Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފު

ޔާމީނުގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ކައިރީ މުޒާހަރާކޮށްފި

12 ސެޕްޓެމްބަރު 2021 | އާދީއްތަ 07:16

ފުލުހުންގެ ބެރިކޭޑް ފޫއަޅުވާލާއި، ނުކިޔަމަންތެރިކަން ދައްކާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 07:16
އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ސުޕްރީމް ކޯޓު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނުގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ސަރަޙައްދުގައި މުޒާހަރާކޮށްފިއެވެ.

ގާތްގަނޑަކަށް 150 މީހުން އެއްވެ ކުރިއަށްގެންދިޔަ މި މުޒާހަރާގައި ފުލުހުންގެ ބެރިކޭޑް ފޫއަޅުވާލާއި، ނުކިޔަމަންތެރިކަން ދައްކާފައިވެއެވެ. އެގޮތުން ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަސްއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި މުޒާހަރާގައި ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން ވެސް ޙަރަކާތްތެރިވެފައިވެއެވެ.

Advertisement - newsAdvertisement

މި މުޒާހަރާގެ ބައިވެރިން ވަނީ ސުޕްރީމް ކޯޓު ސަރަޙައްދަށް އެއްވެ، ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްތިއުފާއަށް ވެސް ގޮވާފައިވެއެވެ.

އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަކީ ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމަށް ހައިކޯޓުންވެސް ތާއީދު ކުރުމުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. އެގޮތުން ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 7 ނުކުތާ ވަނީ ތަފްސީލު ކޮށްދީފައެވެ. ބާކީ ހުރި ނުކުތާތަކަށް ވާހަކަ ދެއްކުމަށް ހޯމަ ދުވަހު ވެސް އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ރައީސް ޔާމީންޔާމީން

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
25 އޮކްޓޯބަރު 2024

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން
24 އޮކްޓޯބަރު 2024

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
11 އޮކްޓޯބަރު 2024

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު

30 އޯގަސްޓު 2024
ބްރިޖް ހުޅުވުން ކެންސަލް ކުރާށޭ ޔަމީން ވިދާޅުވީމާ އަޅުގަނޑަށް ރޮވުނު: ރައީސް މުއިއްޒު
23 ޖުލައި 2024

ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި

23 ޖުލައި 2024
ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިފި
02 އެޕްރީލު 2024

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

02 އެޕްރީލު 2024
ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
01 އެޕްރީލު 2024

އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން

01 އެޕްރީލު 2024
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
21 މާރިޗު 2024

ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް

21 މާރިޗު 2024
ވިދާޅުވާން ބޭނުންނުވެ، ޔާމީންގެ ތައުރީފު ރައީސް ސާލިހުގެ ސަރުކާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް