Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމުން ކޮރަޕްޝަންގެ ވާހަކަ ދެއްކުން

ޕީޕީއެމްއިން ކޮރަޕްޝަންގެ ވާހަކަ ދެއްކުމަކީ "އައްޗި" ކަމެއް: އިލްހާމް

12 ސެޕްޓެމްބަރު 2021 | އާދީއްތަ 19:13

ޕީޕީއެމްއިން ކޮރަޕްޝަންގެ ވާހަކަ ދައްކާނަމަ ރައްޔިތުން ގޮސް އެމީހުންގެ އަނގަމަތީގައި ޓޭޕު އަޅަން ޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 19:13
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން

އިދިކޮޅު ޕީޕީއެމުން ކޮރަޕްޝަންގެ ވާހަކަތައް ދެއްކުމަކީ "އައްޗި" ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރު އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ, ޕީޕީއެމްގެ ސަރުކާރުގައި ކަން ހިނގައި ގޮސްފައިވަނީ އެންމެ ރަނގަޅަކަށް ނޫންކަން އެ ޕާޓީގައި މިހާރު ތިއްބެވި ބޭބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންނަށް މިއަދު ކޮރަޕްޝަންގެ ވާހަކަ ދެއްކުމުގެ ޖާގައެއް ނޯންނާނެ ކަމަށާއި، މާޒީގައި ކަން ހިނގައި ގޮސްފައިވަނީ އެއަށްވުރެ ހަޑިކޮށް ކަމަށް އިލްހާމް ވިދާޅުވިއެވެ. ޕީޕީއެމުން ކޮރަޕްޝަންގެ ވާހަކަ ދައްކާނަމަ ރައްޔިތުން ގޮސް އެމީހުންގެ އަނގަމަތީގައި ޓޭޕު އަޅަން ޖެހޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިލްހާމް ވިދާޅުވީ, ކޮރަޕްޝަންގެ ވާހަކައިގެ އިތުރުން ކޯޓުތަކަށް ބާރުފޯރުވުމުގެ ވާހަކައާއި، މީހުން ޖަލަށްލައި އަނިޔާކުރުމުގެ ވާހަކަވެސް ޕީޕީއެމްއަށް ނުދެއްކޭނެ ކަމަށެވެ. ޕީޕިއެމްގެ ސަރުކާރުގައި, މީހަކު އަނގައިން ބަހެއް ބުނާ އިރަށް ޖަލަށްލާ ކަމަށެވެ. އަދި އޭރު, ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ތިއްބެވި ގިނަ ބޭފުޅުންނަށް ހުކުމް ކުރެވުނު ގޮތަށް ބަލައިލިއަސް ރައީސް ޔާމީންގެ ސަރުކާރުގައި ފަނޑިޔާރުގެއަށް ބާރުފޯރުވާފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

ވަކި މީހަކަށް ހުކުމް ކުރަން އެންގުމަށް ދަނީ އެ ސަރުކާރުގައި އިސްކޮށް ތިއްބެވި ޔުނީފޯމް އެޅި ބޭބޭފުޅުން ކަމަށް އިލްހާމް ވިދާޅުވިއެވެ. ޖަލަށް ލުން ނޫން އިތުރު ކަމެއް އޭރުގެ ސަރުކާރުގައި ނުހިނގާ ކަމަށާއި، އެހެންވީމައި ޕީޕީއެމްގައި މިހާރު ތިއްބެވި މެމްބަރުން، ކޯޓުތަކަށް ބާރުފޯރުވާ ވާހަކަ ދެއްކުމަކީ ހުތުރު ކަމެއް ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ޕީޕީއެމްގައި މިހާރު ތިއްބެވި މެމްބަރުންނަށް ތަރައްގީގެ ވާހަކަ ދެއްކޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. ރާއްޖެއަށް އެންމެ ބޮޑު ތަރައްގީއެއް ގެނައީ ރައީސް ޔާމީންގެ ސަރުކާރުން ކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސަރުކާރާ އިދިކޮޅު ގިނަ ބޭބޭފުޅުން ތިއްބެވީ ޖަލުގައެވެ. އޭގެތެރޭގައި އެމަނިކުފާނުގެ ބޭބޭފުޅު މައުމޫން ޢަބްދުލްޤައްޔޫމާއި ފާރިޝް މައުމޫން ވެސް ހުންނެވީ ޖަލުގައެވެ. މީގެ އިތުރުންވެސް މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ގިނަ ބޭބޭފުޅުން ވެސް ތިއްބެވީ ރައީސް ޔާމީންގެ ސަރުކާރުގައި ޖަލުގައެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
24 ޑިސެމްބަރު 2024

އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި

24 ޑިސެމްބަރު 2024
އެމްޑީޕީން ރިސޯޓުތަކަށް އަރަން އުޅޭ ކަމަށް ތުހުމަތު ކޮށްފި
22 ޑިސެމްބަރު 2024

އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް

22 ޑިސެމްބަރު 2024
އެޗްޑީސީގެ ބިޔަބޮޑު ވައްކަމަކީ މުޅި ގައުމުގެ މަސްލަހަތު އޭގައި ހިމެނޭ ކަމެއް: މީކައިލް
23 ނޮވެމްބަރު 2024

އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!

23 ނޮވެމްބަރު 2024
އެހެން ރައީސުންނަށް އަތްލަން ނުކެރުނު ކަންކަމުގައި ރައީސް މުޢިއްޒު އަތްލައްވަން ފެއްޓެވި ފަހުން، ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތު މީހާ އަށް!
21 ނޮވެމްބަރު 2024

ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި

21 ނޮވެމްބަރު 2024
ދައުލަތުގެ އެއްބާރުގެ ވެރިޔާ މިވަގުތު އެހުންނެވީ ޕީއެންސީގެ ސުލޫކީ ކޮމިޓީގެ ކޮންޓްރޯލްގެ ދަށުގައި
02 ނޮވެމްބަރު 2024

ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!

02 ނޮވެމްބަރު 2024
ކައުންސިލް ތަކުގެ ބަޖެޓު މަދު ކުރުން، ލާމަރުކަޒީ ނިޒާމު ފުނޑާލަން ކުރާ މަސައްކަތުގެ ބައެއް!
28 އޮކްޓޯބަރު 2024

ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!

28 އޮކްޓޯބަރު 2024
ރައްޔިތުން މާޔޫސްކަމެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު، ޕާޓީ ބޮޑު ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް