Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިހާނުގެ ކޮރަޕްޝަން މައްސަލަ

ނިހާންގެ ރޮލެކްސް ގަޑި ދައުލަތަށް ނަގަން ޝަރީއަތުގައި އެދިއްޖެ

ދައުވާ ހުށައަޅުއްވާ ސަބަބާއި، އަދަބުތައް ކިޔާދެއްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ސެޕްޓެމްބަރު 2021 | ބުދަ 08:18
ނިހާނު ރޮލެކްސް ގަޑި- އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައި

ނިހާނު ރޮލެކްސް ގަޑި- އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައި

ވިލިލާމެ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކުގެ ރޮލެކްސް ގަޑިއާއި، އޭނާ ރިޝްވަތާއި މަނީ ލޯންޑަރ ކޮށްގެން ހޯދާފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ދައުލަތުގެ ވަކީލުން އެގޮތަށް އެދިވަޑައިގެންފައިވަނީ ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައެވެ. އެގޮތުން ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ދައުވާ ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ. ދައުލަތުން ވަނީ ވަކިވަކިން މި މައްސަލައިގައި ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވަވައި، ދައުވާ ހުށައަޅުއްވާ ސަބަބާއި، އަދަބުތައް ކިޔާދެއްވާފައެވެ.

މި މައްސަލައިގައި ނިހާނުގެ މައްޗަށް އުފުލާފައިވަނީ 6 ދައުވާއެކެވެ. މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙުޤީޤު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. 

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލުތައް:

ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ޕީޖީ އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ދައުލަތުން ވަނީ ފައިސާގެ އިތުރުން ނިހާނުގެ ރޮލެކްސް ގަޑިވެސް ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މި މައްސަލައިގައި ދައުވާ ހުށައެޅުމުގެ މަރުޙަލާއަށްފަހު، ދެ ފަރާތުންވެސް ވަނީ ހެކި ހުށައެޅުން ދެން އަންނަ އަޑުއެހުމެއްގައި ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެއާއެކު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ ފުރުސަތު ދެއްވައި، ދެން އޮންނަ އަޑުއެހުމެއްގައި ދެފަރާތުން ހެކި ހުށައެޅުން އޮންނާނެކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި

08 މާރިޗު 2017
ރީ-ރެޖިސްޓްރޭޝަން ފޯމު މޮބައިލް ސްޓޭޝަންތަކަށް ހުށަހެޅުމުގެ ސުންގަޑި އަވަސްކޮށްފި
05 މާރިޗު 2017

ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި

05 މާރިޗު 2017
ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު