Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެނބުރި އައި މެޗުގައި ރޮނާލްޑޯގެ ދެ ލަނޑު

11 ސެޕްޓެމްބަރު 2021 | ހޮނިހިރު 16:39

ސިޓީ މޮޅުވީ ލެސްޓާ އަތުން 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 16:39
ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން

ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން

އަލުން އަނބުރާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ދެ ލަނޑު ޖަހައި، ނިއުކާސަލް ޔުނައިޓެޑް އަތުން އެ ޓީމު މޮޅުކޮށްދީފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ނިއުކާސަލް އަތުން 4-1 ގެ ނަތީޖާއަކުންނެވެ.

ޔުވެންޓަސް ދޫކޮށް މި ސީޒަނުގައި ރޮނާލްޑޯ އަލުން ޔުނައިޓެޑަށް ބަދަލުވިއިރު، ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން ދޫކޮށް އޭނާ އެންމެ ފުރަތަމަ ޔުނައިޓެޑާ ގުޅުނީ 2003 ވަނަ އަހަރެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖާޒީގައި ފެނިގެންމިދިޔައީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

ޔުނައިޓެޑަށް އަލުން ބަދަލުވެ ކުޅެދިން ފުރަތަމަ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ވަނީ ކުޅެފައެވެ. ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މި ހާފުގެ އިތުރު ވަގުތުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ހަވިއޭ މަންކީލޯ ވަނީ ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ލޫކް ޝޯ ދިން ޕާހަކުން ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި، ޔުނައިޓެޑަށް އަލުން ލީޑު ނަގައިދީފައެވެ. ދެން މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި އަނެއް ދެ ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖެސޭ ލިންގާޑެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވިއިރު، ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީވެސް ވަނީ މޮޅުވެފައެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ ލެސްޓާ ސިޓީ އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިޓީން ކާމިޔާބުކޮށްފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާނާޑޯ ސިލްވާއެވެ.

މި ނަތީޖާތަކާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ސިޓީއަށް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.

ޕްރިމިއަރ ލީގުކްރިސްޓިއާނޯ ރޮނާލްޑޯމެންޗެސްޓަރ ޔުނައިޓެޑްމެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް