްކަތް އަދިވެސް އެއްކޮށް ނިންމާލާފައެއް ނުވެއެވެ. ނަމަވެސް ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ބަލަން ރެއާލުން ވަނީ 30،000 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސެލްޓަ އަތުން ރެއާލް މޮޅުވީ ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ވަރަށް ކުރީކޮޅު ސެލްޓައިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޓި މީނާއެވެ. އެކަމަކު އޭގެ 20 މިނެޓު ފަހުން ކަރީމް ބެންޒެމާ ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ސެލްޓައިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 31 ވަނަ މިނެޓުގައި ފްރާންކޯ ސާވީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އެކަަމަކު ދެވަނަ ހާފުގައި ޖެހި ލަނޑުތަކާއެކު ރެއާލުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ދެވަނަ ހާފުގައި ބެންޒެމާ ވަނީ އިތުރު ދެ ލަނޑު ޖަހައި މި މެޗުގައި ހެޓްރިކް ހަދާފައެވެ.

ދެން މި މެޗުގައި ރެއާލުން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އާއި އެޑޮއާޑޯ ކަމަވިންގާއެވެ. މި މެޗުގައި ކަމަވިންގާ ލަނޑު ޖެހިއިރު، މި މެޗަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެނެސް ދޫކޮށް ރެއާލަށް ބަދަލުވި ފްރާންސްގެ ޒުވާން މިޑްފީލްޑަރު އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ހޯދި މޮޅާއެކު ރެއާލް އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ވެލެންސިއާ އާއި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށްވެސް ހަތަރު މެޗުން ވަނީ 10 ޕޮއިންޓް ލިބިފައެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު