Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ޓްރަމްޕް ސައުދީގައި

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

ރަން އެސްކަލޭޓަރ ބޭނުން ކުރެއްވި

ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 16:29
ރައީސް ޓްރަމްޕް ސައުދީއަށް ވަޑައިގަތީ ހޮނިހިރު ދުވަހު މިއީ އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު

ރައީސް ޓްރަމްޕް ސައުދީއަށް ވަޑައިގަތީ ހޮނިހިރު ދުވަހު މިއީ އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު

ރައީސް ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް ޓްރަމްޕްގެ ފުރަތަމަ މަންޒިލަކަށްވީ ސައުދީ އަރަބިއްޔާއެވެ. ސައުދީ އަރަބިއްޔާއަށް އެމަނިކުފާނު ވަޑައިގަތީ ހޮނިހިރު ދުވަހުއެވެ. ސައުދީއަށް ވަޑައިގަތުމުން ރައީސް ޓްރަމްޕަށް ސައުދީ ރަސްގެފާނުވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މި ތާރީޚީ ދަތުރުފުޅު ފެއްޓެވުމާއެކު ދުނިޔޭގެ މީޑިއަގެ ސަމާލުކަން ވަރަށް ބޮޑަށް ދަތުރުފުޅުގެ ކަންކަމަށް އަމާޒުވެގެން ގޮސްފައިވާކަން ފާހަގަ ވެއެވެ. ސޯޝަލް މީޑިއާގެ ހަރަކާތްތެރިންވެސް ހަމަ އެފަދައެވެ.

ރަސްމީ އެޖެންޑާގެ އިތުރުން ރައީސް ޓްރަމްޕްގެ ދަތުރުފުޅުގެ އަރިމަތީ ސުރުޚީގައި ލިޔެވެމުންދާ އަދި ދުނިޔޭގެ މީޑިއާގެ ސަމާލުކަން ހޯދަމުންދާ ބައެއް ކަންކަމަށް ބަލާލާނަމެވެ.

ރަން އެސްކަލޭޓަރ ބޭނުން ކުރެއްވުން

ބްލޫމްބާރގް ގެ ވައިޓްހައުސް ރިޕޯޓަރ ޖެނިފަރ ޖޭކޮބްސް އަށް ރައީސް ޓްރަމްޕް ރަން އެސްކަލޭޓަރ އަކުން ވަޑައިގަންނަވަނިކޮށް ފެނިފައިވެއެވެ. ޖެނިފަރ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ރައީސް ޓްރަމްޕް އެސްކަލޭޓަރ އިން ވަޑައިގަންނަވަނިކޮށް ތިމަންނާ ފެނިވަޑައިގަތުމުން އަތްޕުޅުގެ އިޝާރާތުން "ތަމްބްސް އަޕް" ދެއްވި ކަމަށެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި ރައީސް ޓްރަމްޕްއަކީ އަގުބޮޑު ދިރިއުޅުއްވުމަށް ލޯބި ކުރައްވާ ދެބޭފުޅުންނެވެ. ކޮންމެ ބޭފުޅަކުވެސް ރަން އެސްކަލޭޓަރ ބައްލަވައިގަނެ ބޭނުންފުޅު ކުރައްވައެވެ. މިއަހަރުގެ މާޗު މަހު ސައުދީ ރަސްގެފާނު ދެ ރަން އެސްކަލޭޓަރ ބައްލަވައިގަތެވެ. ޓަރަމްޕް ޓަވަރ ގައި ޓްރަމްޕްވެސް ރަން އެސްކަލޭޓަރ ބޭނުން ކުރައްވައެވެ.

ސައުދީއަށް ވަޑައިގަތް އިރު އަނބިކަނބަލުން ހުންނެވީ ބުރުގާ ތުރުނުކުރައްވާ

ސައުދީ އަރަބިއްޔާއަކީ ޚާއްސަކޮށް އަންހެނުން ހެދުން އެޅުމުގައި ހަރުކަށި އުސޫލުތަކެއް ތަންފީޒް ކުރާ ގައުމެކެވެ. މިކަން މިހެން އޮއްވާ ރައީސް ޓްރަމްޕްގެ އަނބިކަނބަލުން ފެނިގެން ދިޔައީ ބުރުގާ ތުރުނުކުރައްވާ ހުންނަވަނި ކޮށްނެވެ. މިވާހަކަ ދުނިޔޭގެ މީޑިއާގައިވެސް ފުދޭވަރަކަށް ދެކެވުނެވެ. ސައުދީ ފޮރިން މިނިސްޓަރ ވިދާޅުވެފައިވަނީ ކޮންމެ ފެޝަނެއްގައި އެކަމަނާ ވަޑައިގަތަސް ސައުދީން މަރުހަބާ ކިޔާނެ ކަމަށެވެ. ހަގީގަތުގައި ޓްރަމްޕްގެ އަނބިކަނބަލުން ބުރުގާ ތުރުނުކުރައްވާ މައްސަލަ މައްސަލައަކަށް ވަނީ ޚުދު ޓްރަމްޕްގެ ސަބަބުންނެވެ. އެއީ ކުރިން އެމެރިކާގެ ރައީސް ކަމުގައި ހުންނެވި އޮބާމާ 2015 ގައި ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މިޝޭލް ބުރުގާ ތުރުނުކުރައްވާ ހުންނެވުމުން އެކަމަށް ޓްރަމްޕް ފާޑު ވިދާޅުވެފައި ވުމެވެ. އެއީ ސައުދީ އަރަބިއްޔާއަށް ކުރި އިހާނެތި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރައްވާފައި ވުމެވެ. އެވާހަކަ ފުޅު ހަނދުމަފުޅު ނެތި ޓްރަމްޕަށް ވަޑައިގެންނެވުނީ އަނބިކަނބުލުން އިސްތަށިފުޅުގައި ބުރުގާ ތުރުނުކުރައްވައެވެ.

ރައީސް ޓްރަމްޕްގެ ފޮޓޯފުޅު ހުރިހާ ތަނެއްގައި

ރައީސް ޓްރަމްޕްގެ ފޮޓޯފުޅު ނެތް ތަނެއް ސައުދީ އަރަބިއްޔާ އިން ނުފެންނަ ކަމަށް ބައެއް ރިޕޯޓަރުން ފާހަގަ ކޮށްފައިވެއެވެ. ބޮޑެތި މަގުތަކާއި ހައިވޭ ތަކުގައި ރައީސް ޓްރަމްޕްއާއި ސައުދީ ރަސްގެފާނުގެ ބޮޑެތި ބިލްބޯޑުތައް ހުރީ ބަހައްޓާފައެވެ. އެއް ރިޕޯޓަރަކު ބުނެފައިވަނީ މި މަންޒަރުތައް ފެނުމުން ބޯ ގޮވައިފި ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ސަގާފީ ކެއުންތައް ޓްރަމްޕް ފާރީއްނުކުޅުއްވާ

މި ދަތުރުފުޅުގައި ރައީސް ޓްރަމްޕް ބޭނުންފުޅުވަނީ ސައުދީ ސަގާފީ ކެއުންތަކުގެ ރަހަ ބެއްލެވުމުގެ ބަދަލުގައި އެމަނިކުފާނު އެންމެ ފަރީއްކުޅުއްވާ ހިތްޕުޅުވާ ކާނާއަށް އިންސާފު ކުރެއްވުމަށެވެ. ޓްރަމްޕް ފަރިއްކުޅުވާނީ ސްޓޭކް އާއި ކެޗްއަޕްއެވެ.

މުސްލިމުންނަށް އިސްލާމް ދީނާ ބެހޭ ތަގުރީރު ކުރެއްވުން

ޓަރަމްޕްގެ މި ދަތުރުފުޅުގެ އެންމެ މުހިންމު އައިޓަމަކީ، މުސްލިމުންނަށް އެމަނިކުފާނު ދެއްވާ ތަގުރީރެވެ. އެމެރިކާއަށް މުސްލިމުން އެތެރެވުން މަނާ ކުރާ ގަރާރުގައި ސޮއި ކުރެއްވި ރައީސް ޓްރަމްޕް އިސްލާމް ދީނާ ބެހޭ ގޮތުން މުސްލިމް ގައުމުތަކުގެ ވެރިންނަށް އަމާޒުކުރައްވާ ތަގުރީރެއް ދެއްވަން ހަމަޖެހުމަކީވެސް ގިނަ ބަޔަކު ނިތް އަރުވާލި ކަމެކެވެ. 2016 ވަނަ އަހަރުގެ މާޗްމަހު ސީއެންއެން ގައި ވާހަކަފުޅު ދައްކަވަމުން އިސްލާމް ދީނަކީ ތިމަންނާމެންނާ ނަފްރަތު ކުރާ ދީނެއް ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި މާ އާދަޔާ ޚިލާފު އެހެން ކަމެކެވެ. މުސްލިމް އުއްމަތައް އަމާޒު ކުރައްވާ އެމަނިކުފާނު ދެއްވާ ތަގުރީރު ލިޔުނީ ސްޓެފަން މިލަރ އެވެ. މިލަރ އަކީ މުސްލިމުން އެމެރިކާއަށް އެތެރެވުން މަނާ ކުރާ ސިޔާސަތުވެސް ލިޔުނު ފަރާތެވެ.

ދަތުރުފުޅު ކުރިއަށް

މިއީ ރައީސް ޓްރަމްޕް ބޭރު ގައުމުތަކަށް ކުރައްވާ ފުރަތަމަ ޒިޔާރަތުގެ ފުރަތަމަ މަންޒިލެވެ. މުސްލިމުންގެ އެންމެ މުގައްދަސް ބިމުގައި އެ ބިމުގެ ވެރިންގެ މެހުމާނެއްގެ ގޮތުގައި ހުންނެވުމަށްފަހު އެތަނުން ފުރާވަޑައިގެން ދެން ވަޑައިގަންނަވާނީ، ނަސާރާއިންގެ ބޮޑު ފާދިރީ ޕޯޕް ފްރޭންސިސް އާ ބައްދަލު ކުރައްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު