Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާނަލް ނާޒިމްގެ ސިޔާސީ މަސައްކަތް

ރައީސް ޔާމީނާއެކު ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ނުކުރާނަން - ނާޒިމް

10 ސެޕްޓެމްބަރު 2021 | ހުކުރު 10:58

އަނިޔާއެއް ދެއްވަން ޖެހިވަޑައިގެންނެވި ހަގީގީ ސަބަބު މިއަދާ ހަމައަށް ވެސް އެނގިވަޑައި ނުގަންނަވާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ސެޕްޓެމްބަރު 2021 | ހުކުރު 10:58
މުހައްމަދު ނާޒިމް / ރައީސް ޔާމީނަށް ހިތް ބަރު ކަމެއް ނެތް

މުހައްމަދު ނާޒިމް / ރައީސް ޔާމީނަށް ހިތް ބަރު ކަމެއް ނެތް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާއެކު ދެން ދުވަހަކު ވެސް ސިޔާސީ މަަސައްކަތްޕުޅެއް ނުކުރައްވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އޮންލައިން މީޑިއާއެއްގައި ކުރިއަށްގެންދާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، އެމަނިކުފާނު ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ގެކޮޅުން ފިސްތޯލެއް ފެނުނު ކަމަށް ބުނާ މައްސަލައަށްފަހު ތިން އަހަރާއި ބައި ޖަލުގައި ހޭދަ ކުރައްވަން ޖެހިވަޑައިގެންނެވީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމަށެވެ. އެއީ ލިބިވަޑައިގެން ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، އެހެންނަމަވެސް އެކަމަށް ރައީސް ޔާމީނަށް މައާފު ކުރައްވާ ކަމަށެވެ. އަދި ބަރު ހިތެއް ނެތް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ރައީސް ޔާމީނާއެކު ދެން ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ނާޒިމް ތަކުރާރުކޮށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނަކީ، އަލުން ވެރިކަމަށް ގެނައުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީނަކީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވަން ވެސް އެކަށީގެންވާ ބޭފުޅެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ވިދާޅުވެ ފްރޭމް ކުރައްވައި، އެވަރުގެ އަނިޔާއެއް ދެއްވަން ޖެހިވަޑައިގެންނެވި ހަގީގީ ސަބަބު މިއަދާ ހަމައަށް ވެސް އެނގިވަޑައި ނުގަންނަވާ ކަަމަށެވެ. އަދި އެ ކަމުގެ ހަގީގަތް ހޯއްދަވަން ވަރަށް ބޭނުންފުޅުވާ ކަމަށާއި، އެކަމުގެ ތަހުގީގު އަދިވެސް ކުރިއަށް ގެންގޮސް ދެއްވުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގެންނެވި ކަމަށެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ނަޒަރުގައި އެކަން ހިނގަން މެދުވެރި ސަބަބަކީ، ޑިފެންސް މިނިސްޓްރީ އާއި އެލްޖީއޭ އަދި އިމިގްރޭޝަންގެ އިތުރުން ވަގުތީ ގޮތުން ހެލްތު މިނިސްޓްރީ ހިންގެވުމުގެ ޒިންމާ އޭނާއާ ހަވާލު ކުރެއްވުމުން ރައީސް ޔާމީން އެދިވަޑައިގެންނެވި މިންވަރަށް ނުވަތަ އެއަށްވުރެ މާ ރަނގަޅަށް ވެސް އެ ޒިންމާތައް އަދާ ކުރެއްވުމުން ކަމަށެވެ. އަދި ފެނުގެ ކާރިސާ ފަދަ ހާދިސާތަކުގެ ވަގުތު ވަރަށް އިސް ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަތުމުން ވަރަށް ގިނައިން ޓީވީން ފެނުނު ފެނުން ކަމަށެވެ. އެކަން އެހެން ވެގެން ދާތަން ބަލަން ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި ބައެއް ބޭފުޅުންނަށް އުނދަގޫވެވަޑައިގެންނެވިކަން އެނގިވަޑައިގެންނެވި ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ނާޒިމަކީ ރައީސް ޔާމީނަށް 2018 ގައި ކުރިމަތިވާނެ އެންމެ ބޮޑު ބިރު ކަމަށް ބައެއް ބޭފުޅުން ވިސްނަވައި ދެއްވަމުން ގެންދެވި ކަމަށެވެ.

ނާޒިމް ވިދާޅުވީ ފްރޭމް ކުރައްވައި ޖަލަށް ލެއްވުން އަދި ތިން އަހަރާ ބައިގެ މުއްދަތަށް ޖަލުގައި ހުންނެވުމަކީ ކިހާ ބޮޑު އަނިޔާއެއްކަން އޭރު އެނގިވަޑައިނުގެންނެވި ނަމަވެސް މިހާރު ރައީސް ޔާމީނަށް އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ދުވަހު އޭނާ އޮންނެވީ ހޫނު ކުޑަ ގޮޅިއެއްގައި ނަމަވެސް ޖަލުގައި ފިނި ކޮޓަރީގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ވޭން ވެސް މިހާރު އިހުސާސް ކުރެއްވޭނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ވެސް އަދި އެހެން މީހަކަށް ވެސް އެފަދަ އަނިޔާއެއް ލިބިވަޑައިގަތުމަށް އެދިވަޑައިނުގަންނަވާނެ ކަމަށެވެ. ނާޒިމް ވިދާޅުވީ، ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ޕޮލިސް ކޮމިޝަނަރަށް ނާދެވޭނެ ކަމަށެވެ. އެއީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެދުވަހު އެކަން ހިނގި އިރު ރައީސް ޔާމީން ދެނަހުރި ކަމަކަށް ނުވި ނަމަވެސް، މިއަދު އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ހާލުން އެއީ ކިހާ ވޭން ހުރި ކަމެއް ކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެންނަމަވެސް މިއަދުވެސް ރައީސް ޔާމީނަށް ބަރު ހިތެއް ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހާރު އުޅުއްވަނީ އެމްއެންޕީގެ ނަމުގައި އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފައްދަވައި އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
09 އޮކްޓޯބަރު 2024

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

09 އޮކްޓޯބަރު 2024
ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް
08 އޮކްޓޯބަރު 2024

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
08 އޮކްޓޯބަރު 2024

ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ

08 އޮކްޓޯބަރު 2024
ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް