Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވިސްނުން ފިޔަރެސްކުރީމާ ވިލަރެހުގެ ތެރެއިން އުފަންވާ ވިނަރެއްސެއް ނުފެންނާނެއެވެ.

ހުޅުމާލެއަކީ ހުޅުލެޔާއި ފަރުކޮޅުފުއްޓާއި ދެމެދުގައި އޮތް ދިގު ފަޅު ހިއްކައިގެން 1997 ގައި އަލަށް ވުޖޫދުކުރެވުނު ރަށެއް.

ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 09:51
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެހުން މިހާރު ފެންނަ ހިޔާ ޓަވަރުތައް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެހުން މިހާރު ފެންނަ ހިޔާ ޓަވަރުތައް

ރަށެއްގެ މަލަމަތި އެކުލެވިގެންވާގޮތް ދުރުން ފެންނަ ފެނުމަށް ބޯދާ ދިވެހި ބަހެއް އޮވެއެވެ. އެބަހަކީ ވިނަރެސް ނުވަތަ ވިނަރެހެވެ. މާނަޔަކީ ރަށެއްގެ މަލަމަތި ދުރުން ސިފަކުރެވޭ ގޮތެވެ. ފެންނަ ގޮތެވެ. ކުރީޒަމާނުގައި ދިވެހިރާއްޖޭގެ ރަށްރަށުގެ މަލަމަތިން ފެންނާނީ ހަމައެކަނި ރުއްގަހެވެ.

ދުރުން ދަތުރުކޮށްފައިދާ އޮޑިއެއްގައި ތިބޭ ބަޔަކަށް ފުސްކަމުގެ ތެރެއިން ރަށެއްގެ މޭގަ ނުވަތަ ގަސްކަރަ ފެންނައިރު އެންމެ ފުރަތަމަވެސް ފެންނާނީ އެންމެ އުސްކޮށް ހެދިފައި ހުންނަ ރުއްގަހެވެ. ރުއްގަހަށްވުރެ އުސްކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ޓަވަރުފަދަ ތަންތަން އިހުޒަމާނުގައި ނުހުރެއެވެ. އެކަމަކު މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގެ މޭގަ ފެންނައިރު އެރަށެއްގެ ވިނަރެހަކީ އުސް އިމާރާތްތަކެވެ. މީގެ މިސާލަކީ ހުޅުމާލެއެވެ. އެރަށް ފެންނާނީ މިގޮތަށެވެ.

ހުޅުމާލެއަކީ ހުޅުލެޔާއި ފަރުކޮޅުފުއްޓާއި ދެމެދުގައި އޮތް ދިގު ފަޅު ހިއްކައިގެން ސަރުކާރުން އަލަށް ވުޖޫދުކުރި ރަށެކެވެ. ފަޅު ހިއްކުމުގެ މިމަސައްކަތް ފެށީ ރައީސް މައުމޫނުގެ ދައުރުގައި 16 އޮކްޓޫބަރު 1997 ގައެވެ. އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިމުނީ 2002 ގައެވެ. ފުރަތަމަ ފިޔަވަހީގެ ދަށުނަ ހިއްކުނީ ގާތްގަޑަކަށް 188 ހެކްޓަރުގެ ބިމެވެ. ދިވެހިންގެ ތެރެއިން ގާތްގަޑަކަށް ހާހެއްހައި މީހުން 2004 ވަނަ އަހަރު ނިމުނުއިރު ހުޅުމާލޭގައި ދިރިއުޅެމުންދެއެވެ.

އޭގެ 15 އަހަރު ފަހުން 2019 ނިމުނުއިރު 50 ހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން ގެންދެއެވެ. އަނެއްކާވެސް އިތުރު ފިޔަވައްސެއްގައި ހުޅުމާލެ ހިއްކުމުގެ ބުރެެއްގެ ތެރެއިން 2015 ވަނަ އަހަރު 244 ހެކްޓަރުގެ ބިން ހިއްކިފައިވެއެވެ. އެ ބުރަށް ކިޔަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސެވެ. ހުޅުމާލޭގައި އެންމެ އުސްކޮށް އެންމެ ބިޔަކޮށް އިމާރާތްތައް ހެދިފައިވަނީ އަދި ދެންވެސް ހަދަން ޕްލޭން ކުރެވިފައިވަނީ ދެވަނަ ފިޔަވަހީގައެވެ.

ދުރުދުރުން ދަތުރުކޮށްފައިދާ މީހާއަށްވެސް އަދި ހުޅުމާލޭގެ ދިޔަރެހަށް ފައިބާ މީހަކަށްވެސް އެރަށުގެ ވިނަރެހަކީ އުސް ޓަވަރުތަކެވެ. ދިވެހިބަހުން ދިޔަރެއްސަކީ ރާޅުޖަހާ ހިސާބެވެ. ރަށެއްގައި ނަމަ އެހިސާބަކީ ގޮނޑުދޮށެވެ. ހުޅުމާލެއަކީ ދިވެހީންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އަމާޒުކުރެވިގެން ރޭވިފައިވާ ޒަމާންވީ މާސްޓަރ ޕްލޭނެއްގެ ދަށުން ވުޖޫދު ކުރެވިފައިވާ ރަށެކެވެ.

އެހެންވީމާ ރައީސް މައުމޫނުގެ ދައުރުން ފެށިގެން މިހާތަނަށް ވެރިކަން ކުރި ކޮންމެ ސަރުކާރަކުންވެސް އެރަށުގައި މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. އަންނާންހުރި ސަރުކާރުތަކުންވެސް އެކަން ކުރާނެއެވެ. އެއީ ހުއްޓާލެވޭނެ ކަމެއް ނޫނެވެ. ހުއްޓެން އޮތް ކަމެއްވެސް ނޫނެވެ. ވަކި ސަރުކާރަކުން ވަކި ނަމެއް ދީގެން ވަކި މަޝްރޫއެއް ހިންގުމަކީ ހުޅުމާލޭގެ މުޅި ޕްލޭން އެބަޔަކަށް ފޫޅުކަނޑައި ދެން އެހެން އެންމެން އެރަށާއި ދުރުވެގަތުން ލާޒިމް ކުރާ ކަމެއް ނޫނެވެ.

ހުޅުމާލެއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމާއި އެނޫންވެސް ކަންކަމާއި ގުޅުންހުރި މަޝްރޫއުތަކުގެ ނާރެހެކެވެ. އެހެންވީމާ އެމަނިކުފާނުގެ ސަރުކާރު 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިވެހި ގައުމުގެ ހުންގާނާއި ހަވާލުވީއްސުރެ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުއްޓުމެއް ނުގެނެސް އެކި މަޝްރޫއުތައް ކުރިއަށް ގެންދެއެވެ. އޭގެތެރޭގައި ޓަވަރުތައް އެޅުންވެސް ހިމެނެއެވެ. މިގޮތުން އަލަށް އަޅަންފެށި ޓަވަރުތަކުގެ އެއް މަޝްރޫއަށް މިކިޔަނީ ވިނަރެހެވެ. މިބަހުގެ މާނަޔަކީ ގަސްކަރައެވެ. މޭގައެވެ. މަލަމައްޗެވެ.

މިނަން މިގޮތަށް ދިނުމަކީ ރައީސް ޔާމީނުގެ ދައުރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ހިތްޕުޅުހަމަޖެހިވަޑައިގެންނެވި ކަމަކަށް ނުވިއެވެ. ވިދާޅުވިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި އެ ފިޔަވަހީގެ ކަންކަން ގުޅެނީ ރައީސް ޔާމީނާއެވެ. ވިނަރެހޭ ކިޔައިގެން އައުނަމެއް ދިނީ ރައީސް ޔާމީނުގެ ނަން ފަނޑުކޮށްލައި ހަގީގަތް ފޮރުވުމުގެ ގޮތުންނެވެ.

ވިނަރެހާއި އެނޫންވެސް އެބާވަތުގެ އައު ނަންނަން އިވުނީމާ މުހައްމަދު ސައީދަށް އެކަހަލަ ގޮތެއް ވެދާނެއެވެ. ރައީސް ޔާމީނަކީ ހަޔާތުގެ ފިޔަރެސްކަމުގައި ބަލައިގެން އުޅޭ ކޮންމެ މީހަކަށްވެސް އެހެން ވެދާނެއެވެ. ދިވެހިބަހުން ފިޔަރެއްސަކީ އަނގޮޓިފަދަ ތަކެތީގައި އެސް ހަރުލެއްވުމަށް އަނގޮޓީގެ ކައިރިފަށުން އެހުގެ މައްޗަށް ލަނބާލާ ބަޔެވެ. ފިޔަރެސް އެރުވުމަކީ އަނގޮޓީގައި އެސްހަރުލެއްވުމެވެ.

ރައީސް ޔާމީނުގެ ސިޔާސީ ހަޔާތަކީ އަނގޮޓިއެއް ކަމަށް އަދި އެ އަނގޮޓީގައިވާ އެހަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ކަމަށް ހީކުރާ ބަޔަކު އުޅެތެވެ. ހިޔާ މަޝްރޫއާއި ޔޫތުސިޓީ ނޫން އެއްޗެއް ކަންފަތަށް ވައްދާން ބޭނުން ނުވާ ބަޔަކު އުޅެއެވެ. އެހެންވީމާ ވިނެރެހެއްގެ ނަން އިވިގެން ގޮތްގޮތް ވާނެތާއެވެ. ޚާއްސަކޮށް މުހައްމަދު ސައީދަށް އެހެންވާނެތާއެވެ. އެތައް ބަޔަކު ބައިވެރިވި ބޮޑު ޖަލްސާއެއްގައި ރައީސް ޔާމީނަކީ ފަރިވެފޮޅިފައިވާ ވަސްމީރު ފިނިފެންމަލެކޭ ވެސް މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

ތަރައްގީއަކަސް އެނޫން އެއްޗަކަށްވިޔަސް ދެމެހެއްޓެނިވި ގޮތަކަށް ކަންކަން ކުރެވޭނީ ވިލަރެސްކޮށްގެންނެވެ. ވިލަރެސްކުރުމަކީ ކަންކަން ކުރުމުގައި އިންތިޒާމްކޮށްގެން ތަރުތީބުކޮށްގެން ގުޅުވައިލައިގެން ގެންދިޔުމެވެ. އެކަތި އަނެކައްޗާއި ގުޅުވައިލައިގެން ގެންދިއުމެވެ. ހުޅުމާލެއަކީ ކުރިންވެސް ބަޔާން ކުރެވުނު ފަދައިން ނެތުމުގެ ތެރެއިން މީގެ 25 އަހަރު ކުރިން ވުޖޫދު ކުރެވިފައިވާ ރަށެކެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ ސަރުކާރަކުންވެސް އެތަނުގައި ކަންކަން ރާވައި ތަރުތީބު ކުރަމުން އައީ އަދި އަންނަނީ އިހަށް ކުރެވިފައިވާ ކަންކަމާއި ގުޅުވައިލައިގެންނެވެ. ވިލަރެސްކޮށްގެންނެވެ.

ހުޅުމާލޭގެ ދިޔަރެއްސަށް ފައިބާ ކޮންމެ މީހަކަށް އެކަން ފެންނާނެއެވެ. މޭރުންވާނެއެވެ. ދިޔަރެއްސަށް ފައިބާ ކޮންމެ މީހަކަށް ތަސައްވުރު ކުރެވޭ ވިނަރެއްސަކީ ކުރިން ބަޔާންކުރެވުނު ގޮތަށް ވިލަރެސްކުރެވިގެން އެކި ދައުރުތަކުގައި ކުރެވިފައިވާ މަސައްކަތެވެ. އެ ތަސައްވުރު އެގޮތަށް ނުފެންނަ ބަޔަކުވެސް ތިބެދާނެއެވެ. ތިބޭނެއެވެ. އެއީ ރައީސް ޔާމީނުގެ ދައުރު ފިޔަރެސްކޮށްގެން ބައްކޮށްގެން އެނޫން އެހެން ދުނިޔެއެއް ދުވަހެއް ދައުރެއްވެސް ނުވާކަމަށް އަދި ނުވެސް ވާނޭ ކަމަށް ހީކޮށްގެން އުޅޭ މީހުންނެވެ. މުހައްމަދު ސައީދުމެންނެވެ.

ޕީޕީއެމް-ޕީއެންސީހުޅުމާލެމުހައްމަދު ސައީދު، މާވަށު ދާއިރާ މެމްބަރުހިޔާ ފްލެޓްހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު