Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އޮޓޯ ޕާޓްސް ގެލޯރ

އޮޓޯ ޕާޓްސް ގެލޯ ގެ މުޅިން އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ވެހިކަލް ސްޕެއަރ ޕާޓްސް ރާއްޖެ އަށް އެތެރެކުރާ މައިގަނޑު އިމްޕޯޓަރަކީ އޮޓޯ ޕާޓްސް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2025 | ހުކުރު 01:24
ހުޅުމާލޭގައި އަލަށް ހުޅުވި އޮޓޯ ޕާޓްސް ގެލޯ ފިހާރަ

ހުޅުމާލޭގައި އަލަށް ހުޅުވި އޮޓޯ ޕާޓްސް ގެލޯ ފިހާރަ

އޮޓޯ ޕާޓްސް ގެލޯގެ މުޅިން އައު ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ ރޭ އޮޓޯ ޕާޓްސް ގެލޯރ ގެ ނަމުގައި އެފިހާރަ ހުޅުވައިދެއްވީ އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ފިހާރައިގެ ވެރިޔާ، މުހައްމަދު ވަހީދު (ސީދީ) އެވެ.

Advertisement - newsAdvertisement

އެފިހާރަ ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަހީދު ވިދާޅުވީ އޮޓޯ ޕާޓްސްގެ އިތުރު ފިހާރައެއް ހުޅުމާލޭގައި ހުޅުވުމަށް ނިންމީ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި މިހާރު ސައިކަލް އަދި ކާރުފަދަ ވެހިކަލްތައް ދުއްވާ ފަރާތްތަކުން މިހާރު ހުޅުމާލޭގައި ހުންނަ ފިހާރަތަކުން ތަކެތި އަގުބޮޑު ވުމުގެ ސަބަބުން ވަރަށް ގިނަ ކަސްޓަމަރުން އޮޓޯ ޕާޓްސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައި ދިނުމަށް އެދެމުން ދިއަ ކަމަށް ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން އޮޓޯ ޕާޓްސްގެ ކަސްޓަމަރުން ބޭނުންވާ ހުރިހާ ސާމާނެއް ކައިރިން ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ވެސް އެ ފިހާރަ ހުޅުމާލޭގައި ހުޅުވަން ދިމާވި ސަބަބެއް ކަމުގައި ވެސް ހަވީދު ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ އޮޓޯ ޕާޓްސް ގެލޯގެ އެންމެ ފުރަތަމަ ފިހާރަ ހުޅުވީ މާލޭގަ. މިރޭ ހުޅުވިގެން މިދިއައީ އޭގެ ދެވަނަ ފިހާރަ. އަސްލު ހުޅުމާލޭގައި އޮޓޯ ޕާޓްސްގެ ފިހާރައެއް ހުޅުވަން ޖެހުނީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން. ސައިކަލްފަދަ ވެހިކަލް ދުއްދާ ފަރާތްތަކުން އެމީހުން ގަންނަ ބޭނުންވާ ތަކެތި އަގު ބޮޑުވުމުން އެކަމުގެ ޝަކުވާ ތަކާއި އެކު
އޮޓޯ ޕާޓްސް ގެލޯގެ ވެރިޔާ މުހައްމަދު ވަހީދު

ވަހީދު ވިދާޅުވީ ވެހިކަލް ސްޕެއަރ ޕާޓްސް ރާއްޖެ އަށް އެތެރެކުރާ މައިގަނޑު އިމްޕޯޓަރަކީ އޮޓޯ ޕާޓްސް ގެލޯ ކަމަށާއި ޚާއްސަކޮށް ޔުއާސާ ބެޓްރީ، ޕީޓީޓީ އޮއިލް، މިހެން ގޮސް ވަރަށް ގިނަ ތަކެއްޗެއްގެ ޑިސްޓްރިބިއުޓަރަކީ އޮޓޯ ޕާޓްސް ގެލޯ ކަމަށެވެ.

ވަހީދު ވިދާޅުވީ އެ ފިހާރަ ހުޅުމާލޭގައި ހުޅުވަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް ތަނެއް ނުލިބިގެން ފިހާރަ ހުޅުވުން ލަސްވީ ކަމަށެވެ. ނަމަވެސް ތަނެއް ލިބުނުހާ އަވަހަށް ފިހާރަ ހުޅުވީ ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ އެ ފިހާރައިން އަދި ބޭނުންވާ ހުރިހާ ސާމާނެއް ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ބޭނުންވާ ހުރިހާ ބާވަތެއްގެ ސްޕެއަރޕާޓްސް އެއްވެސް އެ ފިހާރައިން ލިބޭނޭ ގޮތް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވަހީދު ވިދާޅުވީ އޮޓޯ ޕާޓްސް ގެލޯ އަކީ ފެމިލީ ވިޔަފާރިއެއް ކަމަށާއި އެ ވިޔަފާރި އެންމެ ފުރަތަމަ ފެށިގެން އައީ އަމިއްލަ ގެއިން ކަމަށެވެ. އަދި މިހާރު މި ވިޔަފާރި ފުޅާވަމުން ގޮސް މިހާރު ވިޔަފާރީގެ ތެރޭގައި އުޅެނީ ދަރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހުކުރު ވިލޭރޭ ހުޅުވި އޮޓޯ ޕާޓްސް ފިހާރައިން ގިނަ ތަކެތި ލިބެ ހުރިއިރު، އޭގެތޭގައި ހެލްމެޓް، އެކި ސައިޒުގެ ޓަޔަރުގެ އިތުރުން ތަފާތު ވައްތަރުގެ ސައިކަލް އަދި ކާރު ބެޓްރީ، ސައިކަލަށް އަޅާ ތެޔޮ ފަދަ ތަކެތި ލިބެން ހުރެއެވެ.

އެ ފިހާރައިން މި ހުރިހާ ސާމާނެއް ވެސް ހޯލްސޭލްކޮށް އަދި ރިޓެއިލްކޮށް ވެސް ލިބެން ހުންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

ގަތަރު ރައްޔަތުންނަށް ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން: އޮޓޯޕްސީ ރިޕޯޓް

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން: އޮޓޯޕްސީ ރިޕޯޓް

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު