Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19، ރާއްޖޭގެ ހާލަތު

އަތޮޅުތަކުން ޕޮޒިޓިވްވި 72 މީހުންނާއެކު އިތުރު 138 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން 51 ސާމްޕަލް ޕޮޒިޓިވްވެފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 17:41
ރެންޑަމް ސާމްޕަލް ނެގުން

ރެންޑަމް ސާމްޕަލް ނެގުން

ފާއިތުވި 24 ގަޑިއިރު ރާއްޖެއިން އިތުރު 138 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި 5602 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. މީގެތެރެއިން މާލެ ސަރަހައްދުން 51 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 72 ސާމްޕަލެވެ. އަދި ހިނގަމުންދާ ރިސޯޓްތަކުން 15 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

Advertisement - newsAdvertisement

މިއާއެކު ރާއްޖެއިން މުޅި ޖުމްލަ 82،822 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 80،545 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 2037 ކޭހެއް ވަނީ ރިޕޯޓްކޮށްފައެވެ. އޭގެތެރެއިން 17 މީހުންނަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް މިބަލީގައި 227 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި އަތޮޅުތަކުން ޕޮޒިޓިވްވާ އަދަދު މިދޭތެރެއިން ދަށުގައި ހުރުމަށް އަނެއްކާވެސް އަންނަނީ މަތިވަމުންނެވެ. އެގޮތުން ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު އަތޮޅުތަކުން 103 މީހުން ޕޮޒިޓިވްވެފައިވާއިރު ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު އެއަދަދު ވަނީ 50ށް ތިރިވެފައެވެ. ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އަތޮޅުތަކުން 52 މީހުން ޕޮޒިޓިވްވިއިރު ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހު އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 56 މީހުންނެވެ. ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އަތޮޅުތަކުން 60 މީހުން ޕޮޒިޓިވްވެފައިވާއިރު ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު މިއަދަދު ވަނީ 72ށް އަރާފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑްގެ ނަންބަރުތައް ވަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު